01 ޑިސެމްބަރ 2024
ސިއްހީ ދާއިރާގެ ފެންނަން ހުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ގިނަ ދިވެހިންގެ ސިއްހީ ހާލަތު ހުރީ ވަރަށް ނުރައްކާ ހިސާބެއްގަ އެވެ. ލެ އާއި ކޮލެސްޓްރޯލް އަތުނުވާ ވަރަށް މައްޗެވެ. ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެއްޖެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުރީ މި ކަންކަމަށް މާ ފަރުވާތެރިވެވޭ ގޮތަކަށް ނޫނެވެ. ކަޅު ސައިތައްޓެއް ބޯލަން ވެސް ތަށި ފުރާ ހަކުރު އަޅާލަނީ މާބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ.
ސިއްހީ ދާއިރާގެ ފެންނަން ހުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ގިނަ ދިވެހިންގެ ސިއްހީ ހާލަތު ހުރީ ވަރަށް ނުރައްކާ ހިސާބެއްގަ އެވެ. ލެ އާއި ކޮލެސްޓްރޯލް އަތުނުވާ ވަރަށް މައްޗެވެ. ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެއްޖެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުރީ މި ކަންކަމަށް މާ ފަރުވާތެރިވެވޭ ގޮތަކަށް ނޫނެވެ. ކަޅު ސައިތައްޓެއް ބޯލަން ވެސް ތަށި ފުރާ ހަކުރު އަޅާލަނީ މާބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ.
އެކަމަކު ހަކުރަށް އެކަނި ބެލި ނަމަވެސް ރާއްޖޭގައި ގިނަ ބަލިތަކަށް މަގުފަހިވާ އެއް ކަމަކީ ކެއުމުގައި ހަކުރު ގިނަވުމެވެ. ކުޑަކުދިން ވެސް ހިމެނޭހެން، އާބާދީގެ ބޮޑު ބައި ހުންނަން ޖެހޭ ވަރަށް ވުރެ ބަރުދަން އިތުރެވެ.
ސިއްހަތަށް ގެއްލުން ހުރި ހަކުރުގެ ސަބަބުން ވަރަށް ގިނަ ބަލިތައް ޖެހޭކަން އެއީ ޔަގީންވާ ކަމެކެވެ. ބަލި ގިނަވި ވަރަކަށް އާސަންދައިގެ ހަރަދުތައް ވެސް އަހަރުން އަހަރަށް ދަނީ ބޮޑުވަމުންނެވެ. އާއްމު ސިއްހަތަށް އަދި މާލީ ހާލަތަށް ވިސްނައި، ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ އިރު، މި ވަގުތަކީ ހަކުރު ސަބްސިޑީ އުވާލަން ވިސްނަން ވީ ވަގުތު ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. ހަކުރަކީ ސަބްސިޑީ ދޭން ޖެހޭ އެއްޗެއްތޯ އެންމެ ކުރީއްސުރެން އޮތް ބަހުސާ މެދު ގޮތެއް ނިންމަން ޖެހޭ ވަގުތެވެ.
އާއްމު ސިއްހަތަށް ވިސްނާފައި، ދުންފަތުން މީހުން ދުރުކުރުވަން ދޭތެރެއަކުން ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރެ އެވެ. އެންމެ ފަހުން ގެނައި ބަދަލަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ބަހުސްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ސިނގިރޭޓާއި ދުންފަތުގެ ޓެކްސް ބޮޑު ކުރާއިރު ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ވެސް ބޮޑުކުރަންޖެހޭ ކަމަށެވެ. މި ސަރަހައްދުގެ ބައެއް ގައުމުގައި މިހާރު ވެސް ހަކުރުގެ ބާވަތްތަކުން އިތުރު ޓެކްސް އެއް ނަގަ އެވެ.
އާއްމުންގެ ސިއްހަތަށްޓަކައި އަޅަން ފެށި ފިޔަވަޅުތަކުގެ މަތީގައި، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ހަކުރަށް ދޭ ސަބްސިޑީ އުވާލަން ވެސް މިއީ އެންމެ ރަނގަޅު ވަގުތެވެ. އެއީ، ހަނޑުލާއި ހަކުރު އަދި ފުށް އަގުހެޔޮކުރަން ސަރުކާރުން ދޭ ސަބްސިޑީ އަންނަ އަހަރުން ފެށިގެން ލިމިޓްކުރަން ނިންމާފައި އޮތުމުންނެވެ. ހަކުރަށް ދޭ އިނާޔަތް ކަނޑާލައިފި ނަމަ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވި، އާއްމު ސިއްހަތަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ އެވެ.
ކާޑުގެ ސަބްސިޑީތަކަށް މި އަހަރު 2.2 ބިލިއަން ރުފިޔާ އަދި އަންނަ އަހަރު 93 މިލިއަން ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.
ހަކުރު ޓެކްސް ދެ ގޮތަކަށް ނެގިދާނެ އެވެ. އެއީ ފޮނި ބުއިމާއި ކެއުންތަކުން ނެގުން ނުވަތަ ކިލޯ ކިރައިގެން ވިއްކާ ހަކުރުން އެކަނި ނެގުމެވެ.
ހަކުރަށް ސަބްސިޑީ ދިނުން މީގެ އަހަރުތަކެއް ކުރިން ހުއްޓާލުމަށްފަހު ވެސް، އަދަޔާ ހިލާފަށް ބަރުވުމުގެ މައްސަލަ ކަންބޮޑުވާ ހިސާބަށް ދިއުމުން މެލޭޝިޔާގައި ހަކުރު އެކުލެވޭ ބުއިންތަކުން 2019 ވަނަ އަހަރު ވަނީ ޓެކްސް ނަގަން ފަށައިފަ އެވެ. އޭރު ޓެކްސް ނަގަން ފެށީ 100 އެމްއެލްއަކަށް ފަސް ގްރާމަށް ވުރެ ގިނަ ހަކުރު ހިމެނޭ ރެޑީ-ޓު ޑްރިންކް ބުއިންތަކުން ލީޓަރަކުން 40 ސެން (ލާރި) އެވެ.
އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން، ފޮނި ބުއިންތަކުގެ ލީޓަރަކުން 90 ސެންޓް (ލާރި) ބޮޑުކުރަން ނިންމިކަން އިއުލާންކުރެއްވުމަށް ފަހު ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ މިއީ، ހަކުރާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ހަރަކާތެކެވެ.
މެލޭޝިޔާގެ ނޫސްތަކުގައި އޭރު ލިޔުނު ރިޕޯޓުތަކުގައި ވަނީ، ހަކުރު ޓެކްސް ނަގަން އިއުލާނު ކުރި ފަހުން ކުންފުނިތަކުން ބުއިންތައް ތައްޔާރުކުރާއިރު ހަކުރު އެކުލެވޭ މިންވަރު މަދުކުރުމާއި ކުދި ޕެކެޓު ތައާރަފްކުރުމުގެ ޕްލޭންތައް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ފުޑް އެންޑް ބެވެރޭޖްސްގައި މެލޭޝިޔާގެ އެންމެ ބޮޑު އެއް ކުންފުނި، ފްރޭޒާ އެންޑް ނޭވްއާ ހަވާލާދީ ޔޫރޯމޮނީޓާގައި އޭރު ބުނީ ސިއްހަތަށް ފައިދާހުރި އާ ތަކެތި އުފައްދަން 7.3 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށެވެ.
ރާއްޖޭގައި ވެސް ހަކުރަށް ދޭ ސަބްސިޑީ އުވާލުމުގެ ވިސްނުމުގައި މަސައްކަތްތަކެއް ކުރި އެވެ.
ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ)ގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި ހަކުރަށް ދޭ ސަބްސިޑީ އުވާލަން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހުށަހެޅުން ހުށަހެޅީ ކެއުންބުއިމުގައި ބޭނުންކުރާ ހަކުރަކީ ގައިންގަޔަށް ނާރާ ގިނަ ބަލިތައް ޖެހުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ ކަމަށެވެ.
ސިއްހީ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދުޅަހެޔޮ ކެއުންތައް ކެއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި މޭވާ އާއި ތަރުކާރި ފަދަ ގުދުރަތީ ތަކެތިން ހަށިގަނޑަށް ބޭނުންވާ ހަކުރު ހޯދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެމްއެންޔޫއާ ގުޅިގެން އެންމެ ފަހުން ހެދި ސްޓެޕް ސާވޭ އިން ވެސް، ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ އެނގިގެންދެ އެވެ.
އެ ދިރާސާ އިން އެނގޭ ގޮތުގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހެކެވެ. އާބާދީގެ 14 ޕަސެންޓް މީހުންގެ ހަކުރު މަތިވެ، ހުންނަން ޖެހޭ މިންވަރު ވަނީ ފަހަނާޅައިފަ އެވެ.
ހިތުގެ ބަލި ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 40 އަހަރުން ދަށުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަށް ނުރައްކާ އެބައޮތެވެ. އެ ހާލަތު 45 އަހަރުން މަތީގެ ކޮންމެ ދެ މީހުންގެ ތެރެއިން އެކަކަކީ ތިން ހިރާސަށް ވުރެ ގިނަ ހިރާސް ހުރި މީހުންނެވެ.
ހަކުރު ނުވަތަ ހަކުރު އެކުލެވޭ ބުއިންތަކާއި ކެއުުންތަކުން ޓެކްސް ނެގުމަކީ، ސިއްހަތަށް ގެއްލުންދޭ އެ ބާވަތްތަކުން މީހުން ދުރުކުރަން ކުރެވިދާނެ ކަމެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިކޮމެންޑޭޝަންތަކުން ވެސް ދައްކަ އެވެ.
ހަކުރު އަގުބޮޑުކުރުމުގެ ސަބަބުން އެ ބޭނުންކުރުން މަދުވެއްޖެނަމަ އެތައް ބައެއްގެ ސިއްހަތަށް ފައިދާކޮށްފާނެ ކަމަށް ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
ދިވެހި އަންހެނުންގެ 35 އަހަރުން މަތީގެ ދެބައިކުޅަ އެއްބައި މީހުން ފަލަ
"ހަކުރު އަޅައިގެން ހަދާ ތަކެތި އަގުބޮޑުވެގެން އެ ނުގަނެވޭ ނަމަ ހަމަ އިތުރަށް ބައެއްގެ ސިއްހަތަށް ފައިދާކޮށްފާނެ. އެއް ބަޔަކު ތިބެނީ ފޮނި ކާތަކެތި މާގިނައިން ކާން އާދަވެފައި. ސީދާ ހަކުރު ބޭނުން ނުކުރިއަސް ހަކުރު ހަށިގަނޑަށް ލިބޭނެ މޭވާއިން،" ހަކުރު ސަބްސިޑީ ކަނޑާލަން ތާއީދުކޮށް މީހަކު ހަބަރަަކަށް ކުރި ކޮމެންޓެއްގައި ވެ އެވެ.
އާއްމު ބަލިތަކުގެ ތަޖުރިބާކާރު ޑޮކްޓަރަކު ވިދާޅުވީ ހަށިގަނޑަށް ގެއްލުން ހުރި ކާބޯތަކެތި، ހާއްސަކޮށް ހަކުރު ގިނަ ކެއުންތަކާއި ބުއިންތައް ގިނައިން ބޭނުންކުރާ ނަމަ ހުންނަން ޖެހޭ ވަރަށް ވުރެ މީހާ ބަރުވުމާއި ހަކުރު ބައްޔަށް މަގުފަހިވާ ކަމަށެވެ.
ހަކުރު ބޭނުންކުރާ ވަރު މަދުވެއްޖެ ނަމަ އެ ނުރައްކާތަކަށް ހުށަހެޅުން ދުރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން ސިއްހަތަށް ބަދަލެއް އަންނާނެތާ އެއްގޮތަކަށް ބަލާއިރު،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ސައި ކަހަލަ އެއްޗިއްސަށް އަޅާ ހަކުރު އެއްކޮށް ކަނޑާލިއަސް ލިބޭނެ ގެއްލުމެއް ނެތެވެ.
ކާބޯހައިޑްރޭޓް ހިމެނޭ ކޮންމެ އެއްޗަކުން ވެސް އަދި މޭވާއާ ތަރުކާރީގައި ވެސް ހަކުރު ހިމެނޭތީ، ކޮންމެހެން އިތުރަށް ހަކުރު ބޭނުންކުރަން ނުޖެހޭނެކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
ހަކުރު ބޭނުންކުރަން އެޗްޕީއޭގެ ރިކޮމެންޑުކޮށްފައި ވަނީ ދުވާލަކަށް ހަ ސައި ސަމްސަލަށް ވުރެ މަދުންނެވެ. ޑަބްލިއެޗްއޯގެ ގައިޑްލައިންގައި ވަނީ، ފިރިހެނުން ހަ ސައި ސަމުލަށް ވުރެ މަދުން އަދި އަންހެނުން މަދުވެގެން ނުވަ ސަމްސަލެވެ. އެކަމަކު، ދިވެހިންގެ މެދުގައި މަގުބޫލު ފިޒީ ޑްރިންކުތަކުގައި އޭގެ އެތައް ގުނައެއް ހަކުރު ގިނަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އެންމެ ފަހުން، 2019 ގައި ހެދި ހައުސްހޯލްޑް ސާވޭއިން ދައްކަނީ ގޭބިސީތަކުން 2،789،455 ކިލޯގެ ހަކުރު ބޭނުންކުރި ކަމަށެވެ. އެއީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ހަދާ ސާވޭއަކަށް ވާތީ އެ ނަމްބަރުތަކަށް މިހާރު ބޮޑު ބަދަލެއް އަތުވެދާނެ އެވެ.
ނަމަވެސް، ފެންނަ މަންޒަރުތަކުން ޔަގީންވާ އެއް ކަމަކީ ދިވެހިންގެ ކެއުންބުއިން ހުރީ ކަންބޮޑުވާ ހިސާބެއްގަ އެވެ. ހަކުރު ސަބްސިޑީ އުވާލުމަކީ ވެސް ބޮޑު ބަދަލެއް ގެނެވިދާނެ ކަމެކެވެ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
މިދިޔަ ދެ މަހު، ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
މެނިންގޯކޮކަލް ބަލީގެ އިތުރު ޕޮޒިޓިވް މީހަކު ނެތް
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނުނުު ބަލީގައި