އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެން ފަހުން އޭނާއާ ދެކޮޅަށް މިހާތަނަށް މީހުން ނުނިކުންނަހާ ގިނައިން މީހުން ނުކުމެ ބޮޑެތި ސިޓީތަކުގެ މަގުތައް ފުރާލައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެން ފަހުން އޭނާއާ ދެކޮޅަށް މިހާތަނަށް މީހުން ނުނިކުންނަހާ ގިނައިން މީހުން ނުކުމެ ބޮޑެތި ސިޓީތަކުގެ މަގުތައް ފުރާލައިފި އެވެ.
ރިޕަބްލިކަން ޕާޓީގެ ރައީސްގެ ސިޔާސަތުތަކާ ދެކޮޅު މީހުން ވޮޝިންޓަން، ނިއުޔޯކް، ހިއުސްޓަން، ފްލޮރިޑާ، ކޮލޮރާޑޯ އަދި ލޮސް އެންޖެލިސް ފަދަ ތަންތަނުގައި ވަނީ މުޒާހަރާކޮށްފަ އެވެ.
ވޮޝިންޓަންގައި އެތައް ހާސް ބަޔަކު ނޭޝަނަލް މޯލްއަށް އެއްވެ ޓްރަމްޕުގެ "ފަނާކުރަނިވި ސިޔާސަތު" ތަކާ ދެކޮޅަށް އެތައް ބަޔަކު ވާހަކަ ދައްކާފައިވެ އެވެ.
ސުލްހަވެރިކަމާ އެކު ކުރަމުންދާ މުޒާހަރާތަކުގައި މީހުން ބުނަމުންދަނީ އެމެރިކާ މި ހުރިހާ ދުވަހަކުން ހޯދި ކުރިއެރުމާއި ޑިމޮކްރަސީގެ އަސާސްތައް ޓްރަމްޕު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުކޮށްފި ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ހޮނިހިރު ދުވަހު މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
މުޒާހަރާގެ ބައިވެރިންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި އެ މީސްމީހުންގެ ތުއްތު ދަރިން ވެސް ހިމެނެ އެވެ. މުޒާހަރާ އިންތިޒާމްކުރާ މީހުން ބުނި ގޮތުގައި މިއީ ވިއްސަކަށް ހާސް މީހުންގެ މުޒާހަރާއެކެވެ. ނަމަވެސް ދުވަސް ނިމުނު އިރު މި އަދަދު މާ މަތި ކަމަށް ބެލެވެ އެވެ.
ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެހެން ގައުމުތަކާ ދެކޮޅަށް ކުރައްވާ ކަންކަމާ އެކު މުޅި ދުނިޔޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މި ކަންކަމާ އެކު، ޓްރަމްޕްގެ އެޕްރޫވަލް ރޭޓިން ވަނީ މިހާތަނަށް ނުދާހާ ދަށަށް ގޮސްފައި ކަމަށް ޕޯލްތަކުން ދައްކަ އެވެ.
ނަމަވެސް ވައިޓް ހައުސް އިން ގެންދަނީ މިއީ ރައްޔިތުން އެދޭ ބަދަލުތައް ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
"އަހަރެންގެ ސިޔާސަތުތަކެއް ބަދަލެއް ނުވާނެ،" ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވި އެވެ.
ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭ ކަމެއް ނޭނގެ: ޓްރަމްޕު
"ރަނގަޅަށް ފެންވަރަން" ޓްރަމްޕުގެ އަމުރެއް
ޓިކްޓޮކް ގަންނާނެ ބަޔަކު ހޯދަން އިތުރު 75 ދުވަސް ދީފި
މަސްކަށް ތާއީދު ދެއްކުމަށް ޓްރަމްޕް ޓެސްލާއެއް ގަނެފި
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް
ހަރަދު ކުޑަނުކޮށްފިނަމަ އެމެރިކާ ބަނގުރޫޓުވާނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ