22 ފެބުރުއަރީ 2023
ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައިގައި ރަޝިޔާ އަށް ދުވަހަކު ވެސް ކާމިޔާބު ނުލިބޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައިގައި ރަޝިޔާ އަށް ދުވަހަކު ވެސް ކާމިޔާބު ނުލިބޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕޮލެންޑްގެ ވެރިރަށް ވާސޯގައި ހުންނަ އެ ގައުމުގެ ޝާހީ ކިއްލާގެ ބަގީޗާގައި ވާހަކަ ދައްކަވަމުން ރައީސް ބައިޑެން ވިދާޅުވީ ޔޫކްރޭން ހަނގުރާމަ ދެ ވަނަ އަހަރަކަށް ދެމިގެން ދާއިރު، ޔޫކްރޭނަށް އެހީތެރިވުމުގެ ކަންކަމުގައި ނޭޓޯ އެއް ގޮތެއްގައި ދެމިނޯންނާނެ ކަމަށް ޕުޓިން އަށް ހީފުޅު ކުރެއްވޭ ކަމަށެވެ.
"ރައީސް ޕުޓިން މިހާރުވެސް އެބަ ޝައްކު ކުރައްވާ، އެކަތިގަނޑެއްގެ ގޮތުގައި ނޭޓޯ ދެމިއޮންނާނެ ކަމާ މެދު. ނަމަވެސް އެކަމުގައި އެއްވެސް ޝައްކެއް ނެތް. އަހަރެމެން ޔޫކްރޭނަށް މި ކުރާ ތާއީދަށް ފަނޑުވުމެއް ނެތް. ނޭޓޯ ބައިބައެއް ނުވާނެ، އަހަރެމެން ވަރުބައްޔެއް ވެސް ނުވާނެ،" ބައިޑެން ވިދާޅުވި އެވެ.
When Putin rolled tanks into Ukraine, he thought the world would roll over.
— President Biden (@POTUS) February 21, 2023
But he was wrong: The Ukrainian people were too brave. America and our Allies were too unified.
Democracy was too strong. pic.twitter.com/3RQPXFN1Xb
ރައީސް ބައިޑެން ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދާ ހަނގުރާމައިގައި ކުރިއަށް އޮތީ ވަރަށް ވަރުގަދަ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ކުރިއަށް އޮތް ހަނގުރަމައާ ކުރިމަތިލުމުގައި ޔޫކްރޭން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
"ރައީސް ޕުޓިންގެ ކިބައިގައި އެ ހުރި، ބިމާއި ބާރު ހޯދުމުގެ ދަހިވެތިކަން ދުވަހަކު ވެސް ހާސިލެއް ނުވާނެ. ނަމަވެސް ޔޫކްރޭން ރައްޔިތުންގެ ހިތްތަކުގައި އެމީހުންގެ ގައުމާ މެދު އޮތް ލޯބި ދާނީ ކުރިއަރަމުން. ޔޫކްރޭނަކީ ރަޝިޔާ އަށް ލިބޭ ނަސްރަކަށް ދުވަހަކު ވެސް ނުވާނެ،" ރައީސް ބައިޑެން ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. ޔޫކްރޭން ހަނގުރާމަ އަށް މިއަންނަ ހުކުރު ދުވަހު އެއް އަހަރު ފުރޭއިރު، މިދިޔަ ހޯމަ ދުވަހު ރައީސް ބައިޑެން ވަނީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، ފެބްރުއަރީ 24، 2022ގަ އެވެ. މި އަންނަ ހުކުރު ދުވަހު އެ ހަނގުރާމަ އަށް އެއް އަހަރު ފުރޭއިރު، ހަނގުރާމަ ހުއްޓައިލަން އުޅޭ ކަމުގެ އެއްވެސް އަލާމާތެއް، ރަޝިޔާ އިން ވެސް އަދި ޔޫކްރޭނުން ވެސް ނުފެނެ އެވެ.
ޔޫކްރޭން ބަލިކޮށް މި ހަނގުރާމަ ކާމިޔާބު ކުރުމަށް ރަޝިޔާ އިން ހަމަލާތައް ވަރުގަދަ ކުރަމުންދާ އިރު، ޔޫކްރޭނަށް ހަނގުރާމަ ކާމިޔާބު ކޮށްދިނުމަށްޓަކައި، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދަނީ ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. ރަޝިޔާ ސިފައިންގެ ހަމަލާތަކުން ދިފާއުވުމަށާއި ރަޝިޔާ ސިފައިންގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި ޔޫކްރޭން ސިފައިން މިހާރު ބޭނުންކުރަނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދީފައިވާ ޒަމާނީ މިސައިލްތަކާއި ބޮޑުބަޑި އާއި ޓޭންކު ފަދަ ބަރު ހަތިޔާރުތަކެވެ.
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން