Roadha Mihaaru

ރޯގާތައް ވަރަށް ބޮޑަށް އިތުރު، އެންމެ ގިނައީ އިންފުލުއެންޒާ އާއި ކޮވިޑް

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ ކޮވިޑް-19 އަދި އިންފުލުއެންޒާ އަށް ޕޮޒިޓިވްވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ރޯގާތައް އިތުރު، އެންމެ ގިނައީ ކޮވިޑާއި އިންފުލުއެންޒާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 މެއި 2025

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ ކޮވިޑް-19 އަދި އިންފުލުއެންޒާ އަށް ޕޮޒިޓިވްވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން މިއަދު ވަނީ މިދިޔަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރީލް ހަޔަކުން މޭ 17 ގެ ނިޔަލަށް ރިޕޯޓު ކޮށްފައި ވަނީ 675 ކޭސް އެވެ. މި އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކުރީ 86 ކޭސް އެވެ.

ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ރ. ކ. އަދި އއ. އަތޮޅުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އޭޕްރިލް 6 އިން މެއި 17 އަށް:

- އަރިދަފުސް ރޯގާ - 43،882 ކޭސް

- އިންފުލުއެންޒާ - 254 ކޭސް

- ކޮވިޑް-19 - 37 ކޭސް

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާއިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.

އެހެންވެ، މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.