މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ކުރާ ޖޫރިމަނާގެ ފައިސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
01 ނޮވެމްބަރ 2017
މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ކުރާ ޖޫރިމަނާގެ ފައިސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި އެކަމަށް އެކުލަވާލާފައިވާ ގަވާއިދުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒުވަމުން ނުދާ ކަމަށެވެ. އެ ކަންތަކަށް އަމަލުކުރުމުގައި ގޮންޖެހުންތައް ދިމާވި ނަމަވެސް ދުންފަތާ ބެހޭ ގާނޫނު ހަރުދަނާކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުކޮށްގެން ކުރާ ޖޫރިމަނާގެ ފައިސާ މިހާރު ދައްކަނީ އެޗްޕީއޭ އަށެވެ. ނަމަވެސް މީރާ އަށް އެ ފައިސާ ދައްކަން ފެށުމުން ހަރުދަނާކޮށް އެކަންތައް ގެންދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ދުންފަތުގެ ޖޫރިމަނާ ފައިސާ މީރާ އަށް ދައްކަން ފެށުމުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ. މިސާލަކަށް ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް، ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ ބައެއް ހިދުމަތްތަކެއް ނުލިބޭނެ. އެކަހަލަ ގޮތަކަށް އަޅުގަނޑުމެން މި މަޝްވަރާކުރަން ތައްޔާރުވަނީ،" އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވި އެވެ.
"ޖޫރިމަނާ ފައިސާއެއް އޮތް ނަމަ އައިޑީކާޑެއް ނުހެދޭނޭ ބުނެފިއްޔާ ވަރަށް އުނދަގޫވާނެ ދެއްތޯ. އޭރަށް އައިޑީކާޑު ނެތިއްޔާ އާސަންދައިގެ ހިދުމަތެއް ނުލިބޭނެ. ޕާސްޕޯޓެއް ނުހެއްދޭނެ."
މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ 500ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ގާނޫނު ބުނެ އެވެ. ނަމަވެސް ހަތް އަހަރު ވެގެން ދިޔައިރު ވެސް އެކަށީގެންވާ ގޮތެއްގައި އެ ގާނޫނު ތަންފީޒުވެގެން ނުދެ އެވެ.
ނާޒިމް ވިދާޅުވީ ދުންފަތުގެ ޖޫރިމަނާގެ ފައިސާ ނުދައްކާ ވަރަށް ގިނަ މީހުން އެބަ އުޅޭ ކަމަށެވެ. ނަމަވެސް އެ ނުދައްކާ މީހުން ހޯދަން އުނދަގޫ ކަމަށާއި، މީރާ އަށް އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ބަދަލުކުރުމުން އެ ކަންތައްތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް ވަނީ އެކުލަވާލައިފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ގެޒެޓުކުރުމުގައި ލަސްތަކެއް އުޅެނީ، އެކަމާ ގުޅޭ އެހެން މަސައްކަތްތަކެއް ވެސް ކުރިއަށް ދާތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟
އިންޒާރުގެ މަންޒަރު ނުޖަހައި ދުންފަތް އެތެރެކުރުން މަނާ
ޖެނެރޭޝަން ބޭންއަށް ދާން ޑަބްލިއުއެޗްއޯއާ މަޝްވަރާކޮށްފި
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި
ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އެތެރެކުރެވޭ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ސިއްހީ މުހިއްމު މައުލޫމާތު ލިބޭ ޕޯޓަލްއެއް ލޯންޗްކޮށްފި
ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކޮށްދިނުމަށް ނާޒިމް އެދިވަޑައިގެންފި
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް