ހާވާޑް ޔުނިވަސިޓީ އަކީ ޖޯކެއް ކަމަށާއި އެއީ ނަފްރަތާއި ފިތުނަ ދަސްކޮށްދޭ ތަނެއް ކަމަށް ސިފަކުރައްވައި، އެއީ ދުނިޔޭގެ ޝަރަފުވެރި ތައުލީމީ މުއައްސަސާތަކުގެ ލިސްޓަށް އެއްގޮތަކަށް ވެސް އަރަންޖެހޭ ވަރުގެ ތަނެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހާވާޑް ޔުނިވަސިޓީ އަކީ ޖޯކެއް ކަމަށާއި އެއީ ނަފްރަތާއި ފިތުނަ ދަސްކޮށްދޭ ތަނެއް ކަމަށް ސިފަކުރައްވައި، އެއީ ދުނިޔޭގެ ޝަރަފުވެރި ތައުލީމީ މުއައްސަސާތަކުގެ ލިސްޓަށް އެއްގޮތަކަށް ވެސް އަރަންޖެހޭ ވަރުގެ ތަނެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައި މި ވަނީ ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ކަންކަން ހުއްޓުވަން ކަމަށް ބުނެ އެމެރިކާ ސަރުކާރުން ޑިމާންޑުކުރި ކަންކަމަށް އަމަލު ނުކުރެވޭނެ ކަމަށް އެ ޔުނިވަސީޓީން ބުނުމުން އެތަނަށް އަދަބުތައް ދޭން ފަށާފައި ވަނިކޮށެވެ.
ދުނިޔޭގެ އެންމެ ޝަރަފްވެރި ޔުނިވަސީޓިތަކުގެ ތެރޭގައި ހިމެނޭ ހާވާޑަށް އެމެރިކާ ސަރުކާރުން ދޭ 2.2 ބިލިއަނުގެ ފަންޑު ވެސް ހިފެހެއްޓުމަށް ފަހު އެ ޔުނިވަސިޓީއަށް ޓެކްސްގެ އިސްތިސްނާ ދީފައި އޮންނަ އޮތުން ވެސް ކަނޑާލަން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
"ހާވާޑަކީ މިހާރު ތައުލީމު ހޯދަން މީހުން ދާން ކަމުދާ ކަހަލަ ތަނެއް ވެސް ނޫން. އެތަން ދުނިޔޭގެ ވަރުގަދަ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ ލިސްޓުގައި ހިމެނިގެންނުވާނެ،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
"ހާވާޑަކީ ޖޯކެއް. ކިޔަވައިދެނީ ނަފްރަތާއި މޮޔަ ކަންކަން. އެތަނަށް ސަރުކާރުގެ ފައިސާ ހޭދަކޮށްގެންނުވާނެ."
ހާވާޑްގެ ފަންޑު ހުއްޓާލުމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ވެސް މިދިޔަ ބުދަ ދުވަހު ވަނީ ހާވާޑަށް ހަމަޖައްސާފައިވާ 2.7 މިލިއަން ޑޮލަރުގެ ރިސާޗް ގްރާންޓް ވެސް ބާތިލްކޮށްފަ އެވެ. އަދި އެހެން ގައުމުތަކުގެ ދަރިވަރުންގެ "ގާނޫނާ ހިލާފު އަދި ހަރުކަށި އަމަލުތަކުގެ" ރެކޯޑްތައް ސަރުކާރާ ހިއްސާނުކޮށްފި ނަމަ ބައިނަލްއަގުވާމީ ދަރިވަރުންނަށް އެ ޔުނިވަސިޓީން ޖާގަ ދިނުން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
"ރިޕޯޓްކުރުމުގެ އުސޫލަށް ހާވާޑުން ފުރިހަމައަށް ތަބާވާކަން ކަށަވަރުކޮށް ނުދެވޭ ނަމަ ބޭރުގެ ދަރިވަރުން އެ ތަނަށް ވެއްދުމަށް ދީފައި އޮންނަ ބާރު އަތުލާނަން،" ޑީއެޗްއެސްގެ ބަޔާނުގައި އިންޒާރުދީފައިވެ އެވެ.
މީގެ އިތުރުން ޑީއެޗްއެސްގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ އެ ޔުނިވާސިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކުގެ ކުރިމަތީގައި "ކުޑަކަކޫ މައްޗަށް ތިރިވެފައި" ވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ހާވާޑްގެ ވެބްސައިޓްގައިވާ ގޮތުން މި ދިރާސީ އަހަރު ހާވަޑްގެ އެންރޯލްމަންޓްގެ 27.2 ޕަސެންޓަކީ ބައިނަލްއަގުވާމީ ދަރިވަރުންނެވެ.
ހާވާޑަށް އެމެރިކާ ސަރުކާރުގެ ނުރުހުން މިހާ ބޮޑަށް އަމާޒުވީ ޔުނިވަސިޓީ ހިންގަމުން އަންނަ ގޮތް ބަދަލުކުރުމާއި ދަރިވަރުން ވެއްދުމުގެ އުސޫލު ބަދަލުކުރުމާއި ކެމްޕަސް ހިންގުމުގައި ދަރިވަރުންގެ ބާރު ކުޑަކޮށް ޕްރޮފެސަރުންނަށް ބާރުތައް ދިނުމާއި އެމެރިކާއާ ދެކޮޅު ފިކުރު ހުންނަ ދަރިވަރުން ސްކްރީންކޮށް އެ ދަރިވަރުންނަށް ފުރުސަތު ނުދިނުމާއި ކެމްޕަސްތަކުގައި މުޒާހަރާކުރުން މަނާކުރުން ފަދަ އެތައް ކަމަކަށް އެތަނުން އިންކާރު ކުރުމުންނެވެ.
"އެއްވެސް ސަރުކާރަކުން - ކޮންމެ ޕާޓީއެއްގެ ސަރުކާރެއް ވެރިކަމުގައި އޮތަސް - ކިޔަވައިދެވޭނެ އެއްޗިއްސާއި ފުރުސަތު ދެވޭނެ ދަރިވަރުންނާއި ވަޒީފާ ދެވޭނެ މީހުންނާއި އަދި ދަރިވަރުންނަށް ކިޔެވޭނެ ދާއިރާތައް އަމިއްލަ ޔުނިވަސިޓީތަކަކަށް ނޭންގޭނެ،" ހާވާޑްގެ ރައީސް އެލަން ގާބާ އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ޑިމާންޑްތަކާ ދެކޮޅުހަދައި ޔުނިވަސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކި ދީންތަކާއި ނަސްލުތަކާއި ފިކުރުތަކާއި މުޖުތަމައުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.
ޖެޓަކީ ޓްރަމްޕަށް ދޭ ހަދިޔާއެއް ނޫން: ގަތަރު
ސައޫދީ-އެމެރިކާއިން 142 ބިލިއަނުގެ ހަތިޔާރު ވިއްކަނީ
ގަތަރުން ޓްރަމްޕަށް ލަގްޒަރީ ޖެޓެއް ހަދިޔާކުރަނީ
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭ ކަމެއް ނޭނގެ: ޓްރަމްޕު
ޗައިނާގެ މުދަލުން ޓެރިފް ކުޑަކުރަން ޓްރަމްޕު ނިންމައިފި
ހާވާޑުން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި
ޓްރަމްޕް ހުވާކުރި ރަސްމިއްޔާތުން 239 މިލިއަން ލިބުނު
އެމެރިކާއާ ހެދި ރިސެޝަނަކަށް ހިނގައިދާނެ: ސިންގަޕޫރު
ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ