07 ޖުލައި 2023
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގައި ރަޝިޔާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ކުލީ ސިފައިންގެ ޖަމާއަތް، ވަގްނާ ގުރޫޕުގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން ފަށައިފި އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގައި ރަޝިޔާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ކުލީ ސިފައިންގެ ޖަމާއަތް، ވަގްނާ ގުރޫޕުގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން ފަށައިފި އެވެ.
ރަޝިޔާ ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ، މިދިޔަ މަހުގެ ތެރޭގައި ރަޝިޔާ ސަރުކާރާ ދެކޮޅަށް އަސްކަރީ ބަޣާވާތެއް ގެންނަން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ސަރުކާރުން ނިންމުމުންނެވެ. ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިން، ޖޫން 23، 2023 ގައި ބަރު ހަތިޔާރާ އެކު ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް އަރައި ސަރުކާރުގެ މުހިންމު އިދާރާތައް ހިފަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން، ޖެހިގެން އައި ދުވަހު އެ ހަނގުރާމަވެރިން ވަނީ މޮސްކޯ އިން ފައިބައިގެން ގޮސްފަ އެވެ.
ވަގްނާ ގުރޫޕުން އިއުލާންކުރި ބަޣާވާތް، މާ ބޮޑު ހަމަނުޖެހުމަކަށް ބަދަލު ނުވެ ނިމުމަކަށް އައީ، ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ މެދުވެރިވެވަޑައިގެން ކުރެއްވި މަސައްކަތުންނެވެ. ޖޫން 24، 2023 ގައި ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިން މޮސްކޯ އިން ފައިބައިގެން ދިޔަ ފަހުން، ޔެވްގެނީގެ އެއްވެސް ޚަބަރެއް ނުވެ އެވެ.
ބަޣާވާތް ނިންމައިލުމަށް ފަހު ޔެވްގެނީ ފިލައިގެން ދިޔައީ ބެލަރޫސް އަށް ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް ބެލަރޫސްގެ ރައީސް ލުކަޝެންކޯ މިއަދު ވިދާޅުވި ގޮތުގައި ޔެވްގެނީ މިހާރު އެ ގައުމަކު ނެތެވެ. އަދި ޔެވްގެނީ މިހާރު ހުރި ކަމަށް ލަފާކުރެވެނީ ރަޝިޔާގައި އޭނާ ދިރިއުޅޭ ސެންޓް ޕީޓަސްބާގްގައި ކަމަށް ވެސް ލުކަޝެންކޯ ވިދާޅުވި އެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޔެވްގެނީ ދަތުރު ކުރުމަށް ބޭނުންކުރާ އޭނާގެ އަމިއްލަ ޖެޓް، މިދިޔަ ޖޫން މަހުގެ ފަހުކޮޅުގެ ދުވަހެއްގައި ރަޝިޔާ އިން ބެލަރޫސް އަށް ދިޔަ އެވެ. އަދި ހަމަ އެ ދުވަހު އެނބުރި ރަޝިޔާ އަށް އެ ޖެޓް އައެވެ. އަދި އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި ސެންޓް ޕީޓަސްބާގް އާއި މޮސްކޯއާ ދެމެދު އެ ޖެޓް އެތައް ދަތުރެއް ކޮށްފި އެވެ.
ޔެވްގެނީ ހޯދުމަށް ރަޝިޔާ ފުލުހުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސެންޓް ޕީޓަސްބާގްގައި އޭނާ ދިރިއުޅޭ ގެ އަށް ރަޝިޔާ ފުލުހުން މިއަދު ވަދެ ބަލައި ފާސްކުރި އެވެ. އެ ގޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި، ގިނަ އަދަދެއްގެ ފައިސާ އާއި ހަތިޔާރާއި ބޮލުގައި ޖަހަން ގެންގުޅޭ އިސްތަށިގަނޑުތަކެއް ހިމެނެ އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު، ރަޝިޔާގެ ގައުމީ ޓީވީން މިހާރު ވަނީ ޔެވްގެނީއާ ދެކޮޅު ކެމްޕޭނެއް ފަށައިފަ އެވެ. އެ ގޮތުން ޔެވްގެނީ މީގެ ކުރިން ހިންގާފައިވާ ތަފާތު ޖިނާއީ ޖަރީމާތަކުގެ ތަފްސީލުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ވިޑިއޯ ރިޕޯޓްތަކެއް ޓީވީން ދައްކަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެފައިވާ ގޮތުގައި، ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިން ވެރިކަން ބަދަލުކޮށްލުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން މޮސްކޯގައި ދިން ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ ތިން ޕައިލެޓަކު މަރުވި އެވެ. އަދި ބައެއް މަތިންދާބޯޓު ވެސް ހަލާކުވި އެވެ.
އެހެން ނަމަވެސް، އިތުރު ހަމަނުޖެހުންތަކެއް ނުހިންގައި ބަޣާވާތް ނިމުމަކަށް ގެނައުމަށް، ބެލަރޫސް މެދުވެރިވެގެން ކުރި މަސައްކަތުގެ ތެރެއިން، ރައީސް ޕުޓިން ވަނީ ޔެވްގެނީ އަށް ރައްކާތެރިކަން ދިނުމަށް ވައުދުވެވަޑައިގެންފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ