11 ޖޫން 2018
ސިންގަޕޫރު (11 ޖޫން) - މާދަމާ ފެށުމަށް ހަމަޖެހިފައިވާ، އުތުރު ކޮރެއާ-އެމެރިކާ ސަމިޓުން ހާސިލު ކުރަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އުތުރު ކޮރެއާ އިން ފުރަތަމަ ފަހަރަށް ރަސްމީކޮށް ވާހަކަ ދައްކައިފި އެވެ.
ސިންގަޕޫރު (11 ޖޫން) - މާދަމާ ފެށުމަށް ހަމަޖެހިފައިވާ، އުތުރު ކޮރެއާ-އެމެރިކާ ސަމިޓުން ހާސިލު ކުރަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އުތުރު ކޮރެއާ އިން ފުރަތަމަ ފަހަރަށް ރަސްމީކޮށް ވާހަކަ ދައްކައިފި އެވެ.
އުތުރު ކޮރެއާގެ ގައުމީ ޓީވީން މިއަދު ބުނި ގޮތުގައި އެ ގައުމު އޮތީ އެމެރިކާއާާ އެކު ބަދަހި ގުޅުމެއް އުފެއްދުމުގެ އަޒުމުގަ އެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުތަކުގައި ހީނަރުވެފައިވާ ގުޅުން ބަދަހިކުރުމަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ކަންކަމުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ކިމް، ޓްރަމްޕާ މަޝްވަރާ ކުރައްވާނެ އެވެ.
މިހާރު ހުރި މައްސަލަތަކަށް ބޭނުންވަނީ ދާއިމީ ހައްލެއްކަމަށާ އެ މަގަށް މަޝްވަރާތައް ދީލައިލުމަށް ހާއްސަ އިސްކަމެއް ދޭނެކަން ހާމަކުރަމުން ގައުމީ ޓީވީން ބުނީ އުތުރު ކޮރެއާ އޮތީ ސަމިޓުގެ އެންމެ ހާއްސަ ނަންބަރު، "ނިއުކްލިއާ ގާބިލްކަމާ ދުރަށް ދިއުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ" ފެށުމަކަށް މި ސަމިޓު ވާނޭ ކަމުގެ އުންމީދުގައި ކަމަށެވެ.
ސަމިޓު ފެށެން ކުޑަތަންވެފައި އޮއްވައި އުތުރު ކޮރެއާގެ ފިކުރު ރަސްމީކޮށް ހާމަކުރި އިރު ޓްރަމްޕާއި ކިމް މި ވަގުތު ގެންދަވަނީ ސިންގަޕޫރު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވަމުންނެވެ.
ޓްރަމްޕްގެ ފަރާތުން ކިމްއަށް 'ކުރު ފިލްމެއް'
ޓްރަމްޕް-ކިމް ތާރީހީ ސަމިޓު ފެށިއްޖެ
ތާރީޚީ ސަމިޓަށް ކިމް ސިންގަޕޫރަށް ވަަޑައިގެންފި
އުތުރު ކޮރެޔާ އިން 2020 ގައި ހަތިޔާރު ނައްތާލާނެ
ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް
"ކިމް"އަށް ވެގެން އުޅުނު މީހަކު ހިފަހައްޓައިފި
ސަމިޓު ދާ ގޮތަކުން ކިމް އެމެރިކާއަށް!
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު