Roadha Mihaaru

ހާވާޑުން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި

އެމެރިކާ ސަރުކާރުން ހާވާޑް ޔުނިވަސިޓީގެ ފަންޑު ހިފެހެއްޓި މައްސަލައިގައި އެ ޔުނިވަސިޓީން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ހާވާޑުން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި

އެމެރިކާ ސަރުކާރުން ހާވާޑް ޔުނިވަސިޓީގެ ފަންޑު ހިފެހެއްޓި މައްސަލައިގައި އެ ޔުނިވަސިޓީން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ކެމްޕަސްތަކުގައި ޔަހޫދީންނާ ދެކޮޅު މުޒާހަރާކުރަން ފުރުސަތު ދިން ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އެތައް ޔުނިވަސިޓީއަކާ މެދު ފިޔަވަޅު އަޅައި އެހީތައް ހުއްޓުވައިފަ އެވެ. ހާވާޑް ޔުނިވަސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތުދޭ އުސޫލާއި އެކި ފިކުރުތަކާއި ނަސްލުތަކުގެ މީހުންނަށް ކިޔެވުމުގެ ފުރުސަތާއި ވަޒީފާ ދިނުމުގެ އުސޫލު ސަރުކާރުން އެދޭ ގޮތަށް ބަދަލު ނުކުރުމުން އެ ޔުނިވަސިޓީގެ ފަންޑު ހިފެހެއްޓުމުގެ އިތުރުން ޓެކްސްގެ ލުއިތައް ކަނޑާލުމަށް ވެސް ދަނީ މަސައްކަތްކުރަމުންނެވެ.

"މިއީ އިލްމީ ނިންމުންތައް ނިންމުމުގެ ކޮންޓްރޯލް ހޯދުމުގެ ގޮތުން އުޒުރެއްގެ ގޮތުގައި ސަރުކާރުން ފެޑެރަލް ފަންޑިން ހިފެހެއްޓުމުގެ މައްސަލައެއް،" އައިވީ ލީގު ޔުނިވާސިޓީން ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ބުނެފައިވެ އެވެ.

"ސަރުކާރުގެ މި އަމަލުތަކަކީ ފަސްޓް އެމެންޑްމަންޓުގެ ދަށުން އަދި ފެޑެރަލް ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ހިލާފު އަމަލެއް."

ސަރުކާރުގެ ހުށަހެޅުންތައް ހާވާޑުން ބަލައިނުގަތުމުން ސަރުކާރުން ވަނީ ހާވާޑުގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ހިފަހައްޓައިފަ އެވެ. އަދި ޓްރަމްޕު ވަނީ އޭނާ އެދިވަޑައިގަތް ޑިމާންޑްތަކަށް ބޯނުލަނބާ ނަމަ ހާވާޑްގެ ޓެކްސް އިސްތިސްނާ އުވާލައި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށް ވެސް އިންޒާރު ދެއްވައިފަ އެވެ.

ޓްރަމްޕުގެ ޑިމާންޑްތަކުގެ ތެރޭގައި ކޮލެޖު ހިންގަމުން އަންނަ ގޮތް ބަދަލުކުރުމާއި ދަރިވަރުން ވެއްދުމުގެ އުސޫލު ބަދަލުކުރުމާއި ޕްރޮފެސަރުންނަށް ބާރުތައް ދިނުން ހިމެނެ އެވެ. ސަރުކާރުގެ ޑިމާންޑްތަކާ ދެކޮޅުހަދައި ޔުނިވަސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކި ދީންތަކާއި ނަސްލުތަކާއި ފިކުރުތަކާއި މުޖުތަމައުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.

"އެއްވެސް ސަރުކާރަކުން - ކޮންމެ ޕާޓީއެއްގެ ސަރުކާރެއް ވެރިކަމުގައި އޮތަސް - ކިޔަވައިދެވޭނެ އެއްޗިއްސާއި ފުރުސަތު ދެވޭނެ ދަރިވަރުންނާއި ވަޒީފާ ދެވޭނެ މީހުންނާއި އަދި ދަރިވަރުންނަށް ކިޔެވޭނެ ދާއިރާތައް އަމިއްލަ ޔުނިވަސިޓީތަކަކަށް ނޭންގޭނެ،" ހާވާޑްގެ ރައީސް އެލަން ގާބާ އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.