28 މެއި 2023
މިދިޔަ ހުކުރު ދުވަހުގެ ރޭ ސިނަމާލެ ބްރިޖް ހައިވޭ އިން މާލެ އިން ހުޅުމާލެ އަށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެ، ދުއްވަން އިން މީހާ މަރުވީ ހުއްޓިފައި އޮތް ކާރެއް ނަގަން ގޮސް އޮތް ފުލުހުންގެ ޕިކަޕެއްގައި ޖެހިގެންކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ސިނަމާލެ ބްރިޖް ހައިވޭ އިން މާލެ އިން ހުޅުމާލެ އަށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެ، ދުއްވަން އިން މީހާ މަރުވީ ހުއްޓިފައި އޮތް ކާރެއް ނަގަން ގޮސް އޮތް ފުލުހުންގެ ޕިކަޕެއްގައި ޖެހިގެންކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ރޭ 12 ޖަހަން އުޅެނިކޮށް ހިނގި އެކްސިޑެންޓުގައި މަރުވީ އުމުރުން 43 އަހަރުގެ ހަސަން ފައިސަލް އެވެ.
އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެކަން ހިނގީ ހައިވޭ އިން ހުޅުމާލެ ކޮޅަށް ދާއިރު ސީ ޕްލޭން ޓާމިނަލާ ދިމާލުން އޮންނަ ބެންޑް ސަރަހައްދުގައި ހުއްޓިފައި އޮތް ކާރެއް ޓޯކުރަން ފުލުހުންގެ ޕިކަޕަކާއި ފޯކް ލިފްޓެއް މަޑުކޮށްގެން އޮއްވަ އެވެ.
ާހައިވޭގައި ވެހިކަލްއެއް ޓޯ ކުރަން ފުލުހުން ގެންދިޔަ ފޯކްލިފްޓް--
އެ ވަގުތު ފައިސަލް ވަރަށް ބާރަށް ދުއްވާފައި ގޮސް ޖެހުނީ ޕިކަޕުގެ ފަހަތުން ކަނުގައި ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ބާރަށް [ކާރު ލޭނުން] ގޮސް ސައިކަލް ލޭނަށް އަރަން ދިޔަ ގަޑީ ގޮސް ޖެހުނީ ޕިކަޕުގެ ކަނުގައި. އެ ގަޑީ ހެލްމެޓު ވެސް ނައްޓައިގެން ގޮސް ވެއްޓި އަރިމަތީ ފެންސު ދަނގަޑުގައި ބޯ ޖެހުނު،" އެކްސިޑެންޓުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
ހައިވޭގައި އެކްސިޑެންޓުވި އެ ހިސާބަކީ އާންމުކޮށް އެއްވެސް ލައިޓެއް ނުޖައްސައި ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ.
އަނދިރީގެ ތެރޭގައި ހުއްޓިފައި އޮތް ކާރު ޓޯކުރަން ދިޔަ ފުލުހުންގެ ވެހިކަލް އޮތީ ދެކޮޅަށް ސިގްނަލް އަޅައިގެންނެވެ. އެ ތަނުގައި ޓްރެފިކް ފުލުހަކު ވެސް ހުރި ކަމަށް ވެ އެވެ.
އެކްސިޑެންޓުވި މީހާ މަގުމަތިން ނަގަނީ
އެކަމަކު ފައިސަލް ދިޔަ ބާރުމިނުގައި، އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދެވި އަދި ސައިކަލް ލޭނަށް އެރުމުގެ ކުރިން ގޮސް ޕިކަޕުގައި ޖެހުނީ އެވެ.
އެ އެކްސިޑެންޓްގައި ފައިސަލްގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، ބޯ އޮތީ ޗިސްވެފަ އެވެ. އަދި ހައިވޭގައި ވަރަށް ބައިވަރު ލޭ ހުއްޓެވެ. އޭނާ ބިންމަތީ ވެއްޓިފައި އޮތް އިރު ފުރާނައެއް ނެތް ކަމަށް ބައެއް މީހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ފައިސަލް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އިއްސެގެ އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަނީ
މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި
ދުވެލި މަޑުކުރުމަށް އެދި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް
އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކުރި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓުވެ ހާލު ސީރިއަސް
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ