02 ނޮވެމްބަރ 2021
ހޮންޑާގެ އައުޓްބޯޑް އިންޖީނު ރާއްޖެ އަށް ތައާރަފުކޮށް، ހޮންޑާ މެރިންގެ ނަމުގައި ފިހާރައެއް ރޭ ހުޅުވައިފި އެވެ.
ހޮންޑާގެ އައުޓްބޯޑް އިންޖީނު ރާއްޖެ އަށް ތައާރަފުކޮށް، ހޮންޑާ މެރިންގެ ނަމުގައި ފިހާރައެއް ރޭ ހުޅުވައިފި އެވެ.
ހޮންޑާ މެރިން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ މެރިން ދާއިރާގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ހޮންޑާ މެރިން ސެންޓަރަކީ ރާއްޖޭގައި މެރިން ދާއިރާގައި ތަޖުރިބާ ލިބިފައިވާ ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑްގެ މެރިން ވައިބްގެ ދަށުން ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުޅުވީ ޑީ ބްލޫ މެރިން ފިހާރަ ކައިރިން، މ. ނިމްސާ ވިއުގެ ތިރީ ބައިގަ އެވެ.
ހޮންޑާ މެރިން ސެންޓަރު ހުޅުވާފައިވަނީ އެ ކުންފުނީގެ އިންޖީނު މަރާމާތުކޮށް ހަދާނެ ހާއްސަ ސާވިސް ސެންޓަރަކާ ވެސް އެކުގަ އެވެ. މި ސާވިސް ސެންޓަރުގައި މަސައްކަތް ކުރާނީ ހޮންޑާގެ ފެކްޓަރީން ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށް މެރިން ވައިބުން ބުންޏެވެ.
މިނިސްޓަރު ނަހުލާ ހޮންޑާ މެރިން ސެންޓަރުގެ އެތެރެ ބައްލަވައިލައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ހަނީފް ވިދާޅުވީ، ހޮންޑާ އައުޓްބޯޑް އިންޖީނު ރާއްޖެ އަށް ތައާރަފު ކުރީ އެ ޑިމާންޑް އޮތުމުން ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ މިހާރު ގެނެސްފައި ހުރި ސްޓޮކް އެއްކޮށް ހުސްވުމުވެ.
ހަނީފް ވިދާޅުވީ ހޮންޑާގެ އިންޖީނަކީ އާއްމުކޮށް އިންޖީނުތަކަށް ދިމާވާ މައްސަލަތައް މަދު، ފަސޭހައިން ސާވިސް ކުރެވޭ އިންޖީނެއް ކަމަށެވެ. އަދި މި އިންޖީނު ރާއްޖެ އަށް ތައާރަފް ކުރުމުގެ ގޮތުން މެރިން ވައިބާއި ހޮންޑާ ކުންފުނިން ވެސް ޓެސްޓުތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭރުން ހޮންޑާ އިންޖީނު ގެނެސްގެން ރާއްޖޭގެ ކަނޑުތަކަށް ރަނގަޅުތޯ އާއި ސާވިސް ކުރަން ފަސޭހަތޯ ވާނީ ބަލާފައި. އަދި ހޮންޑާ އިން ވެސް ރާއްޖެ އަށް އައިސް ވަނީ ސާވޭތައް ހަދާފައި،" ހަނީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ ކަސްޓަމަރުންނަށް ވެސް ޔަގީންކަން ދެން އަޅުގަނޑުމެންގެ ޓީމަކީ ތަޖުރިބާ ޓީމަކަށް ވާއިރު، ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭނެ ކަން."
ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަލާހު ޝިހާބު އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ރާއްޖޭގައި ހޮންޑާ އިންޖީނު ބޭނުން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސޮލާހު ޝިހާބު ވިދާޅުވީ ހޮންޑާއަކީ އެހެން އައުޓްބޯޑު އިންޖީނުތަކާ އަޅާބަލާއިރު ގެންގުޅެން ފަސޭހަ އަދި އިތުބާރު ކުރެވޭ ބްރޭންޑެއް ކަމަށެވެ. އަދި އެއީ ހަރަދު ކުޑަ އިންޖީނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހޮންޑާ މެރިންގައި ވަރަށް މައްސަލައެއް ނުޖެހޭނެ. އިންޖީނެއްގެ ގޮތުން ވަރަށް ރަނގަޅު ހަރަދު ކުޑަ އިންޖީނެއް. އޭގެ މެއިންޓެނެންސް ރާއްޖޭން ލިބެން ހުންނަތީ އިތުރު ވަރަށް ބޮޑު ހިމާޔަތެއް ގަންނަ ފަރާތްތަކަށް ލިބިގެންދާނެ،" އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވަމުން ސޮލާހު ވިދާޅުވި އެވެ.
ހޮންޑާ އިންޖީނެއް އަޅާފައި އޮތް ލޯންޗެއް ހޮންޑާ މެރިން ސެންޓަރުގެ ތެރޭގައި: މި މެރިން ސެންޓަރުން ހޮންޑާ އައުޓްބޯޑު އިންޖީނަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ހޮންޑާ މެރިން އިން ރާއްޖެ އަށް ތައާރަފް ކުރީ 15-250 ހޯސްޕަވަރުން އިންޖީނެވެ. މި އިންޖީނުތަކާއެކު ހަ މަހުގެ ވޮރެންޓީއެއް ދޭއިރު، ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކް ނުވަތަ އެމްއައިބީ ނުވަތަ އެމްއެފްއެލްސީގެ ކްރެޑިޓް ސްކީމްތައް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށް މެރިން ވައިބުން ބުނެ އެވެ.
ހޮންޑާ މެރިން އިން ރާއްޖެ އަށް ގެނައި ފުރަތަމަ ސްޓޮކް ހުސްވެފައި ހުރި ނަމަވެސް އެ ފިހާރަ އިން ވަނީ މާދަމާ އިން ފެށިގެން ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މެރިން ވައިބުގެ މި ފިހާރަ އިން ހޮންޑާ އައުޓްބޯޑު އިންޖީނާއި އިންޖީނަށް ބޭނުންވާ ސްޕެއާ ޕާޓްތަކާއި އެހެނިހެން ސާމާނު ވެސް ލިބެން ހުންނާނެ އެވެ.
ސޮނީ އާއި ހޮންޑާ ގުޅިގެން އިލެކްޓްރިކް ވެހިކަލް ހަދަނީ
ހަތް ވަނަ މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި
ހޮންޑާ އައުޓްބޯޑު އިންޖީނު ރާއްޖެ އަށް
ޑްރައިވަރަކާ ނުލައި ދުއްވޭ ތަފާތު ކާރެއް
އިލެކްޓްރިކް ކާރަށް ބަދަލުވުން ހޮންޑާ އިން އަވަސްކޮށްފި
ބޯޓް ސޭފްޓީއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
މޯލްޑިވްސް މެރިން އެކްސްޕޯ މި މަހުގެ 23 ގައި
ސީގަލް މެރިންގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
"އިންޖީނަށް އެންމެ ރަނގަޅަށް ސާވިސްދެނީ އެލިޔާ އިން"
ތަފާތުތަކާއެކު މެރިން އެކްސްޕޯ ހޮނިހިރު ދުވަހު ފަށަނީ