Roadha Mihaaru
އިގްތިސާދު ކުރިއެރުވުމަށް އިންޑިއާ-އެމެރިކާ މަޝްވަރާކުރަނީ

އިގްތިސާދު ކުރިއެރުވުމަށް އިންޑިއާ-އެމެރިކާ މަޝްވަރާކުރަނީ

21 ފެބުރުއަރީ 2022

އިގްތިސާދީ ގޮތުން ދެ ގައުމަށް އިތުރު ފައިދާ އާއި ކުރިއެރުން ހޯދުމާ ބެހޭ ގޮތުން އިންޑިއާ އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިގްތިސާދީ ގޮތުން ދެ ގައުމަށް އިތުރު ފައިދާ އާއި ކުރިއެރުން ހޯދުމާ ބެހޭ ގޮތުން އިންޑިއާ އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔާލް އިއްޔެ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އެއް ގައުމެއްގެ މުދަލާއި އުފެއްދުންތައް އަނެއް ގައުމެއްގެ ބާޒާރުގައި ފަސޭހައިން ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އެބަދެ އެވެ.

މީގެ އިތުރުން އެއް ގައުމުން އަނެއް ގައުމުގައި އިންވެސްޓް ކުރުމާ ގުޅޭ ގޮތުން ވެސް ދެ ގައުމުގެ މެދުގައި އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް މިއީ ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އިތުރު އެއްބަސްވުމެއް ގާއިމުކުރެމުގެ ވާހަކަތަކެއް ނޫން ކަމަށް ވެސް އިންޑިއާގެ ކޮމާސް މިނިސްޓަރު ވިދާޅުވި އެވެ.

ހާވާޑް އިންޑިއާ ކޮންފަރެންސްގެ 19 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ދާނީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވުރެ ވެސް މާ ފުޅާ ގޮތެއްގަ އެވެ. އެ ގޮތުން އެއް ގައުމުން އަނެއް ގައުމަށް އިގްތިސާދީ ގޮތުން އެހީތެރިވުމުގައި އެންމެ ބޮޑަށް ބޭނުންވާނެ އުފެއްދުންތަކަކީ ކޮބައިކަން ދެނެގަތުމަށް ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގެ އުފެއްދުންތަކުގެ އެކްސްޕޯޓް އަގު 400 ބިލިއަން ޑޮލަރު ފަހަނަޅައި ދާނެ އެވެ. އޭގެ އިތުރުން، އިންޑިއާގެ ސިނާއީ އުފެއްދުންތަކަށް ބޭނުންވާ ރޯ މެޓީރިއަލް އާއި އެނޫން ބާވަތްތަކުގެ މުދާތައް އިމްޕޯޓް ކުރުން ފަސޭހަވުމުން، އިންޑިއާގެ އުފެއްދުންތެރިކަން އިތުރުވެ، އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.

މިނިސްޓަރު ގޯޔާލް ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެއްވެސް އިރެއްގައި އެހެން ގައުމުތަކުން މުދާ އިމްޕޯޓްކުރުމާ ދެކޮޅު ގައުމެއް ނޫނެވެ. އެހެނެއް ކަމަކު އިމްޕޯޓް އިތުރުވުމަކީ ޕްރައިވެޓް ސެކްޓާގެ އިންވެސްޓްމެންޓްތައް އިތުރުކުރުމަށް ލިބޭ ހިތްވަރެއް ކަމަށާއި އޭގެ ސަބަބުން، ހިދުމަތްތަކާއި މުދަލުގެ ފެންވަރު މަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް މުދަލުން ނަގަމުން އައި ކަސްޓަމް ޑިއުޓީ ބޮޑުކުރީ ފެންވަރު ދަށް އުފެއްދުންތައް އިންޑިއާ އަށް އެތެރެކުރުން ހުއްޓުވުމަށެވެ. އޭގެ ބަދަލުގައި އިންޑިއާގައި އުފައްދާ އެފަދަ ބާވަތްތަކުގެ ފެންވަރު މަތިވެ، ހެޔޮ އަގުގައި މުދާ ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.