އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސިންގަޕޫރަށް މި އަހަރު ރިސެޝަނަކާ ކުރިމަތިނުވެ ސަލާމަތްވެވިދާނެ ކަމަށް ބުނެވެން ނެތް ކަމަށް ސިންގަޕޫރުގެ ޓްރޭޑް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސިންގަޕޫރަށް މި އަހަރު ރިސެޝަނަކާ ކުރިމަތިނުވެ ސަލާމަތްވެވިދާނެ ކަމަށް ބުނެވެން ނެތް ކަމަށް ސިންގަޕޫރުގެ ޓްރޭޑް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރަކީ ބައިނަލްއަގުވާމީ ވިޔަފާރި އާއި ދުނިޔޭގެ ޑިމާންޑުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދަކަށް ވާއިރު އެމެރިކާއިން އެކި ގައުމުތަކުގެ މުދަލުން ބޮޑެތި ޓެރިފްތަކެއް ނަގަން ނިންމުމުން މި ކަންކަމަށް ބުރޫއެރުމުގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފަ އެވެ.
ޓްރަމްޕު ވަނީ އެންމެ ބޮޑެތި ޓެރިފްތައް ނަގަން ފެށުން 90 ދުވަހަށް ފަސްކުރައްވައިފަ އެވެ. އެކަމަކު ވިދާޅުވެފައިވަނީ ޓެރިފުން އެއްވެސް ގައުމެއް އިސްތިސްނާ ނުވާނެ ކަމަށެވެ.
"މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކަށް ބަލާއިރު މި އަހަރު ރިސެޝަނަކަށް ނުދާނެ ކަމަށް ބުނެވޭކަށް ނެތް،" ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޓްރޭޑް މިނިސްޓަރު ގަން ކިމް ޔޮންގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ޓްރޭޑް މިނިސްޓްރީން ވަނީ ސިންގަޕޫރުގެ އިގްތިސާދީ ކުރިއެރުން މި އަހަރު 1.0-3.0 ޕަސެންޓުގައި ހުންނާނެ ކަމަށް އަންދާޒާކުރުމަށް ފަހު ސުމަކާއި 2.0 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްކޮށްފަ އެވެ.
ގަން ވިދާޅުވީ އެމެރިކާގެ ޓެރިފްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ނުތަނަވަސްކަމާއި ނުރަނގަޅު ނުރައްކާތައް ކުރިމަތިވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ޝޮކްތަކާއި ގޮންޖެހުންތަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
ޓްރަމްޕް ސިންގަޕޫރަށް ކަނޑައެޅުއްވީ ބޭސްލައިން 10 ޕަސެންޓުގެ ޓެރިފް ނަމަވެސް، އެހެން ގައުމުތަކަށް މިއަށް ވުރެ ބޮޑުކޮށް ޓެކްސް ކަނޑައަޅާފައި ވާތީ އިގްތިސާދީ ހީނަރުކަމުގެ ނުރައްކާ ސިންގަޕޫރަށް ވެސް އެބަ އޮތެވެ.
ގަން ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އަހަރަކު 600 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
ޓްރަމްޕްގެ ފަރާތުން ކިމްއަށް 'ކުރު ފިލްމެއް'
ޓްރަމްޕް-ކިމް ތާރީހީ ސަމިޓު ފެށިއްޖެ
ސަމިޓްގައި އުތުރު ކޮރެއާގެ އެޖެންޑާ ހާމަކޮށްފި
ތާރީޚީ ސަމިޓަށް ކިމް ސިންގަޕޫރަށް ވަަޑައިގެންފި
ސަމިޓު ދާ ގޮތަކުން ކިމް އެމެރިކާއަށް!
ޖެޓަކީ ޓްރަމްޕަށް ދޭ ހަދިޔާއެއް ނޫން: ގަތަރު
ސައޫދީ-އެމެރިކާއިން 142 ބިލިއަނުގެ ހަތިޔާރު ވިއްކަނީ
ގަތަރުން ޓްރަމްޕަށް ލަގްޒަރީ ޖެޓެއް ހަދިޔާކުރަނީ
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭ ކަމެއް ނޭނގެ: ޓްރަމްޕު