24 މެއި 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ބައިނަލްއަގުވާމީ މުޖްތަމައު މިހާރު އޮތީ ވަރަށް ބޮޑު ބަނަކަމެއްގެ ތެރޭގައި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ބައިނަލްއަގުވާމީ މުޖްތަމައު މިހާރު އޮތީ ވަރަށް ބޮޑު ބަނަކަމެއްގެ ތެރޭގައި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވިދާޅުވެއްޖެ އެވެ.
ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށް ދާ ކުއަޑް (ޖަޕާން، އޮސްޓްރޭލިޔާ، އެމެރިކާ، އިންޑިއާ)ގެ މަހާސިންތާގައި ވާހަކަ ދައްކަވަމުން، ރައީސް ބައިޑެން ވިދާޅުވި ގޮތުގައި ހަނގުރާމައަކީ މިހާރު ބައިނަލްއަގުވާމީ މައްސަލައަކަށް ވެއްޖެ އެވެ. އަދި ބައިނަލްއަގުވާމީ އާންމު ނިޒާމު ދިފާއުކުރުމުގެ މުހިންމުކަން މިހާރު ކަށަވަރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި ގޮތުގައި، ކުއަޑްގެ ބައްދަލުވުމަކީ، ޑިމޮކްރެސީ އާއި ޚުދުމުޚުތާރު ވެރިކަމުގެ ކުރިމަތިލުމާ ބެހޭ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. އަދި އެ ކުރިމަތިލުން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ޔޫކްރޭންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެ ގައުމުން ބޭރު ކުރުމަށް ރަޝިޔާ އިން ހުރަސް އަޅާފައިވާތީ، ބައިނަލްއަގުވާމީ މުޖްތަމައުގައި ކާބޯތަކެތި ދައުރުކުރުމަށް ބުރޫ އަރަމުންދާ ކަމަށް ބައިޑެން ވިދާޅުވި އެވެ. އޭގެ ސަބަބުން މުޅި ދުނިޔެއަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ދާ ކުއަޑް (ޖަޕާން، އެމެރިކާ، އިންޑިއާ، އޮސްޓްރޭލިޔާ)ގެ ވެރިންގެ މަހާސިންތާގައި، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ، މެއި 24، 2022 ގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ
ބައިނަލްއަގުވާމީ އާންމު ނިޒާމާއި ގައުމުތަކުގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ވެފައިވާ ވައުދު ފުއްދުމުގައި އެމެރިކާ އާއި ބައިވެރިން ދެމިތިބޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އެ ބަޔަކު ދުނިޔޭގެ އާންމު ނިޒާމާއި ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަނީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކަމަށް ވިޔަސް، އެމެރިކާ އާއި ބައިވެރިން ފަސް ނުޖެހޭނެ ކަމަށާއި، އިންޑިޔާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ބާރުގަދަ އަދި މުހިންމު ބައިވެރިއެއްގެ ގޮތުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ކުއަޑްގެ ގައުމުތަކުގެ ތެރެއިން އިންޑިއާ ފިޔަވައި އަނެއް ތިން ގައުމުން ވެސް ގެންދަނީ ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހަދަމުންނެވެ. އަދި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވެސް ބައިވެރިވަމުންނެވެ.
އޭގެ ބަދަލުގައި އިންޑިޔާ އިން ރަޝިޔާއާ އެކުގައި މިހާރު ވެސް ގެންދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން، ރަޝިޔާއާ އެކުގައި ވިޔަފާރީގެ ގުޅުން ހިންގުން ހުއްޓައިލުމުން ވެސް، އިންޑިއާ އިން ވަނީ ރަޝިޔާއާ އެކުގައި ތެލުގެ ވިޔަފާރި ފުޅާކުރަން ނިންމައިފަ އެވެ.
ކުއަޑްގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވެރިން ދެއްކެވި ވާހަކަތަކުގައި ވެސް ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރި އެވެ. ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ވާހަކައިގައި، ޔޫކްރޭން ހަނގުރާމައާ ބެހޭ އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވެސް ވިދާޅުވީ މިހާރު ޔޫކްރޭންގައި ކުރަމުންދާ ފަދަ ހަނގުރާމައެއް އޭޝިޔާ ސަރަހައްދުގައި ހިނގައިގެން ނުވާނެ ކަމަށެވެ. ކުއަޑްގެ ނަމުގައި ހަތަރު ގައުމު ބައިވެރިވެގެން އެކުލަވާލާފައިވާ، ސަލާމަތީ ކަންތަކާ ބެހޭ ގުޅުމުގެ ތެރޭގައި ޖަޕާނުގެ އިތުރުން ހިމެނެނީ އޮސްޓްރޭލިޔާ އާއި އެމެރިކާ އަދި އިންޑިއާ އެވެ.
އެމެރިކާ އިސްވެ މި ގުޅުން އުފެއްދީ، އޭޝިޔާ ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ނުފޫޒު އިތުރު ކުރަމުންދާތީ، އެމެރިކާގެ މަސްލަހަތުތައް ރައްކާތެރިކޮށް އެމެރިކާގެ ނުފޫޒު އޭޝިޔާގައި ފެތުރުމުގެ ގޮތުންނެވެ.
އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭޝިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ އާއި ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާ ވެސް، ރައީސް ބައިޑެން ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ޔޫކްރޭންގެ ރައީސް އެމެރިކާ އަށް
ޝަރުތުތަކާ އެކު ޕުޓިން ބައިޑެންއާ ބައްދަލެއް ނުކުރާނެ
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
އެމެރިކާ އިން ޔޫކްރޭނަށް 39.8 ބިލިއަން ޑޮލަރު ދެނީ