22 ސެޕްޓެމްބަރ 2022
ސައޫދީ އަރަބިއްޔާ އާއި ތުރުކީ ވިލާތް މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން، އިއްޔެ ދެ ގައުމުން ހަނގުރާމައިގެ އަސީރުން ބަދަލުކޮށްފި އެވެ.
ސައޫދީ އަރަބިއްޔާ އާއި ތުރުކީ ވިލާތް މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން، އިއްޔެ ދެ ގައުމުން ހަނގުރާމައިގެ އަސީރުން ބަދަލުކޮށްފި އެވެ.
ހަނގުރާމައިގެ އަސީރުންގެ ތެރެއިން ރަޝިޔާ އާއި ޔޫކްރޭނުން މިނިވަންކުރި މީހުންގެ ތެރޭގައި، އިނގިރޭސި ވިލާތުގެ މީހުންނާއި އެމެރިކާ މީހުންގެ އިތުރުން މޮރޮކޯ މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޔޫކްރޭންގައި ހަނގުރާމަ ކުރަމުން ދަނިކޮށް ހައްޔަރުކޮށް، ކުލީ ސިފައިންގެ ގޮތުގައި ޔޫކްރޭނަށް އަރައި ހަނގުރާމަކުރުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައި ތިބި މީހުންނެވެ.
މި އެއްބަސްވުމުގެ ދަށުން ރަޝިޔާ އިން އިއްޔެ ވަނީ 215 މީހަކު ޔޫކްރޭނާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫކްރޭންގެ ދެކުނުގައި އޮންނަ މަރިއުޕޯލް ހިފުމަށް ހަނގުރާމައިގެ އެންމެ ކުރީކޮޅު ރަޝިޔާ ސިފައިން ދިން ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގައި، އިސްކޮށް ހަރަކާތްތެރިވި ޔޫކްރޭންގެ ފަސް ކޮމާންޑަރަކު ވެސް ހިމެނެ އެވެ.
އޭގެ ބަދަލުގައި ޔޫކްރޭނުން އިއްޔެ ރަޝިޔާއާ ހަވާލުކުރި 55 މީހުންގެ ތެރޭގައި ރަޝިޔާ ސިފައިންނާއި، ރަޝިޔާއަށް ތާއީދުކުރާ ޔޫކްރޭންގެ ހަނގުރާމަވެރިންނާއި، ޔޫކްރޭންގައި މަނާކޮށްފައިވާ، ރަޝިޔާ އަށް ތާއީދުކުރާ ސިޔާސީ ޕާޓީއެއްގެ އިސް ވެރިއެއް ކަމަށްވާ ވިކްޓާ މެޑްވެޑްޗަކް ވެސް ހިމެނެ އެވެ.
ޔޫކްރޭނާއި ރަޝިޔާގައި ތިބި ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއް ގާއިމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވީ ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.
މިނިވަންކުރި އަސީރުންގެ ތެރޭގައި ޔޫކްރޭނާއި ރަޝިޔާ އަށް ނިސްބަތްނުވާ 10 ބިދޭސީން ހިމެނެ އެވެ. އެއީ، ރަޝިޔާއާ ބައިވެރިވެގެން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަކުރަމުން ދަނިކޮށް، ޔޫކްރޭން ސިފައިން ހައްޔަރުކުރި، އިނގިރޭސި ވިލާތުގެ ފަސް މީހަކާއި، އެމެރިކާގެ ދެ މީހަކާއި، ކްރޮއޭޝިޔާ މީހަކާއި، މޮރޮކޯ މީހެއްގެ އިތުރުން ސްވިޑްން މީހެކެވެ. އެއްބަސްވުމުގެ ދަށުން މިނިވަންކުރި 10 ބިދޭސީން ވެސް މިހާރު ތިބީ ސައޫދީ އަރަބިއްޔާގަ އެވެ.
މީގެ އިތުރުން ރަޝިޔާ އިން ވެސް ވަނީ، ޔޫކްރޭން ސިފައިންނާ އެކުގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ އުޅެނިކޮށް ރަޝިޔާ ސިފައިން ހައްޔަރުކުރި، އެމެރިކާގެ ދެ ރައްޔިތަކު ވެސް މިނިވަންކޮށްފަ އެވެ.
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
ނޭޓޯ ފުޅާކުރުމަށް ތުރުކީ އެއްބަސްވެއްޖެ
ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވައްދަން ތުރުކީ ދެކޮޅު
އދ.ގެ ވެރިޔާ ރަޝިޔާ އާއި ޔޫކްރޭނަށް ވަޑައިގަންނަވަނީ
ޔޫކްރޭނާއި ރަޝިޔާގެ ވާހަކަތައް ތުރުކީގައި ފަށައިފި
ޔޫކްރޭންގެ ގޮވާން ބަނދަރަށް ރަޝިޔާ ހަމަލާ ދީފި
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ފިންލޭންޑަށް ރުހުން ދިނަސް ސްވިޑްންއަކަށް ނުދެވޭނެ