ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް މިހާތަނަށް ނުލިބޭ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
03 ޖޫން 2025
ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް މިހާތަނަށް ނުލިބޭ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިިމިގްރޭޝަނުން އެހެން ބުނީ، ވިލިމާލޭގެ ފެކްޓަރީއެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހާ ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރުތައް ހިމަނައިގެން ސޯޝަލް މީޑިއާގައި އިއްޔެ މައުލޫމާތުތަކެއް އާންމު ކޮށްފައިވާތީ "މިހާރު" އިން ސުވާލު ކުރުމުންނެވެ. ބިދޭސީ މީހާގެ ފޮޓޯއާ އެކު ވަނަވަރު އާންމުކުރީ އޭނާއާ އެކު އެ ފެކްޓަރީގައި މަސައްކަތްކުރާ ދިވެއްސެކެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުގައިވާ ބިދޭސީ މީހާ ފިލައިގެން އުޅޭ މައްސަލަ އެ އިދާރާ އަށް ރިޕޯޓު ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، އެ މީހާ ހޯދުމުގެ މަސައްކަތެއް އިމިގްރޭޝަނަކުން ނުކުރެ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ލޯންޗަކަށް އަރުވަނީ. --ފޮޓޯ | އިމިގްރޭޝަން
ދެހަސް ސާދަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އަންނަ އުމުރުން 31 އަހަރުގެ ބިދޭސީ މީހާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަން އެނގުނީ ވިސާ އާ ކުރުމަށް މެޑިލަކް ޓެސްޓު ހެދުމުން ކަމަށާއި އެޗްޕީއޭން އެކަން އެންގުމުން މީހާ ބޭސްފަރުވާ ކުރުމަށް ގައުމަށް ފުރުވާލަން ނިންމި ކަމަށް އެ ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފު ބުންޏެވެ.
މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ވިލިމާލޭގެ ފެރީ އަށް އެރި ނަމަވެސް އޭގެ ފަހުން އެޗްޕީއޭ އިން ގުޅައި ބިދޭސީ މީހާ ރާއްޖެއިން ބޭރު ނުވާ ކަމަށް ބުނި ކަމަށާއި އެހެންވެ އެ މީހާ ހޯދުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށް ވެސް ފެކްޓަރީގެ މުވައްޒަފު ބުންޏެވެ.
މި މައްސަލާގައި އެޗްޕީއޭ އިން ބުނީ ބަލި މީހުންގެ ޒާތީ މައުލޫމާތުތަކަކީ ސިއްރެއް ކަމަށާއި އޭގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުން ވެސް ހިމެނޭނެ ކަމަށެވެ.
ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
މެޑިކަލް ނުހަދާ ބިދޭސީންނަށް އެތެރެވެވޭތީ އެޗްޕީއޭގެ ކަންބޮޑުވުން
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ
ބިދޭސީންގެ ފިހާރަތައް ފާސްކޮށް ހަ މީހަކު ހިފަހައްޓައިފި
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި
އަތުލައިގަތް 69 ބިދޭސީއަކު ގަވާއިދާ ހިލާފު
އިމިގްރޭޝަނުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ބިދޭސީންގެ ފީތަކަށް 1.6 ބިލިއަން ރުފިޔާ ހޯދައިފި
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ