03 ޖެނުއަރީ 2025
ރާއްޖެއަކީ، އަވައްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާ އިން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ އެންމެ ސާފު މިސާލުގެ ގޮތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު މިއަދު ސިފަކުރައްވައިފި އެވެ.
ރާއްޖެއަކީ، އަވައްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާ އިން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ އެންމެ ސާފު މިސާލުގެ ގޮތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު މިއަދު ސިފަކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ހަލީލާ އެކު، މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ޖައިޝަންކަރު ވަނީ ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން މި ފަހުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކުރައްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި، އިންޑިއާ އިން ރާއްޖެ އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ ޓީ-ބިލްތަކަށް އަނބުރާ ފައިސާ ދެއްކުން ފަސްކުރުން އޭނާ ފާހަގަކުރެއްވި އެވެ.
އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރު ޑރ. ހަލީލާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
"ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފޯރުކޮށްދިން މި އެހީތެރިކަމުގެ ސަބަބުން، ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" ޖައިޝަންކަރު ވިދާޅުވި އެވެ.
"ރާއްޖެއާ އެކު އިންޑިއާ އަބަދުވެސް އޮންނާނެ ކަން ވަނީ ހާމަވެފައި. ރާއްޖެއަކީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ އެންމެ ސާފު މިސާލު."
ރަސްމީ މަޝްވަރާތަކަށް ފަހު، ދެ މިނިސްޓަރުން ވަނީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާނީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ އަތޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މިއީ މި އެއްބަސްވުމުގެ ތިންވަނަ ފޭސް އެވެ. މީގެ ކުރިން ވެސް މިފަދަ ދެ އެއްބަސްވުމެއްގެ ދަށުން އެކި ރަށްރަށުގައި އިންޑިއާ އިން މަޝްރޫއުތައް ހިންގާފައި ވެ އެވެ.
އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރު ޑރ. ހަލީލާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިންޑިއާގެ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ހިނގަމުން އަންނަ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިގުތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް އެ ހަލީލާއި ޖައިޝަންކަރު މަޝްވަރާ ކުރެއްވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު