28 ޖުލައި 2023
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މާލެ ސަރަހައްދުގައި ކުއްލިއަކަށް އިތުރުވީ ކާއެއްޗެއްގެ ސަބަބަކުން ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މާލެ ސަރަހައްދުގައި ކުއްލިއަކަށް އިތުރުވީ ކާއެއްޗެއްގެ ސަބަބަކުން ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން އެހެން ބުނީ، ކުޑަކުދިން ހޮޑުލައި ބޭރަށް ހިންގާތީ، ރެއިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮސްޕިޓަލްތަކަށް ގެންދާ ވަރު ކުއްލި ގޮތަކަށް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތު ކުރީ އެއީ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި ރޭ ބޭއްވި ފުޅަނދުބުރުގައި ބެހި މެޓައެއް ކައިގެން ކުޑަކުދިންނަށް ދިމާވި ކަމެއް ގޮތުގަ އެވެ.
އެކަމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ސާމްޕަލްތައް ނަގައި ޓެސްޓްތައް ހަދަން ފަށައިފަ އެވެ.
އޭގެ ފަހުން އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މިދިޔަ ދެ ހަފުތާގެ ތެރޭގައި ފެތުރޭ ވަރު އިތުރު ކަމަށާއި ނަމަވެސް ރެއިން ފެށިގެން ކުއްލިއަކަށް އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.
ނަމަވެސް ޕްލިމިނަރީ ރިޕޯޓުތަކާ ހަވާލާދީ، އެޗްޕީއޭ އިން ބުނީ، ހޮޑުލައި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވީ، ވައިރަހެއްގެ ސަބަބުން ކަމަށާއި އެއީ ވަކި ކާއެއްޗަކާ ގުޅިގެން ވީ ކަމެއް ނޫން ކަމަށެވެ.
ބަލި ކުއްލިއަކަށް އިތުރުވި ސަބަބުން ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އާންމުން އެ ކަމަށް ސަމާލުވެގެން ތިބުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރި އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން މާލޭގައި ކުއްލި ގޮތަކަށް އިތުރުވުމުން، މިނިވަން ދުވަހާ ގުޅިގެން ސަރުކާރުން މިރެއަށް ރޭވި ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފަ އެވެ.
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
ޑެންގީ ޖެހޭ މީހުންގެއަދަދު ކަންބޮޑުވާ ވަރަށް އިތުރު!
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 ކޭސް
އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަނީ
ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓުކުރުން މަދުވެއްޖެ
ޑޮކްޓަރުން: އިންފްލުއެންޒާ ވެކްސިން އަވަހަށް ޖަހާ
މި ދުވަސްވަރު ޗިކުންގުންޔާ ދަނީ ފެތުރެމުން: އެޗްޕީއޭ
69 ޕަސެންޓް މީހުން އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް
ރޯގާ ޖެހިގެން ދުވާލަކު 300 މީހުން ފަރުވާ ހޯދާ