02 ޖުލައި 2021
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށާއި އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފައިވާތީ އެ ދެ އެމްބަސީގެ ސަލާމަތީ ކަންކަން ސަރުކާރުން ވަރުގަދަކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށާއި އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފައިވާތީ އެ ދެ އެމްބަސީގެ ސަލާމަތީ ކަންކަން ސަރުކާރުން ވަރުގަދަކޮށްފި އެވެ.
އިންޑިއާ ހައިކޮމިޝަންގެ ބައެއް ޑިޕްލޮމެޓުންނަށް ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި ފާޑުކިޔާފައިވާތީ އެ މައްސަލަ ބަލައިދޭން އިންޑިއާ ހައި ކޮމިޝަނުން ކުރިން ވަނީ ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އަދި އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވެސް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި އެދިފަ އެވެ.
އެކަން އެހެން ހިނގާފައި ވަނިކޮށް، ކާކުކަން ނޭނގޭ މީހެއްގެ އެކައުންޓަކުން ވަނީ، އިންޑިއާ ހައި ކޮމިޝަން ވަރަށް އަވަހަށް ގޮއްވައިލާނެ ކަމުގެ އިންޒާރު ޓުވިޓާގައި ދީފަ އެވެ. އެ ޓުވީޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މީހާގެ އެކައުޓް ޓުވިޓާ އިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެެރުނު ބަޔާނެއްގައިވަނީ ޑިޕްލޮމެޓުންނާ ބެހޭގޮތުން ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ސަބަބުން ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އަދި އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާތީ އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިންޑިއާ އާއި ޗައިނާ އިން އެދިފައިވާ ކަމަށެވެ. އެހެންވެ، އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ރައްކާތެރިކަން ދިނުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުގެ ޒިންމާއެކެވެ. އަދި ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ގޮތަށް ޚަބަރުތައް ނުފަތުރަން ދިވެހި ސަރުކާރުން ގޮވައިލި އެވެ.
އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ކަންކަން އާންމުކޮށް ބަލަހައްޓަނީ ފުލުހުންނެވެ. ނަމަވެސް ތަފާތު އިންޒާރުތަކާ ގުޅިގެން ސިފައިން ބައެއް ފަހަރު ހަތިޔާރާއެކު އިންޑިއާ ހައި ކޮމިޝަން ކައިރީގައި މީގެ ކުރިން ފޯރިމަރާފައި ވެ އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ހައިކޮމިޝަން ގޮއްވާލަން ގޮވި މީހާއަށް ޓެރަރިޒަމް ދައުވާ
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
"އިންޑިއާ- ޗައިނާ ދޫކޮށްލައިގެން ދެކޮޅެއް ނުޖެއްސޭނެ"
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް