ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް އާދަޔާ ހިލާފަށް ބޮޑުކުރުމަށް ފަހު އެކަން ބަދަލު ނުކުރާނެ ކަމަށް ވިދާޅުވަމުން ގެންދިއުމަށް ފަހު އެ ނިންމުން ބަދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް އާދަޔާ ހިލާފަށް ބޮޑުކުރުމަށް ފަހު އެކަން ބަދަލު ނުކުރާނެ ކަމަށް ވިދާޅުވަމުން ގެންދިއުމަށް ފަހު އެ ނިންމުން ބަދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗައިނާގެ މުދަލުން 145 ޕަސެންޓުގައި ޓެރިފް ނަގަން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ޓްރަމްޕު ވިދާޅުވީ އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
"145 ޕަސެންޓަކީ ވަރަށް ބޮޑު އަދަދެއް. މި އަދަދު އެހާ ބޮޑެއް ނުވާނެ،" ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ޓްރަމްޕް ވިދާޅުވި އެވެ. "[ޓެރިފް] މި އަދަދާ ކައިރިކުރާ ހިސާބެއްގައި ވެސް ނުހުންނާނެ. މި އަދަދު ވަރަށް ބޮޑަށް ދަށްކުރާނެ. އެކަމަކު އެއީ ސުމަކަށް ނުވާނެ."
ޗައިނާގެ މުދަލުން ނަގާ ޓެރިފް ކުޑަކުރުމުގެ ވާހަކަ ޓްރަމްޕް މި ދެއްކެވީ މި ބޮޑު ޓެރިފްގެ ސަބަބުން ޗައިނާގެ މުދާ އެތެރެކުރުމާއި އެމެރިކާގެ މުދާ ޗައިނާއަށް އެކްސްޕޯޓްކުރުން "މަނާވެއްޖެ" ކަމަށް ވިދާޅުވެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ޖޭޕީ މޯގަން ޗޭޒް އިން ބޭއްވި ޕްރައިވެޓް އިންވެސްޓްމަންޓް ކޮންފަރެންސެއްގައި ބެސެންޓް ވަނީ ޗައިނާއާ އެކު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައަކީ ދެމެހެއްޓެނިވި ހަނގުރާމައެއް ނޫން ކަމަށާއި ވަރަށް އަވަހަށް އެ ހާލަތު ބަދަލުވެ ލުއިތައް ލިބޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޓެރިފް މައްސަލަ އާއި އިގްތިސާދީ ހަރުކަށި ނިންމުންތަކާ ގުޅިގެން ބެސެންޓާއި ޓްރަމްޕާ ދެމެދު ހިލާފުތައް ބޮޑުވެ ބެސެންޓް މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ކުރިން ޓްރަމްޕް ދެއްވި އެވެ. އެކަމަކު މިއަދު ޓްރަމްޕް ވަނީ މަޝްވަރާކޮށްގެން ޓެރިފްގެ މައްސަލަތައް ހައްލުކުރާނެ ކަމަށާއި ބޭނުންވާ ގޮތަށް ބެސެންޓް އެއްބަސް ނުވިޔަސް އޭނާ މަގާމުން ވަކިކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ގައުމުތަކުން އެތެރެކުރާ މުދަލަށް އެމެރިކާއިން ޓެރިފް ބޮޑުކުރުމާ އެކު ދުނިޔޭގެ އިގްތިސާދަށް ވަރުގަދަ ލޮޅުމެއް އެރި އެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ އާ ޓެރިފް ރޭޓަށް އަމަލުކުރުން 90 ދުވަހަށް ފަސްކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ވަނީ ޗައިނާގެ ބޮޑު ޓެރިފުން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފަ އެވެ.
ޗައިނާއިން ވެސް ވަނީ އެމެރިކާއަށް ރައްދު ދީ އެމެރިކާގެ މުދަލުން ޓެރިފް ބޮޑުކުރަމުން 125 ޕަސެންޓާ ހަމައަށް ބޮޑުކޮށްފަ އެވެ.
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް
އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި
އެމެރިކާގެ ކުންފުނިތައް ޗައިނާ އަށް ވިއްކުން ހުއްޓުވަނީ
ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭ ކަމެއް ނޭނގެ: ޓްރަމްޕު
ހާވާޑުން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި
ޓްރަމްޕް ހުވާކުރި ރަސްމިއްޔާތުން 239 މިލިއަން ލިބުނު
ހާވާޑަކީ ޖޯކެއް، މޮޅު ތަނެއް ނޫން: ޓްރަމްޕު
އެމެރިކާއާ ހެދި ރިސެޝަނަކަށް ހިނގައިދާނެ: ސިންގަޕޫރު
ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ