އިންޑިއާގެ އެތެރޭގެ އިގުތިސާދަށް މަގުފަހިކުރުމުގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުން އާންމުންގެ އަތުން ނަގާ ޓެކްސް ރޭޓުތައް ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.
އިންޑިއާގެ އެތެރޭގެ އިގުތިސާދަށް މަގުފަހިކުރުމުގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުން އާންމުންގެ އަތުން ނަގާ ޓެކްސް ރޭޓުތައް ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.
އަންނަ އޮކްޓޯބަރު މަހުން ފެށިގެން ޓެކްސް ރޭޓުތައް ކުޑަކުރަން ނިންމާފައިވާކަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނުކުރެއްވީ މިދިޔަ ހުކުރު ދުވަހު ފާހަގަކުރި އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގަ އެވެ.
އެކަމުގެ ސީދާ ތަފްސީލު ރަސްމީކޮށް އަދި ހާމަކޮށްފައި ނުވިޔަސް، އިންޑިއާގެ މައި ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ބަދަލުގެ ސަބަބުން މިހާރު ހަތަރު ރޭޓެއްގައި ނަގަމުން އަންނަ ޖީއެސްޓީ، ދެ ގިންތިއަކަށް ބަދަލުކުރެވޭނެ އެވެ.
މިގޮތުން، 12 ޕަސެންޓާއި 28 ޕަސެންޓުގެ ގިންތި އުވާލައި، ދެން ޖީއެސްޓީ ނަގާނީ ފަސް ޕަސެންޓާއި 18 ޕަސެންޓުގެ ރޭޓުގަ އެވެ.
އިންޑިއާގައި ހެދުން ވިއްކާ ފިހާރައެއްގައި ސޭލް އަޅުވާފައި. --ފޮޓޯ: އޭއެފްޕީ
މައި ސަރުކާރުގެ ވިސްނުމަކީ 12 ޕަސެންޓުގެ ޓެކްސް ނަގަމުން އައި މުދަލާއި ހިދުމަތުގެ 99 ޕަސެންޓުގެ ޓެކްސް ފަސް ޕަސެންޓަށް ތިރިކުރުމެވެ.
މި ބަދަލުން، އާންމު ގޮތެއްގައި ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދަލުގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ ކަމަށް އިގުތިސާދީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.
މި ބަދަލުގެ އެންމެ ހެޔޮ އަސަރެއް ކުރާނީ ރަން ރިހީގެ ބާވަތްތަކުންނެވެ. މިގޮތުން، މިހާރު ތިން ޕަސެންޓުގެ ޓެކުހެއް ނަގަމުން އަންނަ ރަނުން ދެން ނަގާނީ އެއް ޕަސެންޓަށް ވުރެ ކުޑަ ޓެކުހެއް ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ.
އެމެރިކާއިން ޑިޔުޓީ ބޮޑުކުރުމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާ ކުރަނީ. --ފޮޓޯ: އޭއެފްޕީ
މި ބަދަލުގެ ތެރޭގައި، ސިއްހަތަށް ގެއްލުން ހުރި ދުންފަތް ފަދަ ބާވަތްތަކުން ނަގާ ޖީއެސްޓީ 28 ޕަސެންޓުން 40 ޕަސެންޓާ ހަމައަށް އިތުރުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މޯދީގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، އެމެރިކާއަށް އެކްސްޕޯޓުކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން ތައްޔާރުވެފައިވަނިކޮށެވެ. އެމެރިކާއިން ވަނީ އިންޑިއާގެ މުދަލުން 25 ޕަސެންޓުގެ ޓެރިފް ނަގަން ނިންމުމަށް ފަހު، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އިތުރު 25 ޕަސެންޓުގެ ޓެރިފެއް ވެސް ނަގަން ނިންމައިފަ އެވެ. އެހެންވެ އިންޑިއާގެ މުދާ އެމެރިކާއަށް އެތެރެކުރަން 50 ޕަސެންޓުގެ ޓެރިފް ނަގާނެ އެވެ.
އެމެރިކާގެ މި ފިޔަވަޅާ ކުރިމަތިލުމަށް އިންޑިއާއިން ވަނީ ގައުމުގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއަރުވައި އެތެރޭގެ ވިޔަފާރި ފުޅާކުރުމުގެ ވިސްނުން ކުރިއަށް ނެރެފަ އެވެ.
ޓެރިފް ބޮޑުކުރިޔަސް ބޮލެއް ނުލަނބާނަން: އިންޑިއާ
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
ޑިޖިޓަލްއިގްތިސާދެއް ބިނާކުރަން އިންޑިއާގެ އެހީ ބޭނުންވޭ
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
އިންޑިއާގެ ޓޫރިސްޓުން މަދުވީތަ؟ ތަފާސްހިސާބަށް ޖެހިލަމާ