14 ފެބުރުއަރީ 2022
އިންޑިއާ އަށް އެތެރެކުރާ ސާފު ނުކުރާ ޕާމް އޮއިލް އިން ނަގަމުން އައި ޓެކްސް 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.
އިންޑިއާ އަށް އެތެރެކުރާ ސާފު ނުކުރާ ޕާމް އޮއިލް އިން ނަގަމުން އައި ޓެކްސް 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.
ކާން ބޭނުންކުރާ ތެލުގެ ބާވަތްތައް، ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނައިން އިމްޕޯޓްކުރާ އިންޑިއާ އިން ބުނި ގޮތުގައި، ޕާމް އޮއިލް އިން ނަގާ ޓެކްސް ކުޑަކުރީ، އިންޑިއާގައި ވިއްކާ ޕާމް އޮއިލްގެ އަގު ދަށް ކުރުމުގެ ގޮތުންނާއި، ޕާމް އޮއިލް ސާފުކުރާ ކުންފުނިތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
ސަރުކާރުން މި ގެނައި ބަދަލުގެ ސަބަބުން، އިންޑިއާ އަށް އެތެރެ ކުރާ ސާފުނުކުރާ ޕާމް އޮއިލް އިން ނަގާ ޓެކުހާއި ސާފުކުރި ޕާމް އޮއިލް އިން ނަގާ ޓެކުހުގެ ފަރަގު ބޮޑުވެގެންދާނެ އެވެ. މި ތަފާތު ބޮޑުވުމުން، ސާފު ނުކުރާ ޕާމް އޮއިލް އެތެރެކޮށް، އިންޑިއާގައި ސާފުކުރުމަށް ފަހު އަލުން ބާޒާރަށް ނެރޭ ވިޔަފާރިތަކަށް އިތުރު މަންފާތައް ލިބޭނެ އެވެ. އަދި މިހާރު ބާޒާރުގައި ޕާމް އޮއިލް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގުގައި ވިއްކުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށި، ޓެކްސްގެ އާ އުސޫލާ އެކު، ސާފު ނުކުރާ ޕާމް އޮއިލް އިން ނަގާ ޓެކުހާއި ސާފުކުރި ޕާމް އޮއިލް އިން ނަގާ ޓެކުހާ ދެމެދު ހުރި ފަރަގު 8.25 ޕަސެންޓަށް ބޮޑުވާނެ އެވެ. ސޮލްވެންޓް އެކްސްޓްރެކްޓާސް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ބީ.ވީ މެހްތާ ވިދާޅުވި ގޮތުގައި، ޓެކުހަށް މިއައި ބަދަލުގެ ސަބަބުން، އިންޑިއާގައި ޕާމް އޮއިލް ސާފުކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާމް އޮއިލް އެތެރެކޮށް ސާފުކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް މިއަށް ވުރެ ވެސް ބޮޑު އިނާޔަތެއް ދިނުމުގެ ގޮތުން، އެ ފަރަގު 11 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން މިހާރު ވެސް ބޭނުންވެ އެވެ.
އިންޑިއާ އަށް ބޭނުންވާ، ކާން ބޭނުންކުރާ ތެލުގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ވެސް ގިނައީ ބޭރު ގައުމުތަކުން އިމްޕޯޓްކުރާ ތެލުގެ ބާވަތްތަކެވެ. އިންޑިއާ އަށް އެތެރެކުރާ ޕާމް އޮއިލް އެންމެ ގިނައިން ގެންނަނީ އިންޑޮނޭޝިޔާ އާއި މެލޭޝިޔާއިންނެވެ. ސޯޔާ ތެލާއި ސަންފްލާވަރު ތެޔޮ ފަދަ، ތެލުގެ އެހެން ބާވަތްތައް މައިގަނޑު ގޮތެއްގައި އެތެރެކުރަނީ، އާޖެންޓީނާ، ބްރެޒިލް އަދި ޔޫކްރޭން އާއި ރަޝިޔާ އިންނެވެ. އިންޑިއާގައި ބޭނުންކުރާ ޕާމް އޮއިލްގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބަޔަކީ، ސާފުނުކޮށް އެތެރެކުރުމަށް ފަހު، އިންޑިއާގެ ކާރުހާނަތަކުގައި ސާފުކޮށްގެން ބާޒާރަށް ނެރޭ ތެލެވެ.
އިގްތިސާދު ކުރިއެރުވުމަށް އިންޑިއާ-އެމެރިކާ މަޝްވަރާކުރަނީ
އިންޑިއާ-ޗައިނާގެ ވިޔަފާރި ރެކޯޑް މިންވަރަކަށް މައްޗަށް
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
ޑިޖިޓަލްއިގްތިސާދެއް ބިނާކުރަން އިންޑިއާގެ އެހީ ބޭނުންވޭ
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެއަށް އަސާސީ މުދާ ގެންނަން އިތުރު ދެ ޕޯޓެއް
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"