06 ޖޫން 2022
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާގެ މިސައިލް ދީފިއްޔާ، ޔޫކްރޭންގެ އިތުރު އަމާޒުތަކަށް ހަމަލާ ދޭނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެމެރިކާ އަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާގެ މިސައިލް ދީފިއްޔާ، ޔޫކްރޭންގެ އިތުރު އަމާޒުތަކަށް ހަމަލާ ދޭނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެމެރިކާ އަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
ރަޝިޔާގެ ރަސްމީ ޓީވީ ޗެނަލެއް ކަމަށްވާ ރޮސިޔާ-1 އަށް ދެއްވި އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވީ ޔޫކްރޭނަށް އެމެރިކާ އިން އިތުރު ހަތިޔާރު ދިނުމުގެ އަމާޒަކީ، ވީހާ ދިގު މުއްދަތަކަށް ހަނގުރާމަ ދިގު ދެންމުން ކަމަށެވެ. ދުރު ރާސްތާގެ މިސައިލް ޔޫކްރޭނަށް ދޭން ފަށައިފިއްޔާ، އެކަމާ އެންމެ އެކަށޭނަ ގޮތަކަށް ރަޝިޔާ އިން ޖަވާބުދާރީވާނެ ކަމަށް ވެސް ރައީސް ޕުޓިން ވިދާޅުވި އެވެ.
އެ ގޮތުން، މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރިއަށް ގެންދާ އަސްކަރީ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި މިހާތަނަށް ހަމަލާ ނުދީ ހުރި ކިތަންމެ ތަނަކަށް، ރަޝިޔާ ސިފައިން ހަމަލާ ދޭން ފަށާނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ. އަދި އެފަދަ ތަންތަނަށް ހަމަލާ ދިނުމަށްޓަކައި، އެކަށީގެންވާ އަދަދަކަށް ފެންވަރު ރަނގަޅު ހަތިޔާރު ރަޝިޔާގައި އެބަހުރި ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުގެ ތެރޭގައި ހިމެނޭ، އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް)
ޕުޓިން ވިދާޅުވި ގޮތުގައި އެމެރިކާ އިން މިހާރު ޔޫކްރޭނަށް ފޮނުވަން ނިންމާފައިވާ ރޮކެޓް ނިޒާމުތަކުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ އެވެ. ސަބަބެއް ކަމަށް ޕުޓިން ވިދާޅުވީ، އެ ނިޒާމުތަކުގައި ބޭނުންކުރާ މިސައިލާ އެއް ރާސްތާއަކަށް ދަތުރުކުރެވޭ މިސައިލްތަކާއި ރޮކެޓްތައް މިހާރު ވެސް ޔޫކްރޭންގައި ހުރުމެވެ.
އެފަދަ މިސައިލާއި ރޮކެޓް ޔޫކްރޭންގައި މީގެ ކުރިން ވެސް ބޭނުންކުރަމުން އަންނަ އިރު، ހަމަ އެ ރާސްތާގެ މިސައިލްތަކެއް ޔޫކްރޭނަށް ދިނުމުން އެނގެނީ، އެފަދަ މިސައިލްތައް ބޭނުންކޮށްގެން ޔޫކްރޭނަށް އެއްވެސް ކާމިޔާބެއް ނުލިބޭ ކަމެވެ.
ދުރު ރާސްތާގެ މިސައިލްތަކެއް ޔޫކްރޭނަށް ދޭން ނިންމިކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް) މަރުކާގެ ދުރު ރާސްތާ މިސައިލް ޔޫކްރޭނަށް ފޮނުވަން އެމެރިކާ އިން ނިންމުމާ ގުޅިގެން، ރަޝިޔާ އިން ބުނީ އެމެރިކާގެ އެ ނިންމުމަކީ އަނދަމުންދާ އަލިފާންގަނޑުގެ ތެރެއަށް އިތުރަށް ދަރު އެޅުން ކަމަށެވެ.
ޔޫކްރޭނުން ބުނި ގޮތުގައި ކެސްޕިއަން ކަނޑު ތެރޭގައި ހަރަކާތްތެރިވާ ރަޝިޔާގެ މަނަވަރުތަކުން އިއްޔެ ވަނީ ޔޫކްރޭނަށް އަމާޒުކޮށް ފަސް ކްރޫޒް މިސައިލް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން އެއް މިސައިލް ވަނީ، ޔޫކްރޭންގެ ވައިގެ ދިފާއީ ލަޝްކަރުން ހަމަލާ ދީ ވައްޓާލައިފަ އެވެ. އަނެއް ހަތަރު މިސައިލް އެރީ ވެރިރަށް ކިޔޭވްގެ އިރުއުތުރު ސަރަހައްދުގެ އަމާޒުތަކަކަށެވެ.
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ
ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ
އަޑަށް ވުރެ ބާރު މިސައިލުން ޔޫކްރޭނަށް ހަމަލާދީފި