30 އޮކްޓޯބަރ 2024
ރާއްޖެ އިން އިންޑިއާ އާއި ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ އާ ސަފީރުން މިއަދު އައްޔަން ކޮށްފި އެވެ.
ރާއްޖެ އިން އިންޑިއާ އާއި ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ އާ ސަފީރުން މިއަދު އައްޔަން ކޮށްފި އެވެ.
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރެއްވީ އާއިޝަތު އަޒީމާ އެވެ. ސައުދީ ސަފީރަކަށް އައްޔަން ކުރެއްވީ އަހުމަދު ސަރީރެވެ. އެއީ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.
އަޒީމާ އާއި ސަރީރާ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ކެރިއާ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019-2023 އަށް އަދާކުރައްވައިފަ އެވެ. މިހާރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އޭނާ ހުންނެވީ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގަ އެވެ.
މަގާމަށް އައްޔަން ކުރުމާ ހަމައަށް ސަރީރު ހުންނެވީ އެމްބަސަޑާ އެޓް ލާޖުގެ މަގާމުގަ އެވެ. ސަރީރު މީގެ ކުރިން ހުންނެވީ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރެއްގެ ގޮތުގައި ސައުދީގަ އެވެ. އަދި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ. އެވެ. އޭގެ ކުރިން، އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ވެސް 2012 އިން ފެށިގެން އޭނާ އަދާކުރެއްވި އެވެ.
ސަރީރު ވަނީ 1986 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގެ އެކި މަގާމުތައް އަދާކުރައްވައިފަ އެވެ.
އިންޑިއާ، ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
"އިންޑިއާ- ޗައިނާ ދޫކޮށްލައިގެން ދެކޮޅެއް ނުޖެއްސޭނެ"
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"
ޒަމީރު، ޖައިޝަންކަރަށް؛ ހައްލު ހޯދަން ހިންގަވާ