20 އެޕްރީލް 2018
ހދ. ކޭލަކުނު ކައިރީގައި ރޭ ލަނޑާ ނަގަން އުޅެނިކޮށް، ތޮޅިއެއްގެ ތުންގަނޑު މެއަށް ހެރުނު ޒުވާނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ހދ. ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހދ. ކޭލަކުނު ކައިރީގައި ރޭ ލަނޑާ ނަގަން އުޅެނިކޮށް، ތޮޅިއެއްގެ ތުންގަނޑު މެއަށް ހެރުނު ޒުވާނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ހދ. ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ތޮޅިއެއްގެ ތުންގަނޑު މެޔަށް ހެރިގެން ޒަޚަމްވި، ގދ. ފަރެސްމާތޮ މޫނިމާގޭ އަހުމަދު އިސްމާއީލް 17، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލެވި ހާލު ސީރިއަސް ވާ ކަމަށް ރިޕޯޓް ކުރުމުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އަހުމަދަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު، ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ. އެކަމަކު، އައިސީޔޫގައި ބާއްވާފައި އޮތީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަހުމަދަށް އިތުރު ފަރުވާ ދިނުމަށް މިރޭ މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކްސްރޭ ނަގައިގެން ބެލިއިރު، އެ ތުންގަނޑު ފެންނާކަށް ނެތް. އެކަމަކު، އެ އެބަ ބުނޭ ތުންގަނޑު ވަދެފައިވާ ކަމަށް. އަޅުގަނޑުމެންނަށް ވުރެ ރަނގަޅަށް އެ ޒުވާނާ އަށް އެނގޭނީ. އަނެއްކާ އެއްޗެއް ވަދެފައި ހުރި ތަން ފެންނަން އެބަހުރި." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަހުމަދު މާލެ ގެންދިއުމަށް ނިންމީ ސީޓީ ސްކޭން ހެދުމަށެވެ.
"ޒުވާނާ ވާހަކަ ދައްކައި އެބަ ހަދާ. ކައިބޮއި ވެސް ހަދާ. އެކަމަކު ވަރަށް ބޮޑަށް މެޔަށް ތަދުވާތީ އުޅެނީ. މެޔަށް ތަދުވުން ފިޔަވައި އިތުރު ކަމެއް ފާހަގަ ނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ދެފެން ދޭތެރެ އާއި ފެންމަތީގައި އުޅޭ ތޮޅި އަކީ ތުންދިގު، އަނގައިގައި ވަރަށް ގިނައިން ދަތް ހުންނަ، ހިމަ ދިގު މަހެކެވެ. މަހަށް ނުކުމެ އުޅޭ ބައެއް މީހުންގެ ގަޔަށް މީގެ ކުރިން ވެސް ތޮޅި ހެރިފައި ވެ އެވެ. މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާ ވެފައި ވެސް އެބަހުއްޓެވެ.
މިޔަރެއް ހަމަލާދީ މީހެއްގެ އަތް ޒަހަމްކޮށްލައިފި
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
ތޮޅިއެއް، އިންޑޮނީޝިއާ ކުއްޖެއްގެ ކަނދުރާފޫދުއްވާލައިފި
މަސްވެރިން ޑީކޯވުމުގެ ފަހަތުގައި ވަނީ އިހުމާލު: ސެންޑީ
ޒުވާނެއްގެ މެޔަށް ތޮޅިއެއް ހެރި ޒަޚަމްވެއްޖެ
އެންދަމާ ދަލެއް ނަގަން އުޅުނު ޒުވާނަކު މަރުވެއްޖެ
މިޔަރެއް ދިން ހަމަލާގައި ޒަހަމްވި މީހާ ލަންކާ އަށް
ދަތްއެޅީ މިޔަރުގެ އަނގައިން ބުޅި ނައްޓަނިކޮށް
ކަރުގައި ރުފިޔާއެއް ތާށިވެގެން ކުއްޖަކު މާލެ ގެނެސްފި
ފަޒީލުގެ ގިނަ ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް