09 އޯގަސްޓް 2024
އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށަން ނިންމާފައިވާކަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިރޭ އިއުލާން ކުރައްވައިފި އެވެ.
އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށަން ނިންމާފައިވާކަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިރޭ އިއުލާން ކުރައްވައިފި އެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ތިން ދުވަހު ދަތުރުފުޅު ފެށްޓެވުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި މިރޭ ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި އޭނާ ވިދާޅުވީ ޔޫޕީއައިގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ރާއްޖެއަށް ޔޫޕީއައި ގެނައުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފުކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ.
With NPCI International Payments of India, we seek to drive digital payment innovation, expand financial inclusion, supporting President Muizzu's vision for a dynamic creative economy that enhances e-commerce and broader trade facilitation.@HCIMaldives @MoEDmv pic.twitter.com/7NLjqhOkK2
— Mohamed Saeed (@em_saeed) August 9, 2024
"އުއްމީދުކުރަނީ ވަރަށް އަވަހަށް ރާއްޖޭގައި ޔޫޕީއައިގެ ފުރަތަމަ ޓްރާންސެކްޝަން ހިނގާތަން ފެންނާނެ ކަމަށް،" ޖައިޝަންކަރު ވިދާޅުވި އެވެ.
"މީގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އަޅުގަނޑަށް ބެލެވޭ."
ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ މި އެމްއޯޔޫގެ ސަބަބުން އީ ކޮމާސްގެ ދާއިރާ އިތުރަށް ތަރައްގީކޮށް، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
އެގޮތުން ޑިޖިޓަލް ޕޭމެންޓްތައް ހެދުމުގައި އިތުރަށް ފަސޭހަ އަދި ރައްކާތެރި ނިޒާމެއް ގާއިމްކޮށް އަދި ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ފަސޭހައިން މަސައްކަތް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އީކޮމާސްގެ ނިޒާމުތައް އެދެވޭ ގޮތުގައި ބޭނުން ހިފުމަށް ރާއްޖޭގެ މާލީ އިދާރާތަކަށް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ޔޫޕީއަކީ ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ހާއްސަ އެޕެއް މެދުވެރިކޮށް އޮންލައިންކޮށް ޕޭމެންޓުތައް ފަސޭހައިން ހެދޭ ނިޒާމެކެވެ. އިންޑިއާއިން ވަނީ މިދިޔަ އަހަރު މި ހިދުމަތް ސްރީލަންކާއަށް ވެސް ތައާރަފުކޮށްފަ އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި