28 ޑިސެމްބަރ 2020
އެމެރިކާ ފަހަތަށް ޖައްސާލައި 2028 ގައި ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދީ ބާރަށް ޗައިނާ ވާނެ ކަމަށް އަންދާޒާކޮށްފި އެވެ.
އެމެރިކާ ފަހަތަށް ޖައްސާލައި 2028 ގައި ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދީ ބާރަށް ޗައިނާ ވާނެ ކަމަށް އަންދާޒާކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ސެންޓަ ފޮ އިކޮނިމިކްސް އެންޑް ބިޒްނެސް ރިސާޗް (ސީއީބީއާރް) އިން ބުނީ ޗައިނާގެ އިގްތިސާދީ ދުވެލި މިހާރު ހުރި ހިސާބަށް ބަލާއިރު ކުރިން އަންދާކުރި ވަރަށް ވުރެ ފަސް އަހަރު ކުރިން ޗައިނާ އަށް އިގުތިސާދީ ބޮޑު ބާރުގެ ލަގަބު ލިބޭނެ އެވެ. އެތަނުން ފާހަގަކޮށްފައިވާ ކޮވިޑް-19ގެ ބޮޑު ބަލިކަމަކާ އެކު ވެސް އެންމެ އަވަހަށް އެ ބަލިމަޑުކަމުން އަރައިގަނެ، ގައުމު ހިންދެމިލައި އިގުތިސާދީ މަސައްކަތްތައް އެންމެ ހަލުވިކޮށް ކުރިއަށްދާ ގައުމަކީ ޗައިނާ އެވެ.
ސީއީބީއާރުން ބުނީ ޗައިނާ އަކީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔެ އަށް ނަމޫނާ މަސައްކަތެއް ކުރި އަދި މިހާރު ވެސް ކުރަމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމުގައި އޮތީ ވަރަށް "ސްކިލްފުލް" މެނޭޖްމަންޓެއް ކަމަށެވެ.
ސީއީބީއާރުން ބުނާ ގޮތުގައި 2030 އާ ހަމަށް އަންނައިރު އިގުތިސާދީ ތިން ވަނަ ބާރަކަށް ވާނީ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާ އެވެ. ދުނިޔޭގެ އިގުތިސާދުގެ ހުންގާނު ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުން ކޮންޓްރޯލްކުރުން ވެގެން ދާނީ އޭޝިއާގެ ގައުމުތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވެސް އަންނާނެ ކަމަކަށެވެ.
އެމެރިކާ އަށް އިގުތިސާދީ ބޮޑު ބާރުގެ މަގާމު ގެއްލުމުގެ ބިރު އޮތް އިރު މި އަހަރަކީ ވަރަށް ދުވަހުން ނޫނީ އަރައިނުގަނެވޭނެ ފަދަ އެތައް މައްސަލަތަކެއް އެ ގައުމަށް ކޮވިޑްގެ ސަބަބުން ކުރިމަތިވި އަހަރެކެވެ. ހާއްސަކޮށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަން މާބޮޑަށް ގޯސްވެ އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލިގެން ދިއުން ހިމެނެ އެވެ. މި މައްސަލަ އަކީ މިހާރު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ސީރިއަސް އެއް މައްސަލަ އެވެ.
ސީއީބީއާރް އިން ބުނީ ކޮވިޑް މެނޭޖްކުރުމުގައި އެމެރިކާ ފެއިލްވުމުގެ ނަތީޖާ އަކީ އެ ގައުމުގެ މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ސްޓިއުމިއުލަސް ވެސް ކޮންޓްރޯލުން ނެއްޓިގެން ދިއުމެވެ.
"ޔަގީނުން ވެސް ޗައިނާ ވަނީ ކޮވިޑް މެނޭޖްކުރުމުގެ ރޭހުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި. އެހެންވީމާ އެ ގައުމާ ވާދަކުރުމަކީ ކުރިއަށް އޮތް ތަނުގައި ވެސް އެމެރިކާ އަށް ފަސޭހަ ކަމަކަށް ނުވާނެ،" ރިޕޯޓްގައި ބުންޏެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި 2022-2024 ދޭތެރޭ އެމެރިކާގެ އިގްތިސާދު ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ނިސްބަތަކީ އަހަރަކަށް 1.9 ޕަސެންޓެވެ. އެކަމަކު އޭގެ ފަހުން އަނެއްކާ ވެސް އެ ގައުމަށް އިގްތިސާދަށް އިތުރު ގޮންޖެހުންތައް ކުރިމަތި ވާނެ އެވެ.
ސީއީބީއާރް އިން ލަފާކޮށްފައިވާ ގޮތުން 2025 އާ ހަމައަށް އަންނަންވާ އިރަށް ކޮންމެ އަހަރަކު ޗައިނާގެ އިގުތިސާދީ ދުވެލި އަހަރަކު 5.7 ޕަސެންޓަށް އިތުރުވަމުންދާނެ އެވެ. އަދި 2026-2030 އާ ހަމައަށް އަންނަ އިރު އެ ނިސްބަތް 4.5 ޕަސެންޓްގައި ހިފަހައްޓާނެ އެވެ.
ދެހާހުގެ ފަހުން ދުނިޔޭގެ އިގްތިސާދުގައި ޗައިނާ ހޯދި ކުރިއެރުންތަކަށް ބަލާއިރު ކުރިއެރުމުގެ ނިސްބަތް ވަނީ 3.6 ޕަސެންޓުން 17.8 ޕަސެންޓަށް އުފުލިފަ އެވެ. ސީއީބީއާރް އިން ބުނީ 2023 އާ ހަމައަށް އަންނަ އިރު ޗައިނާ ވާނީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ އިގްތިސާދަށެވެ.
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ޗައިނާ 2035 ގައި އެންމެ ބޮޑު އިގްތިސާދަށް ވާނެ
ބަންދުކުރި ކާބޯތަކެތި އެންމެ ރައްކާތެރީ ޔޫކޭގައި
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ހީރޯޝީމާ ސަމިޓް: ހުޅަނގާއި އިރުމަތީގެ ކޯޅުމެއް
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް