Roadha Mihaaru
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް

ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓުވި މީހާގެ ފައި ބިނދި، ސީރިއަސް އަނިޔާތަކެއް!

20 ނޮވެމްބަރ 2024

ރޭ ފަތިހު ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ފައި ބިނދި، ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރޭ ފަތިހު ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ފައި ބިނދި، ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

ސިނަމާލޭ ބްރިޖުގައި މާލެއިން ހުޅުމާލެއަށް ސައިކަލުގައި ދަނިކޮށް ފަތިހު 5:30 ހާއިރު، އެ އެކްސިޑެންޓް ހިނގީ އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިންނެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އަނިޔާގެ ތަފްސީލެއް ނުދެ އެވެ.

ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ބްރިޖް ނިމޭ ހިސާބުގައި ޖަހާފައި ހުރި ދަގަނޑު ފެންސު ކައިރީ އެ މީހާ ވެއްޓިފައި އޮންނަ މަންޒަރެވެ.

އެ މީހާގެ ވާތު ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ގޮސްފައި އޮންނައިރު އެ ފައި އޮންނަނީ އެނބުރިފަ އެވެ. އަދި މޫނުމައްޗަށް ވެސް އަނިޔާ ވެފައި ހުރިއިރު ބޯ ޖެހިފައި އޮންނަ ތަނުގައި ލޭ ވެސް ވެސް ހުއްޓެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ އެކްސިޑެންޓް ހިންގަން މެދުވެރިވި ފުލުހުން ހާމަ ނުކުރި ނަމަވެސް، އެ މީހާއަށް ފަރުވާ ދަމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެެވެ.