މެނިންގޯކޮކަލް ބަލީގެ ޒުވާނަކު ރާއްޖެ އިން ފެނުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެ އިން ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
14 ޖޫން 2025
މެނިންގޯކޮކަލް ބަލީގެ ޒުވާނަކު ރާއްޖެ އިން ފެނުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެ އިން ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މެނިންގޯކޮކަލް ބައްޔާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު، މެލޭޝިއާ އަށް ކުރި ދަތުރުރަކަށް ފަހު އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނަކު ރާއްޖެ އައި ތަނާ މި މަހުގެ 7 ގައި މަރުވުމާ ބައެއް މީހުން ގުޅުވި ނަމަވެސް އެޗްޕީއޭ އިން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ފެތުރޭ މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ނިންމައި، އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކަމަށާއި ބަލި ޖެހިފައިވާ އިތުރު މީހަކު ވެސް ނުފެންނަ ކަމަށެެވެ.
"މިހާތަނަށް ބަލި ޖެހިފައިވާ އިތުރު އެއްވެސް ކޭސްއެއް ފެނިފައި ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ކޭސް ފެނުމާ ގުޅިގެން، ހައިރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރި ކަމަށް އޭރު ބުނެފައިވެ އެވެ.
ރާއްޖޭގައި އެ ބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ މީހުންނެވެ. މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުމެވެ.
ބަލީގައި ބޮޑުވަރުވުމުން ސިކުނޑި އަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ. މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހަކާ އެކު، ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދު އެވެ.
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
މިދިޔަ ދެ މަހު، ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!