31 މެއި 2022
ޔޫކްރޭންގެ ތެރެއިން އުދުއްސާލައިގެން ރަޝިޔާގެ އެތެރެއަށް ހަމަލާ ދެވޭ ވަރުގެ ދުރު ރާސްތާ މިސައިލް ޔޫކްރޭނަށް ނުފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ޔޫކްރޭންގެ ތެރެއިން އުދުއްސާލައިގެން ރަޝިޔާގެ އެތެރެއަށް ހަމަލާ ދެވޭ ވަރުގެ ދުރު ރާސްތާ މިސައިލް ޔޫކްރޭނަށް ނުފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ބައިޑެން އެކަން ކަށަވަރުކޮށްދެއްވީ ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ ހަނގުރާމަ އަށް އެހީވުމުގެ ގޮތުން، ދުރު ރާސްތާގެ ޒަމާނީ ހަތިޔާރު އެމެރިކާ އިން ޔޫކްރޭނަށް ފޮނުވަން ތައްޔާރުވެފައިވާ ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެންނެވެ.
"ރަޝިޔާއާ ހަމައަށް ފޯރާ ވަރުގެ ރޮކެޓް ނިޒާމުތަކެއް، އަހަރެމެން ޔޫކްރޭނަކަށް ނުފޮނުވާނަން،" ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސް ބައިޑެން ވިދާޅުވި އެވެ.
ބައިޑެން މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޔޫކްރޭނުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި އެދެމުން ދަނީ، ހުޅަނގުގެ ގައުމުތަކުގައި ބޭނުންކުރާ "މަލްޓިޕަލް ލޯންޗް ރޮކެޓް ސިސްޓަމް" (އެމްއެލްއާރްއެސް)ތަކެއް ޔޫކްރޭނަށް ދިނުމަށެވެ. މިއީ އެތައް ސަތޭކަ މޭލެއްގެ ދުރަށް، އެއްފަހަރާ ގިނަ އަދަދެއްގެ ރޮކެޓް ފޮނުވައިލެވޭ ނިޒާމެކެވެ.
ނަމަވެސް އެމެރިކާ އިން ޔޫކްރޭނަށް ނުދޭނެ ކަމަށް ބައިޑެން އެ ވިދާޅުވީ، މި ބާވަތުގެ ރޮކެޓް ނިޒާމުތަކެއް ކަމެއް ނުވަތަ އެމެރިކާގައި އުފައްދާފައިވާ އެހެން ބާވަތެއްގެ ރޮކެޓް ނިޒާމުތަކެއް ކަމެއް ޔަގީނެއް ނުވެ އެވެ.
ސީއެންއެން އާއި ދަ ވޮޝިންޓަން ޕޯސްޓު ނޫހުން މިދިޔަ ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި އެމްއެލްއާރްއެސް އާއި ހަމަ އެ ޒާތުގެ އެހެން މިސައިލް ނިޒާމެއް ކަމަށްވާ ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (އެޗްއައިއެމްއާރްއެސް)ތަކެއް ޔޫކްރޭނަށް ދިނުމަށް އެމެރިކާ އިން ދަނީ ވިސްނަމުންނެވެ. އެ ދެ ބާވަތުގެ މިސައިލް ނިޒާމުތައް ޔޫކްރޭނަށް ފޮނުވާނެ ކަމަށް، އެ ދެ ނޫހުން ބުނެފައިވަނީ، އެމެރިކާ އިން ޔޫކްރޭނަށް ފޮނުވުމަށް މިހާރު ތައްޔާރުކުރަމުންދާ އަސްކަރީ ޝިޕްމެންޓްގެ ތެރޭގަ އެވެ.
ޔޫކްރޭނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ފެށި ހަނގުރާމަ ހަތަރު ވަނަ މަހަށް އަޅާފައިވާ އިރު، ޔޫކްރޭނުން ހުޅަނގުގެ ގައުމުތަކަށް ގޮވައިލަމުން ދަނީ، މިހާރު ދީފައި ހުރި މިސައިލްތަކަށް ވުރެ ދުރަށް ފޮނުވައިލެވޭ ޒާތުގެ މިސައިލް ދިނުމަށެވެ. އެފަދަ ހަތިޔާރު ލިބިއްޖެ ނަމަ، ހަނގުރާމައިގެ އޮއިވަރު ބަދަލުކޮށްލެވޭނެ ކަމަށް ޔޫކްރޭނުން ބުނެ އެވެ.
ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން، އެމެރިކާ އިން ވަނީ، މަތިންދާބޯޓަށް ހަމަލާ ދޭ ސްޓިންގާ މިސައިލާއި ޓޭންކަށް ހަމަލާ ދޭ ޖެވެލިން މިސައިލް ގިނަ އަދަދަކަށް ޔޫކްރޭނަށް ފޮނުވައިފަ އެވެ. އޭގެ އިތުރުން ފަހުގެ ޑްރޯންތަކާއި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާ އެހެން ސާމާނުވެސް ގިނަ އަދަދަކަށް ޔޫކްރޭނަށް ދީފި އެވެ.
ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ދޭ މައްސަލައިގައި، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް މިދިޔަ ހަފުތާގައި ވިދާޅުވީ ރަޝިޔާގެ އެތެރެއަށް ހަމަލާ ދެވޭ ވަރުގެ ހަތިޔާރު ޔޫކްރޭނަށް ދޭ ނަމަ، ލަފާކޮށްލަން ވެސް ނޭނގޭ ފަދަ ނުބައި ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ
ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް