Roadha Mihaaru

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތުގައި އެކި މީހުން 239 މިލިއަން ޑޮލަރު ދިން

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ މަހު ހުވާކުރެއްވި ރަސްމިއްޔާތަށް، ރެކޯޑް އަދަދެއް ކަމަށްވާ 239 މިލިއަން ޑޮލަރު އެކި މީހުންގެ ފަރާތުން ލިބުނު ކަމަށް ފެޑެރަލް އިލެކްޝަން ކޮމިޝަން (އެފްއީސީ) އިން ބުނެފި އެވެ.

ޓްރަމްޕް ހުވާކުރި ރަސްމިއްޔާތުން 239 މިލިއަން ލިބުނު

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ މަހު ހުވާކުރެއްވި ރަސްމިއްޔާތަށް، ރެކޯޑް އަދަދެއް ކަމަށްވާ 239 މިލިއަން ޑޮލަރު އެކި މީހުންގެ ފަރާތުން ލިބުނު ކަމަށް ފެޑެރަލް އިލެކްޝަން ކޮމިޝަން (އެފްއީސީ) އިން ބުނެފި އެވެ.

ޓްރަމްޕާއި އޭނާގެ ނައިބު ހުވާކުރި ރަސްމިއްޔާތަށް އެތައް ސަތޭކަ ބަޔަކު ހަދިޔާ ދީފައި ވާއިރު އޭގެ ތެރޭގައި އެއާބީއެންބީ، މެކްޑޮނަލްޑްސް އަދި މައިކްރޮސޮފްޓް ފަދަ މަޝްހޫރު ކުންފުނިތައް ހިމެނެ އެވެ. އަދި ކޯޕަރޭޓް ކުންފުނިތައް ކަމަށްވާ އެމެޒޯން، މެޓަ އަދި ޖޭޕީ މޯގަން އިން ކޮންމެ ކުންފުންޏަކުން ވެސް މަދުވެގެން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ވެސް ވަނީ ޖެނުއަރީ 20 ވަނަ ދުވަހުގެ ރަސްމިއްޔާތަށް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

މި އަދަދަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް ވެރިކަމުގެ ފުރަތަމަ ދައުރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ލިބުނު ހަދިޔާގެ އަދަދު ކަމަށްވާ 107 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

އަދި މިއީ ފަހުގެ ރައީސުންގެ އެވްރެޖް އަދަދަށް ވުރެ މާ ބޮޑު އަދަދެކެވެ.ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން 2021 ވަނަ އަހަރު ހުވާކުރެއްވި އިރު ގާތްގަނޑަކަށް 61 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޓްރަމްޕަށް 239 މިލިއަން ޑޮލަރު ލިބުނު އިރު އިތުރު ހަ މިލިއަން ޑޮލަރެއް ވެސް ލިބިފައިވެ އެވެ. އެކަމަކު ޓްރަމްޕް ވަނީ އެ ހަދިޔާ އަނބުރާ ރައްދުކޮށްފަ އެވެ.

ރައީސުންގެ އިފްތިތާހީ ހަފްލާގައި ލިބޭ 200 ޑޮލަރު ނުވަތަ އެއަށްވުރެ އަގުބޮޑު ކޮންމެ ހަދިޔާއެއްގެ ތަފްސީލް ހާމަކުރަން ޖެހޭއިރު ގައުމުން ބޭރުގެ ފަރާތްތަކުން ދޭ ފައިސާ ގަބޫލުކުރުމަކީ މަނާ ކަމެކެވެ.

ޓްރަމްޕްގެ ރަސްމިއްޔާތަށް ގާތްގަނޑަކަށް 12 ވަރަކަށް ބިލިއަނަރުން ތިއްބެވި ވަޑައިގަތެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ ޖުމްލަ މިލްކިއްޔާތު ގާތްގަނޑަކަށް އެއް ޓްރިލިއަން ޑޮލަރަށް އަރަ އެވެ.