ސައޫދީ އަރަބިއްޔާއިން އެމެރިކާގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކުރަން ނިންމާފައިވާ ކަމަށާއި މީގެ އިތުރުން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން 142 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެސް ސައޫދީއާ އެކު ހަދާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ސައޫދީ އަރަބިއްޔާއިން އެމެރިކާގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކުރަން ނިންމާފައިވާ ކަމަށާއި މީގެ އިތުރުން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން 142 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެސް ސައޫދީއާ އެކު ހަދާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ވައިޓް ހައުސްއިން އަންގާރަ ދުވަހު ނެރުނު ފެކްޓް ޝީޓެއްގައި ބުނެފައި ވަނީ ހަކަތަ އާއި މިނަރަލް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުން ހިމެނޭ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މުޅި ތާރީހުގައި ވެސް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ހަދާ އެންމެ ބޮޑު އެއްބަސްވުން ކަމަށެވެ.
"މިއީ ދެ ގައުމަށް ވެސް ތާރީހީ އަދި އިންގިލާބީ އެއްބަސްވުންތަކެއް. އަދި މިއީ ސައޫދީ އަރަބިއްޔާ އާއި އެމެރިކާގެ ގުޅުންތަކުގެ ރަން ޒަމާން ގެނެސްދޭ އެއްބަސްވުންތަކެއް،" ފެކްޓްޝީޓްގައި ބުނެފައިވެ އެވެ.
ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންވެސްޓްމަންޓް ފޯރަމްގައި. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މެދުއިރުމައްޗަށް ފައްޓަވާފައިވާ ދަތުރުގައި ސައޫދީ އަށް ވަޑައިގެން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި މި އެއްބަސްވުންތަކުގެ ތަފްސީލް ހާމަކޮށްފައި ވާއިރު ޓްރަމްޕުގެ ދަތުރުތަކާ ދިމާކޮށް އާންމުން އަމާޒުވާ ފާޑުކިޔުންތައް މިފަހަރު ވެސް ވަނީ އަމާޒުވެފަ އެވެ.
އެންމެ ބޮޑަށް ދެކެވެނީ ބިލިއަނަރެއް ކަމަށްވާ ޓްރަމްޕް އޭނާގެ ވިޔަފާރި އިތުރަށް ވަރުގަދަ ކުރުމަށް މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާނެ ކަމުގެ ވާހަކަ އެވެ. މި އަޑު މިފަހަރު ގަދަވެފައި ވަނީ ގަތަރުން ޓްރަމްޕުގެ ބޭނުމަށް 400 މިލިއަން ޑޮލަރުގެ ލަގްޒަރީ ޖެޓެއް ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރުމާ އެކުގަ އެވެ.
ހަދިޔާ ގަބޫލުކުރުމަކީ އެމެރިކާގެ ރައީސުންނަށް ގާނޫނުއަސާސީން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮންނަ ކަމަކަށް ވިޔަސް ޓްރަމްޕު ވަނީ މިވަރުގެ އަގުބޮޑު ހަދިޔާއެއް ދޫކޮށްލާނީ މޮޔައެއް ކަމަށާއި އޭނާ އަކީ މޮޔައެއް ކަމަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕުޓިން އާއި ޓްރަމްޕު ސައޫދީގައި ބައްދަލުކުރައްވަނީ
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ބައިޑެން، ސައޫދީ ވަލީ އަހުދާ ބައްދަލެއް ނުކުރައްވާނެ
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ސައޫދީ ވަލީ އަހުދުގެ ބަހުގެ ހަމަލާތަކެއް ބައިޑެން އަށް
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި