03 ޖެނުއަރީ 2025
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ވަޑައިގެންފަ އެވެ.
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ވަޑައިގެންފަ އެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ފޮރިން މިނިސްޓަރުގެ މަގާމަށް ހަލީލް އައްޔަން ކުރެއްވި ފަހުން އޭނާ އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. އެކަމަކު، ހަލީލް އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު ނުވަތަ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ.
އިންޑިއާގެ ރަސްމީ ދަތުރު ފެއްޓެވުމާ ގުޅިގެން ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި، ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ފޮރިން މިނިސްޓަރު ކުރައްވާ އެހެން ރަސްމީ ދަތުރުތަކާ ހިލާފަށް، މި ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް ފޮރިން މިނިސްޓްރީން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް، އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ، އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަލީލް އިންޑިއާ އަށް ވަޑައިގަތީ ތިން ދުވަހުގެ ދަތުރެއްގަ އެވެ.
މިއަދުގެ ވަގުތެއްގައި ހަލީލް ޖައިޝަންކަރު އާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
މިގޮތުން، ރައީސް މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ފުރާމަނަ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށް، ރާއްޖެއަށް އެކި ދާއިރާތަކުން އެ ގައުމުން ވަނީ އެހީ ފޯރުކޮށްދީފަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގައި ސޮއިކުރުމާއި އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ބޭނުންކުރާ ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުން ހިމެނެ އެވެ. އަދިވެސް އިތުރު އެހީތައް ރާއްޖެ އަށް ދޭން އިންޑިއާ އިން ވަނީ އެއްބަސްވެފަ އެވެ.
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު