އިންޑިޔާގެ އުފެއްދުންތަކުން ބޮޑު ޓެރިފެއް ނަގަން އެމެރިކާއިން ނިންމި ނަމަވެސް އެކަމާ ގުޅިގެން އެމެރިކާއަށް ބޯ ނުލަނބާނެ ކަމަށާއި ބަދަލުގައި އިންޑިއާއިން މަސައްކަތްކުރާނީ އެ ގައުމުގެ މުދަލަށް އާ މާކެޓްތައް ހޯދަން ކަމަށް ޓްރޭޑް މިނިސްޓަރު ޕިއުޝް ގޯޔަލް ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ އުފެއްދުންތަކުން ބޮޑު ޓެރިފެއް ނަގަން އެމެރިކާއިން ނިންމި ނަމަވެސް އެކަމާ ގުޅިގެން އެމެރިކާއަށް ބޯ ނުލަނބާނެ ކަމަށާއި ބަދަލުގައި އިންޑިއާއިން މަސައްކަތްކުރާނީ އެ ގައުމުގެ މުދަލަށް އާ މާކެޓްތައް ހޯދަން ކަމަށް ޓްރޭޑް މިނިސްޓަރު ޕިއުޝް ގޯޔަލް ވިދާޅުވެއްޖެ އެވެ.
އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ ގިނަ އެތައް ބާވަތަކުން 50 ޕަސެންޓުގެ ޓެރިފް މިދިޔަ ހަފްތާއިން ފެށިގެން ނަގަން ފަށާފައި ވާއިރު މިއީ ޓްރޭޑް މިނިސްޓަރު އެ މައްސަލައިގައި އާންމުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރި އިރު އިންޑިއާގެ މުދަލަށް ނަގަން ނިންމެވީ 25 ޕަސެންޓެވެ. އެކަމަކު ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގެ ބައެއް ކަމަށް ބުނެ ޓްރަމްޕު ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަނެ ރަޝިޔާއަށް އެހީވާ ކަމަށް ބުނެ އެކަމުގެ އަދަބަކަށް އިތުރު 25 ޕަސެންޓުގެ ޓެރިފެއް ކަނޑައަޅުއްވައިފަ އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުކުރު ދުވަހު ބޭއްވި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިވެންޓެއްގައި ގޯޔަލް ވިދާޅުވީ އިންޑިއާ އިން އަބަދުވެސް އޮންނާނީ އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ބޭނުންވާ ގައުމަކާ އެކު ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.
އެކަމަކު އޭނާ ވިދާޅުވީ އިންޑިއާ "ބޮލެއް ވެސް ނުލަނބާނެ" ކަމަށާއި "ބަލިކަށިކޮށް ވެސް ނުފެންނާނެ" ކަމަށެވެ.
"މި ހުރިހާ ކަމަކާ އެކު އިންޑިއާ ކުރިއަށްގޮސް އާ މާކެޓްތައް ހޯދާނީ."
ޓްރަމްޕް އެންމެ ފަހުން ތައާރަފްކުރެއްވި ޓެރިފްތަކުގެ ސަބަބުން އެމެރިކާ އާއި އިންޑިއާގެ ގުޅުމަށް ބުރޫ އަރާފައިވާއިރު، އިންޑިއާއިން ވަނީ މިއީ ބޭއިންސާފު، ސަބަބެއް ނެތް އަދި އެކަށީގެންނުވާ ޓެރިފްތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
ދަނޑުވެރިކަމާއި ޑެއިރީ މާކެޓާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ކުރިއަށް ދިޔަ ވިޔަފާރީގެ މަޝްވަރާތައް ވެސް ވަނީ މިކަމާ ހެދި ހުއްޓުމަކަށް އައިސްފަ އެވެ.
އެމެރިކާއަށް އިންޑިއާގެ މާކެޓް ބޮޑަށް ހުޅުވާލުމަކީ ޓްރަމްޕު އެދިވަޑައިގަންނަވާ ގޮތް ނަމަވެސް ވޯޓުލާ މީހުންގެ ބޮޑު އާބާދީއެއް ހިއްސާކުރާ ދަނޑުވެރިންނަށް ގެއްލުން ވެދާނެ އެއްވެސް ކަމެއް ނުކޮށް އެ މީހުން ހިމާޔަތްކުރުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަޒުމަކަށް ވަނީ ހަދައިފަ އެވެ.
ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު އެމެރިކާއަށް އިންޑިއާގެ 87.4 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައި ވާއިރު މިއީ އިންޑިއާގެ މުދާ އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމެވެ. -- އޭއެފްޕީ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ޗައިނާ 2035 ގައި އެންމެ ބޮޑު އިގްތިސާދަށް ވާނެ
ރަޝިޔާ އަށް ދަތިކުރުމުން ޑޮލަރުގެ ނުފޫޒު ކުޑަވާނެ
އިގްތިސާދު ކުރިއެރުވުމަށް އިންޑިއާ-އެމެރިކާ މަޝްވަރާކުރަނީ
އިކޮނޮމިސްޓެއްގެ ކެއްކުމާ ބެހޭ ފޮތެއް
ޗައިނާ 2028 ގައި އިގްތިސާދީ ބޮޑު ބާރަށް ވާނެ
އެމެރިކާގެ އަދަބަށް ނުބަލައި އިންޑިއާ ހިންދެމިލަނީ!
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
އިންޑިއާއިން ޖީއެސްޓީ ރޭޓުތައް ވަރަށް ބޮޑަށް ކުޑަކޮށްފި
އިންޑިއާ-ޗައިނާގެ "ބޯޑަރު ވިޔަފާރި" އަލުން ފަށަނީ