އެމެރިކާއަށް އެތެރެކުރާ އެހެން ގައުމުތަކުގެ މުދަލުން އާދަޔާ ހިލާފް ބޮޑު ރޭޓްތަކުގައި ޓެރިފް ނަގަން ފެށުމާ އެކު ވިޔަފާރީގެ ހަނގުރާމައެއް ފެށި ހޫނުވެފައި ވަނިކޮށް ޓެރިފް ލިސްޓުން ސްމާޓްފޯނާއި ކޮމްޕިއުޓަރު އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފި އެވެ.
އެމެރިކާއަށް އެތެރެކުރާ އެހެން ގައުމުތަކުގެ މުދަލުން އާދަޔާ ހިލާފް ބޮޑު ރޭޓްތަކުގައި ޓެރިފް ނަގަން ފެށުމާ އެކު ވިޔަފާރީގެ ހަނގުރާމައެއް ފެށި ހޫނުވެފައި ވަނިކޮށް ޓެރިފް ލިސްޓުން ސްމާޓްފޯނާއި ކޮމްޕިއުޓަރު އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފި އެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަ ޕްރޮޓެކްޝަން އޮފީހުން ހުކުރު ދުވަހުގެ ރޭ ޝާއިއުކޮށްފައިވާ ނޯޓިސްގައި ހިމަނާފައިވާ މި ލުއިތަކުގެ ތެރޭގައި އެމެރިކާގެ 145 ޕަސެންޓުގައި ޓެރިފް ނަގަން ކަނޑައެޅި ޗައިނާއިން އެމެރިކާއަށް ގެންނަ ސްމާޓްފޯނާއި ކޮމްޕޯނެންޓްސް ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ.
ސެމިކޮންޑަކްޓަރު ވެސް ވަނީ އެމެރިކާގެ ވިޔަފާރީގެ އެތައް ބައިވެރިންނެއްހެ އަތުން ނަގާ "ބޭސްލައިން" 10 ޕަސެންޓުގެ ޓެރިފާއި ޗައިނާއަށް އިތުރުކުރި 125 ޕަސެންޓުގެ ޓެކްސްއިން ވެސް އުނިކޮށްފަ އެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި 10 ޕަސެންޓްގެ ބޮޑު ޓެކްސް އާއި، ޗައިނާއަށް އަދަބު ދޭން އެ ގައުމުގެ މުދަލާ ދެކޮޅަށް ބޮޑުކުރި ޓެކްސްގެ ނޭދެވޭ އަސަރުކުރާ މިންވަރު މި އިސްތިސްނާގެ ސަބަބުން ކުޑަވާނެ އެވެ.
ޓްރަމްޕް ޗައިނާއަށް އަމާޒުކުރައްވައި ޓެރިފް ރޭޓް އެހެން ގައުމުތަކާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑުކުރީ ވިޔަފާރީގައި ޗައިނާއިން އެމެރިކާއާ މެދު ބޭއިންސާފުން އަމަލުކުރާ ކަންކަމަށް ހައްލެއް ހޯއްދެވުމުގެ ނަމުގަ އެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްޗާ ޗައިނާގެ މުދަލުން 125 ޕަސެންޓުގައި އާ ޓެރިފެއް މިދިޔަ ހަފްތާގައި ވަނީ ނަގަން ފަށައިފަ އެވެ.
އެމެރިކާއަށް އެތެރެވާ ފެންޓަނިލްގެ ސަޕްލައި ޗެއިންގައި ޗައިނާގެ ދައުރެއް އޮތް ކަމަށް ތުހުމަތުކުރައްވައި ޓްރަމްޕް ވަނީ މީގެ ކުރިން އޮތް 20 ޕަސެންޓުގެ ޓެރިފް މަތިކުރައްވައިފަ އެވެ. ކުރީގެ ސަރުކާރުތަކުން ކަނޑައަޅައިގެން ނަގަމުން އަންނަ އެހެން ޓެރިފްތަކާ އެކު ޓްރަމްޕުގެ ޓެރިފުން ޗައިނާގެ މުދަލުން ނަގާ ޓެރިފް 145 ޕަސެންޓާ ހަމަޔަށް އަރައިފަ އެވެ.
އިސްތިސްނާ ލިސްޓުގައި އެމެރިކާއިން ހިމެނި ހާޑް ޑްރައިވާއި ކޮމްޕިއުޓާ ޕްރޮސެސަރު ފަދަ ގިނަ އުފެއްދުންތަކަކީ އާންމުގޮތެއްގައި އެމެރިކާގައި އުފައްދާ ތަކެއްޗެއް ނޫނެވެ.
ޓްރަމްޕް ތައާރަފްކުރެއްވި ޓެރިފްތަކަކީ އުފެއްދުންތެރިކަން އެމެރިކާއަށް އަނބުރާ ގެނައުމުގެ މަގެއް ކަމަށް ސިފަކުރައްވާފައި ވިޔަސް، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ބެލެވެ އެވެ.
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް
އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި
އެމެރިކާގެ ކުންފުނިތައް ޗައިނާ އަށް ވިއްކުން ހުއްޓުވަނީ
ހާވާޑަކީ ޖޯކެއް، މޮޅު ތަނެއް ނޫން: ޓްރަމްޕު
އެމެރިކާއާ ހެދި ރިސެޝަނަކަށް ހިނގައިދާނެ: ސިންގަޕޫރު
ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ހާވާޑަށް ޓެކްސްގެ ލުއި ވެސް އުވާލާނެ ކަމުގެ އިންޒާރު
ހާވާޑް ޔުނިވަސިޓީގެ 2 ބިލިއަނުގެ ބަޖެޓް ހިފަހައްޓައިފި
"ރަނގަޅަށް ފެންވަރަން" ޓްރަމްޕުގެ އަމުރެއް
ޗައިނާ-އެމެރިކާގެ ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވެއްޖެ