Roadha Mihaaru
ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ

ސިނަމާލެ ބްރިޖު ލައިޓު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ފަރުވާދެނީ

23 އޯގަސްޓް 2024

ސިނަމާލެ ބްރިޖު ލައިޓު ކައިރީގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިނަމާލެ ބްރިޖު ލައިޓު ކައިރީގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ބްރިޖު ލައިޓު ކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ ފަތިބު 5:26 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން އުމުރުން 21 އަހަރުގެ ފިރިހެނަކާއި އެ ސައިކަލްގެ ފަހަތުގައި އިން އުމުރުން 19 އަހަރުގެ އަންހެނެއްގެ އިތުރުން ދެން ޖެހުނު ސައިކަލު ދުއްވަން އިން 43 އަހަރުގެ ފިރިނެކަަށެވެ.

ފުލުހުން ބުނީ މީގެ ތެރެއިން އުމުރުން 43 އަހަރުގެ މީހާ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ކަމަށާއި އަނެއް ދެ މީހުންނަށް ދަރުވާ ދެނީ އައިޖީއެމްއެޗުގައި ކަމަށެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެ އެވެ. ފުލުހުން ބުނީ އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.