އިންޑިއާގައި އާންމު ހެދިކާތައް ވިއްކާއިރު، ސިނގިރެޓެކޭ އެއްގޮތަށް ސިއްހީ އިންޒާރާ އެކު ވިއްކަންޖެހޭ ގޮތަށް ޔުނިއަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
އިންޑިއާގައި އާންމު ހެދިކާތައް ވިއްކާއިރު، ސިނގިރެޓެކޭ އެއްގޮތަށް ސިއްހީ އިންޒާރާ އެކު ވިއްކަންޖެހޭ ގޮތަށް ޔުނިއަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
އިންޑިއާގައި އެންމެ އާންމު ސަމޯސާ، ޒިލޭބީ، ވަޑައްޕަވް އަދި ކަޗޯރީ ފަދަ ހެދިކާ ވިއްކާއިރު އެ ތަކެތީގައި ތެލާއި ހަކުރު ފަދަ މާއްދާތައް ހުރި މިންވަރާ އެކު، އެއިން ލިބިދާނެ ސިއްހީ ގެއްލުމުގެ އިންޒާރު ފެންނާނެ ގޮތަށް ބަހައްޓަން ހެލްތު މިނިސްޓްރީން ވަނީ ހުރިހާ މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި ސަރަހައްދީ މިނިވަންކަން ލިބިގެންވާ އިދާރާތަކަށް ވެސް އަންގައިފަ އެވެ.
މީގެ އިތުރުން ރަސްމީ އިދާރާތަކުގެ ލެޓަހެޑް، ސިޓީއުރަ، ނޯޓްޕެޑް އަދި ފޯލްޑާ ފަދަ ތަކެއްޗާއި ޝާއިއުކުރާ ލިޔުންތަކުގައި ވެސް، އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުގެ މައްސަލަ ނުވަތަ އޮބީސިޓީއާ މެދު ހޭލުންތެރިކުރުވުމުގެ މެސެޖުތައް ހިމަނަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
މިނިސްޓްރީން މިކަމާ ބެހޭ ގޮތުން ދީފައިވާ އިރުޝާދުގައި ބުނެފައިވަނީ މި ކާނާތަކުގައި ފެޓާއި ހަކުރު ހުރި ވަރު ބުނެދޭން ޖެހޭނެ ކަމަށެވެ. އެކަމަކު މިގޮތަށް އަމަލުކުރަން ފަށާނެ ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާގައި އޮބީސިޓީ ރޭޓް ވަނީ ވަރަށް ބޮޑަށް އިތުރުވެ، އާންމު ސިއްހަތުގެ ބޮޑު މައްސަލައަކަށް ވެފަ އެވެ. ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ހިނގާބިނގާވެ އުޅުމަށް ދަތިވާ ސިއްހީ އެކި މައްސަލަތަކާއި ބައެއް ބާވަތުގެ ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް މަގު ފަހިވެ އެވެ.
އިންޑިއާގެ ނޭޝަނަލް ފެމިލީ ހެލްތު ސާވޭ އިން ދައްކާ ގޮތުގައި އާބަން އޭރިއާގެ ބޮޑެތި މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެކަށީގެންވާ ވަރަށްވުރެ ބަރުދަން އިތުރު މީހުންނެވެ. އަންހެނުންގެ 24 ޕަސެންޓް އަދި ފިރިހެނުންގެ 23 ޕަސެންޓަށް މި ސިއްހީ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. މީގެ އިތުރުން ފަސް އަހަރުން ދަށުގެ ކުދިންގެ މެދުގައި މި މައްސަލަ އޮތް މިންވަރު މިހާރު 2.1 ޕަސެންޓުން 3.4 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
މި އަހަރު ދަ ލާންސިޓް މެޑިކަލް ޖާނަލްގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ދާއިރު އިންޑިއާގައި ގާތްގަނޑަކަށް 450 މިލިއަން މީހުންގެ ބަރުދަން އެކަށީގެންވާ ވަރަށް ވުރެ ބަރުވާނެ އެވެ. ނުވަތަ އޮބީސް މީހުންނަށް ވާނެ އެވެ.
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެނީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި