Roadha Mihaaru

އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި، އެކަމަކު ޗައިނާއަށް އިތުރަށް ބޮޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުތަކުގެ މުދަލުން ޓެރިފް ރޭޓް ބޮޑުކުރުމާ އެކު ފައްޓަވާފައިވާ ވިޔަފާރީގެ ހަނގުރާމާގައި ދޫ ނުދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދިއުމަށް ފަހު ގިނަ ގައުމުތަކަށް 90 ދުވަހަށް އެކަން ކުއްލި ގޮތަކަށް ފަސްކޮށްފި އެވެ.

އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުތަކުގެ މުދަލުން ޓެރިފް ރޭޓް ބޮޑުކުރުމާ އެކު ފައްޓަވާފައިވާ ވިޔަފާރީގެ ހަނގުރާމާގައި ދޫ ނުދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދިއުމަށް ފަހު ގިނަ ގައުމުތަކަށް 90 ދުވަހަށް އެކަން ކުއްލި ގޮތަކަށް ފަސްކޮށްފި އެވެ.

އެކަމަކު މި ނިންމުމާ އެކު ވެސް ޗައިނާގެ މުދަލުން 108 ޕަސެންޓުގައި ޓެރިފް ނަގަން ނިންމި ނިންމުން މިހާރު ވަނީ 125 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

ޓެރިފް ބޮޑުކުރުމުގެ ނިންމުން ފަސްކުރެއްވުމާ އެކު ވޯލް ސްޓްރީޓްގައި ވަނީ ނުތަނަވަސްކަން ކުޑަވެ ހިއްސާގެ އަގުތައް އުފުލިފަ އެވެ.

ޓްރަމްޕް ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ބޮޑު ޓެރިފް ނަގަން ފަށާ ގައުމުތަކަށް ކުރިން އޮތް ގޮތަށް އަމަލުކުރުމަށް 90 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 75 ގައުމަކުން ޓެރިފްގެ މައްސަލައިގައި މަޝްވަރާއަށް ބޭނުންވުމާއި އެ ގައުމުތަކުން ރައްދުގައި ފިޔަވަޅު ނޭޅުމަށް ނިންމާފައި ވާތީ ނިންމި ގޮތެކެވެ.

އެކަމަކު ފްލެޓް ރޭޓެއްގައި 10 ޕަސެންޓުން ޓެރިފް ނަގަން ނިންމާފައިވާ ގައުމުތަކާ މެދު އެގޮތަށް އަމަލުކުރަމުން ދާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވީ ޗައިނާއިން ދަނީ އެމެރިކާއިން "ފޭރެމުން" ކަމަށެވެ.

"ޗައިނާއިން ދުނިޔޭގެ މާކެޓަށް އެއްވެސް އިހުތިރާމެއް ނުކުރާކަން ދައްކާފައިވާތީ މި ވަގުތުން ފެށިގެން ޗައިނާގެ މުދަލުން 125 ޕަސެންޓުގެ ޓެރިފެއް ނަގަން ނިންމައި އެކަން އިއުލާނުކުރަން،" ޓްރަމްޕު ވިދާޅުވި އެވެ.

މި ނިންމުންތައް އައިސްފައިވަނީ ޗައިނާގެ މުދަލުން އެމެރިކާއިން 104 ޕަސެންޓުގައި ޓެރިފް ނަގަން ނިންމުމާއި އޭގެ ރައްދުގައި އެމެރިކާގެ މުދަލުން ޗައިނާއިން 84 ޕަސެންޓުގައި ޓެރިފް ނަގަން ނިންމިތާ ގަޑިއެއްހާއިރު ފަހުންނެވެ.

"ކޮންމެވެސް އިރަކުން ޗައިނާއަށް ވެސް، އެމެރިކާ އާއި އެހެން ގައުމުތަކުން ފޭރެމުން ދިއުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫންކަން ވިސްނޭނެ ކަމަށް އުންމީދުކުރަން،" ޓްރަމްޕު ވިދާޅުވި އެވެ.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ މި ނިންމުމަކީ ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަތުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޓްރަމްޕުގެ ސްޓްރެޓެޖީ ކަމަށާއި ޓްރަމްޕު ކުރެއްވި ކަމަށާއި ޗައިނާ ގޯސް ހާލަތަކަށް ވައްޓާލުން ކަމަށް ވެސް ބައެއް މީހުން ބުނެފާނެ ކަމަށެވެ.