ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި މިދުވަސްވަރު އެންމެ ގިނައި މާލޭ ސަރަހައްދުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
09 ޖުލައި 2025
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި މިދުވަސްވަރު އެންމެ ގިނައި މާލޭ ސަރަހައްދުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ. އެ މައުލޫމާތުގައިވާ ގޮތުން އެ ބަލިތައް ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން މިދިޔަ ޖޫން މަހުގެ 15 އިން މި ޖުލައި މަހުގެ 5 އަކާ ހަމައަށް މުޅި ރާއްޖެއިން ރިޕޯޓުކުރީ 3،763 ކޭހެކެވެ. އޭގެ ތެރެއިން 2،370 ކޭސް އެއީ މާލޭ ސަރަަހައްދުން ބަލި ޖެހިގެން ރިޕޯޓުކުރި އަދަދު ކަމަށް އެ އެޖެންސީން ބުންޏެެވެ.
އެ މުއްދަތުގައި އިންފުލުއެންޒާ ޖެހިގެން ރާއްޖެ އިން 239 ކޭސް ރިޕޯޓުކުރި އެވެ. އޭގެ ތެރެއިން 228 ކޭސް އެއީ މާލެއިން ބަލި ޖެހުނު އަދަދެވެ.
އެހެންވެ، ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
ރޯގާތައް އިތުރު، އެންމެ ގިނައީ ކޮވިޑާއި އިންފުލުއެންޒާ
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 ކޭސް
އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަނީ
ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓުކުރުން މަދުވެއްޖެ
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ބަލި ފެތުރުނީ ކާއެއްޗެއްގެ ސަބަބަކުން ނޫން: އެޗްޕީއޭ
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!