01 ޖޫން 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތަކުން ގައުމު ދިފާއުކުރުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން، ދުރު ރާސްތާގެ މިސައިލް ޔޫކްރޭނަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތަކުން ގައުމު ދިފާއުކުރުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން، ދުރު ރާސްތާގެ މިސައިލް ޔޫކްރޭނަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ބައިޑެން އެކަން ކަށަވަރު މިކޮށްދެއްވީ، ރަޝިޔާ އަށް ހަމަލާ ދެވޭ ވަރުގެ އެއްވެސް ރޮކެޓެއް ނުވަތަ މިސައިލެއް ވިޔަސް އެމެރިކާ އިން ޔޫކްރޭނަށް ނުދޭނެ ކަމަށް ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އެމެރިކާގެ ދުވަހު ނޫސް، ނިއު ޔޯކް ޓައިމްސްގައި ލިޔުއްވި ލިޔުއްވުމެއްގައި ބައިޑެން ވިދާޅުވީ އެފަދަ ހަތިޔާރު ޔޫކްރޭނަށް ދޭނީ، ސަރަހައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ އެއްވެސް އަމާޒަކަށް ހަމަލާ ނުދިނުމަށް ޝަރުތުކޮށްފަ އެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމެރިކާ އިން ޔޫކްރޭނަށް ފޮނުވަން ރައީސް ބައިޑެން ނިންމެވި އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތަކުގެ ތެރޭގައި، އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް) ހިމެނެ އެވެ. މި މިސައިލް ނިޒާމުތައް ބޭނުންކުރާނީ، ޔޫކްރޭންގެ އިމުގެ ތެރޭގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންނަށް ހަމަލާ ދިނުމަށް އެކަނި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އެމެރިކާގައި އުފައްދާފައިވާ އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް)، އަސްކަރީ ތަމްރީންތަކެއްގައި ބޭނުންކުރަނީ
"ޔޫކްރޭނަށް ޒަމާނީ ހަތިޔާރުތައް ފޯރުކޮށްދިނުމުގައި އަހަރެމެން ދެމިތިބޭނަން. އޭގެ ތެރޭގައި ޓޭންކަށް ހަމަލާ ދޭ ޖެވެލިން މިސައިލާއި، މަތިންދާބޯޓަށް ހަމަލާ ދޭ ސްޓިންގާ މިސައިލާއި ބާރުގަދަ ބޮޑުބަޑި އާއި ފަހުގެ ރޮކެޓް ނިޒާމުތަކާއި ރާޑަރާއި ޑްރޯންގެ އިތުރުން އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރާއި އޭގައި ބޭނުންކުރާނެ ވަޒަން ހިމެނޭނެ،" ރައީސް ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވީ އަމިއްލަ މިނިވަންކަމުގެ ދިފާއުގައި ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިން ނަމަވެސް، ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ވަންނަން އެމެރިކާ ބޭނުންނުވާ ކަމަށެވެ.
"ނޭޓޯ އާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ހިނގާކަށް އަހަރެމެން ބޭނުމެއް ނޫން. ރައީސް ޕޫޓިންއާ ކިތަންމެ ވަރަކަށް އަހަރެން ދެބަސްވިޔަސް، އަދި އޭނާގެ އަމަލުތަކަކީ ކިތަންމެ ހުތުރުކަން ބޮޑު އަމަލުތަކެއް ކަމަށް ވިޔަސް، އޭނާ ވެރިކަމުން ދުރު ކުރުމަށް އެމެރިކާ އިން އެއްވެސް ކަމެއް ނުކުރާނެ. އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ހަމަލާއެއް ނުދޭހާ ހިނދަކު، ޔޫކްރޭންގައި ހަނގުރާމަ ކުރުމަށް އެމެރިކާ ސިފައިން ފޮނުވައިގެން ކަމަށް ވިޔަސް، ނުވަތަ ރަޝިޔާގެ ލަޝްކަރުތަކަށް ހަމަލާ ދީގެން ކަމަށް ވިޔަސް، މި ހަނގުރާމައިގައި އަހަރެމެން ސީދާ ގޮތުން ބައިވެރިއެއް ނުވާނަން."
އޭނާ ވިދާޅުވި ގޮތުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް ހަމަލާ ދިނުމަށް އެމެރިކާ އިން ޔޫކްރޭނަށް ހިތްވަރެއް ނުދެ އެވެ. އަދި އެކަމުގެ ގާބިލުކަން ޔޫކްރޭނަށް ހޯދައިދޭން ވެސް އެމެރިކާ އިން މަސައްކަތެއް ނުކުރާނެ އެވެ. ރަޝިޔާ އަށް ގެއްލުން ދިނުމުގެ ނިޔަތުގައި، މި ހަނގުރާމަ ދިގު ދަންމަން އެމެރިކާ ބޭނުން ނުވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ޔޫކްރޭނާއި ރަޝިޔާއާ ދެމެދު ފެށި މަޝްވަރާތައް ހުއްޓިފައި އޮތުމުން ބައިޑެން ވިދާޅުވީ އެކަމުގެ ސަބަބަކަށްވީ ރަޝިޔާގެ ސިޔާސަތު ކަމަށެވެ. ސުލްހައިގެ ވާހަކަތައް ހުއްޓުނީ ޔޫކްރޭނުން އެކަމަށް ފުރަގަސް ދިނުމުން ނޫން ކަމަށާއި، ވާހަކަތައް ހުއްޓުނީ ޔޫކްރޭންގެ ބިމުން ވީހާ ބޮޑު ސަރަހައްދެއް ހިފުމުގެ ބޭނުމުގައި ރަޝިޔާ އިން ހަނގުރާމަ ފުޅާ ކުރުމުން ކަމަށް ބައިޑެން ވިދާޅުވި އެވެ.
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ