12 ޖޫން 2018
ސެންތޯސާ (ޖޫން 12) - މުޅި ދުނިޔޭގެ ލޯތައް އެ ސަމިޓަކަށް އަމާޒުވެފައިވާ "ކިމް-ޓްރަމްޕު"ގެ ތާރީހީ ބައްދަލުވުން ސިންގަޕޫރުގެ ސެންތޯސާގައި ފެށިގެން ކުރިއަށް އެބަ ދެ އެވެ.
ސެންތޯސާ (ޖޫން 12) - މުޅި ދުނިޔޭގެ ލޯތައް އެ ސަމިޓަކަށް އަމާޒުވެފައިވާ "ކިމް-ޓްރަމްޕު"ގެ ތާރީހީ ބައްދަލުވުން ސިންގަޕޫރުގެ ސެންތޯސާގައި ފެށިގެން ކުރިއަށް އެބަ ދެ އެވެ.
ބައްދަލުވުމުގެ ކުރިން މީޑިއާގެ ކުރިމަތީގައި ކިމްއާ ސަލާމް ކުރެއްވުމަށް ފަހު ޓްރަމްޕު ވިދާޅުވީ "އަހަރެމެންގެ ގުޅުން ވަރަށް ބަރާބަރު ވާނެ" ކަމަށާއި "ވަރަށް އޮއްޓަރު ހުރި މަޝްވަރާތަކެއް ކުރައްވާނެ" ކަމަށެވެ.
އެއާއެކު ކިމް ވިދާޅުވީ "މިހާތަނަށް އެ ގައުމުން ގެންގުޅުނު އުސޫލުތަކާއި ވިސްނުންތަކުގެ ތެރެއިން މިހާ ހިސާބަށް އައުމަށް ފަސޭހަ ނުވި" ކަމަށާ އެކަމަކު ވަޑައިގެން މި ހުންނެވީ "އެ ހުރިހާ ގޮންޖެހުމެއް ގިރާކުރެއްވުމަށް ފަހު" ކަމަށެވެ.
މިއަދު ހެނދުނު ވަނީ ދެ ގައުމުގެ ރަސްމީ ވަފުދުގެ ބޭފުޅުން ވެސް އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލައްވައިފަ އެވެ..
ޓްރަމްޕާއި ކިމް ދެ ގައުމުގެ ވަފުދާ އެކު. - ފޮޓޯ: އޭޕީ
ޓްރަމްޕުގެ އަރިހުގައި ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ، ޗީފް އޮފް ސްޓާފް ޖޯން ކެލީގެ އިތުރުން ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޮލްޓަން ބައިވެރިވެވަޑައިގެންނެވި އިރު، ކިމްއާ އެކު ތިއްބެވީ އެ ގައުމުގެ ހާރިޖީ ވަޒީރު ރީ ޔޮން ހޯ އާއި ކުރީގެ ހާރިޖީ ވަޒީރު ރީ ސޫ ޔޮން އަދި ކިމްގެ "ކަނާތްޕުޅު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ކިމް ޔޮން ޗޮލް އެވެ.
ރާއްޖޭ ގަޑިން މިއަދު ހެނދުނު 6:30 ހާއިރު ފެށިގެން ކުރިއަށްދާ މި ހާއްސަ ސަމިޓުގައި ދެ ބޭފުޅުންގެ މަޝްވަރާތައް ގަޑިއެއްހާ އިރަށް ދެމިގެން ދާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ އަށް ފަހު ޓްރަމްޕު މީޑިއާތަކާ ބައްދަލުކުރައްވައި ބަޔާނެއް ދެއްވާނެ އެވެ.
ސަމިޓުގެ އެޖެންޑާގެ އެންމެ މުހިންމު އައިޓަމްތަކުގެ ތެރޭގައި، ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިކުރުމާއި ކޮރެއާގެ ނިއުކްލިއާ މަޝްރޫއު ނިމުމަކަށް ގެނައުމާއި އިގްތިސާދީ ގޮތުންނާއި ދިފާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާހަކަތައް ހިމަނާފައިވާ އިރު، ޓްރަމްޕާއި ކިމް ވެސް ވަނީ ސަމިޓުގެ ނަތީޖާ ފޮނިވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް
ތާރީޚީ ސަމިޓަށް ކިމް ސިންގަޕޫރަށް ވަަޑައިގެންފި
"ކިމް"އަށް ވެގެން އުޅުނު މީހަކު ހިފަހައްޓައިފި
ޓްރަމްޕްގެ ފަރާތުން ކިމްއަށް 'ކުރު ފިލްމެއް'
އުތުރު ކޮރެޔާ އިން 2020 ގައި ހަތިޔާރު ނައްތާލާނެ
ޓްރަމްޕް-ކިމް ސަމިޓް: އަސްކަރީ ތަމްރީންތައް ހުއްޓާލަނީ
ސަމިޓްގައި އުތުރު ކޮރެއާގެ އެޖެންޑާ ހާމަކޮށްފި
ސަމިޓު ދާ ގޮތަކުން ކިމް އެމެރިކާއަށް!
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު