18 ޖުލައި 2022
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި އީރާންގެ ރައީސް އިބްރާހީމް ރައީސީ ބައިވެރިވެވަޑައިގަންނަވާ ތިން ގައުމުގެ މަހާސިންތާއެއް، އީރާންގެ ވެރިރަށް ތެހެރާންގައި މާދަމާ ފަށާނެ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި އީރާންގެ ރައީސް އިބްރާހީމް ރައީސީ ބައިވެރިވެވަޑައިގަންނަވާ ތިން ގައުމުގެ މަހާސިންތާއެއް، އީރާންގެ ވެރިރަށް ތެހެރާންގައި މާދަމާ ފަށާނެ އެވެ.
ތިން ރައީސުންގެ މި ފަހަރުގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ސީރިޔާގެ ދާޚިލީ ހަނގުރާމަ ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން، އަސްކަރީ ޚާއްސަ ހަރަކާތްތަކެއްގެ ނަމުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އާއި އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަ ވެސް، ތިން ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމެނޭނެ އެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެކި ގޮތްގޮތުން ބައިވެރިވާ މި ތިން ގައުމުގެ ވެރިން އީރާންގައި މި ބައްދަލުކުރައްވަނީ ސީރިޔާގެ އުތުރު ސަރަހައްދުގައި ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ނުފޫޒު އޮންނަ ސަރަހައްދުތަކަށް، ތުރުކީ ވިލާތުން ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގަ އެވެ. އަދި މިއީ ސީރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން 2019 ވަނަ އަހަރު ތުރުކީގެ އާސްތާނާގައި ބޭއްވި ބައްދަލުވުމަށް ފަހު، މި ތިން ބޭފުޅުން އެކުގައި ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ވެސްމެ އެވެ.
އީރާނުގެ ރައީސް އިބްރާހިމް ރައިސީ
ސީރިޔާގެ އުތުރު ސަރަހައްދަކީ، ސީރިއަން ޑިމޮކްރެޓިކް ފޯސްގެ ނަމުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ނުފޫޒު ވަރަށް ބޮޑު ސަރަހައްދެކެވެ. އަދި އެއީ ތުރުކީ ވިލާތުގެ އިރުދެކުނު ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކުރުދީ ދަރިކޮޅުގެ މީހުންނާ ވަރަށް ބޮޑަށް ގުޅުން އޮންނަ ޖަމާއަތެކެވެ.
ސީރިޔާގެ އުތުރު ސަރަހައްދުގައި އަސްކަރީ ޚާއްސަ ހަރަކާތްތަކެއް ފަށަން ގަސްދުކުރާކަން ތުރުކީ ވިލާތުން އިއުލާންކުރީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އެހެން ނަމަވެސް، އެ ސަރަހައްދަކީ ރަޝިޔާގެ ނުފޫޒު ވެސް ބޮޑު ސަރަހައްދަކަށް ވާތީ، އެ ސަރަހައްދުގައި އެފަދަ ހަރަކާތެއް ހިންގުމުގެ ކުރިން ރަޝިޔާގެ ވިސްނުން ހުރި ގޮތް ތުރުކީ ވިލާތުން ކަށަވަރު ކުރަން ބޭނުންވާނެ އެވެ.
ހުޅަނގުގެ ބައެއް މީޑިއާތައް ބުނާ ގޮތުން، ކުރުދީންގެ މައްސަލަ ހައްލުކުރަން އީރާނާއި ރަޝިޔާ ބޭނުންވަނީ އަސްކަރީ ގޮތުން ފިޔަވަޅެއް ނާޅައި، ސިޔާސީ ގޮތުން ވާހަކަ ދައްކައިގެންނެވެ.
އޭގެ އިތުރުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އީރާނަށް މި ވަޑައިގަންނަވަނީ، އީރާނުގައި އުފައްދާފައިވާ އެންމެ ޒަމާނީ އަސްކަރީ ޑްރޯންތައް ގަތުމާ ބެހޭ ގޮތުން އީރާންގެ އޮފިޝަލުންނާއި ރަޝިޔާގެ އޮފިޝަލުންނާ ދެމެދު މަޝްވަރާތަކެއް ކޮށްފައި ވަނިކޮށެވެ.
މިދިޔަ ހަފުތާގައި ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ރަޝިޔާގެ އަސްކަރީ ތަޖުރިބާކާރުންތަކެއް ދާދި ފަހުން އީރާނަށް ޒިޔާރަތްކޮށް، އީރާނުގައި އުފައްދާފައިވާ އަސްކަރީ ޑްރޯންތައް ބަލައި، އެ ތަކެތީގެ ގާބިލުކަން ވަނީ ދެނެގަނެފަ އެވެ. އޭގެ ތެރޭގައި މިސައިލާއި ރޮކެޓާއި ބޮން އުފުލުމުގެ ގާބިލުކަން ލިބިގެންވާ އަސްކަރީ ޑްރޯންތަކާއި، ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ޒާތުގެ ޑްރޯންތައް ވެސް ހިމެނެ އެވެ.
ރަޝިޔާ ވަފްދުގެ ބޭފުޅުން އީރާނަށް ވަޑައިގެން މައުލޫމާތު ހޯއްދަވައި ބެއްލެވި ކަމަށްވަނީ، އީރާންގައި އުފައްދާފައިވާ ޝާހިދު-191 އާއި ޝާހިދު-129 މަރުކާގެ އަސްކަރީ ޑްރޯންތަކެވެ. މިއީ ސެޓެލައިޓްގެ ޒަރީއާއިން، އޭގެ މިސްރާބާއި އަމާޒު ދެނެގަންނަ ޒާތުގެ މިސައިލް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯން އެވެ.
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބަޣާވާތުގެ ވެރިޔާ ހޯދަން ރަޝިޔާ މަސައްކަތް ފަށައިފި
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ހުޅަނގުގެ އުންމީދަކީ ރަޝިޔާ އިނދަޖެހުން: ޕުޓިން