ދުންފަތުގެ އިސްތިއުމާލްކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ އެންމެންނަށް ފައިސާގެ އިނާމު ދިނުމާ ގުޅޭ ދިރާސާއަށް ހިޔާލުހޯދަން ފަށައިފި އެވެ.
04 އޯގަސްޓް 2025
ދުންފަތުގެ އިސްތިއުމާލްކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ އެންމެންނަށް ފައިސާގެ އިނާމު ދިނުމާ ގުޅޭ ދިރާސާއަށް ހިޔާލުހޯދަން ފަށައިފި އެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ދުންފަތް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ރަށްތަކެއް ކަނޑައެޅުމުގެ ދިރާސާއެއް ހަދަން ކަމާބެހޭ އިދާރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
އެ ދިރާސާއަށް ހިޔާލު ހޯދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ފަށައިފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ދިވެއްސާއި އިނގިރޭސި ބަހުން ކުރިއަށްގެންދާ ހިޔާލު ހޯދުމުގެ ސާވޭގެ މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އަބާދީގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން ވީހާވެސް ގިނަ ބަޔަކު ދެކޭ ގޮތް ބެލުމެވެ.
އެ ސާވޭގައި، މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާއި އެކަން ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު އާންމުން ދެކޭ ގޮތާއި ރަގަނޅު ކުރަން ފެންނަ ކަންތައްތައް ދެނެގަނެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ: ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައި ރާއްޖޭގައި ވޭޕް ވެސް ވަނީ މަނާކޮށްފައި.
- ދުންފަތުގެ އިސްތިއުމާލް ކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް ފައިސާގެ އިނާމު ދިނުމަކީ ކިހާ އިންސާފުވެރި ކަމެއްތޯ؟
- ދުންފަތުގެ އިސްތިއުމާލް ކުރުން އެއްކޮށް ހުއްޓާލާ ރަށްތަކަށް ފައިސާގެ އިނާމު ދިނުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް
- ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާފައިވާ ރަށެއް ކަމަށް ކަނޑައަޅާނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާތާ ކިހާ ދުވަހަކުންތޯ؟
- ޖެނެރޭޝަނަލް ބޭންއާ މެދު ދެކޭގޮތް
- ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާފައިވާ ރަށެއްގައި އެ އަމަލުކުރާނަމަ އަދަބު ދިނުމާ މެދު ދެކޭ ގޮތް
ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފަ އެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ނުރައްކާ އަންގައިދޭ ލޭބަލް ނުޖަހާ ނަމަ އެ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވެއްޖެ
ދުންފަތް އިޝްތިހާރުކުރުން އާންމުވާތީ އިންޒާރުގެ ބަޔާނެއް
ކެފޭތައް ހިންގަނީ ދުންފަތުގެ ގާނޫނާ އެއްގޮތަށްތޯ ބަލަނީ
ސިނގިރޭޓް ފޮށީގައި ބިރުވެރި މަންޒަރުތައް!
އިންޒާރުގެ މަންޒަރު ނުޖަހައި ދުންފަތް އެތެރެކުރުން މަނާ
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި
ދުންފަތުގެ ޖޫރިމަނާ މީރާއަށް ދައްކަންޖެހޭ ގޮތް ހަދަނީ
ސިނގިރޭޓްގެ އާ ޑިއުޓީ: ނަތީޖާ ހާސިލްވެދާނެބާ؟
ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި