30 ޖޫން 2022
ޔޫރަޕްގެ އިރުމަތީ ސަރަހައްދަށް ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން) ފުޅާކުރުމާ މެދު ދެފުށުއެޅުމުގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު، އެންމެ ފަހުން އެކަމަށް އެއްބަސްވުމާ އެކު، އެމެރިކާގެ އަސްކަރީ ބާރުތައް މުޅި ޔޫރަޕަށް ފަތުރައިލުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.
ޔޫރަޕްގެ އިރުމަތީ ސަރަހައްދަށް ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން) ފުޅާކުރުމާ މެދު ދެފުށުއެޅުމުގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު، އެންމެ ފަހުން އެކަމަށް އެއްބަސްވުމާ އެކު، އެމެރިކާގެ އަސްކަރީ ބާރުތައް މުޅި ޔޫރަޕަށް ފަތުރައިލުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.
ނޭޓޯގައި ބައިވެރިވުމަށް އެދި ފިންލޭންޑާއި ސްވިޑްން އިން ހުށަހެޅި ހުށަހެޅުން އެ ޖަމާއަތުން ގަބޫލުކޮށް، އެކަމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް ނޭޓޯ އިން މިހާރު ވަނީ އެ ދެ ގައުމަށް ރަސްމީކޮށް ދައުވަތު ދީފަ އެވެ. އެކަމަށްޓަކައި އެ ދެ ގައުމުން އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ދެ ގައުމުގެ ސިޔާސީ އަދި ގާނޫނީ އޮނިގަނޑުގެ އިތުރުން، އެ ދެ ގައުމުގެ އަސްކަރިއްޔާ ނޭޓޯގެ މިންގަނޑަށް ފެތޭކަން ސާބިތުކޮށްދިނުމެވެ.
މިދިޔަ އަންގާރަ ދުވަހު ފެށި ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ޕޮލެންޑްގައި އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި ސްޕެއިން އަށް އެމެރިކާގެ މަނަވަރުތައް ފޮނުވައި، އިނގިރޭސި ވިލާތަށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި، ރޮމޭނިއާ އަށް އެމެރިކާގެ އެއްގަމު ލަޝްކަރެއް ފޮނުވާނެ އެވެ.
In a moment when Putin has shattered peace in Europe and attacked the very tenets of the rules-based order, the United States and our Allies are stepping up to support Ukraine and boost our defenses.
— President Biden (@POTUS) June 29, 2022
We’re proving that NATO is more needed now than it ever has been. pic.twitter.com/vGTgRHCgAZ
ބައިޑެން ވިދާޅުވީ މީގެ ކުރިން ނޭޓޯ އަށް އެމެރިކާގެ އަސްކަރީ ބައިވެރިވުން ބޭނުން ނުވާ މިންވަރަށް މިހާރު ބޭނުންޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މުޅި ނޭޓޯގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެމެރިކާގެ އަސްކަރީ ބައިވެރިވުން އިތުރުކުރާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބާގް ވިދާޅުވި ގޮތުގައި ނޭޓޯ އަށް މިހާރު އަންނަމުންދާ ބަދަލުތަކަކީ، ފިނި ހަނގުރާމަ ނިމިގެން ދިއުމަށް ފަހު، ނޭޓޯ އަށް މިހާތަނަށް ގެންނަ އެންމެ ބޮޑެތި ބަދަލުތަކެވެ. ނޭޓޯގެ މުޅި އޮނިގަނޑު ބަދަލުކޮށް އަސްކަރީ ސްޓްރެޓީޖީތަކަށް އަވަސް ބަދަލުތަކެއް ގެންނަން މަޖުބޫރުވީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.
ނޭޓޯގެ އަސްކަރީ ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅިގެން، މިއަންނަ އަހަރުން ފެށިގެން 300000 ސިފައިންގެ ވަރުގަދަ ލަޝްކަރެއް، ހަނގުރާމައިގެ އެންމެ ފުރިހަމަ ތައްޔާރީ ހާލަތުގައި އޮންނާނެ އެވެ. މިހާރު ތައްޔާރީ ހާލަތުގައި އޮންނަ ލަޝްކަރުގައި ހިމެނެނީ 40000 ސިފައިންނެވެ.
ޖޫން 29، 2022، މެޑްރިޑް: ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- އޭއެފްޕީ
އެމެރިކާގެ ރައީސް ބައިޑެން އިއްޔެ ވިދާޅުވި ގޮތުގައި ވަޔާއި އެއްގަމާއި ކަނޑުގެ ސަރަހައްދުން ވެސް، ނޭޓޯގެ ހުރިހާ ސަރަހައްދުތަކެއް މިހާރަށް ވުރެ ވަރުގަދަ ވެގެންދާނެ އެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާ އިން ވެސް ވަނީ، ނޭޓޯގެ ދިފާއީ ލަޝްކަރުގައި އެ ގައުމުގެ ބައިވެރިވުން އިތުރުކުރާނެ ކަމަށް ބުނެފަ އެވެ.
އިނގިރޭސި ވިލާތުން ބުނި ގޮތުގައި ނޭޓޯގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިނގިރޭސި ވިލާތުގެ އިތުރު މަނަވަރުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އެއްގަމު ސިފައިން ވެސް ފުރިހަމަ ތައްޔާރީ ހާލަތުގައި ބައިތިއްބާނެ އެވެ. އެހެން ނަމަވެސް މިއީ ވަރަށް ހައްސާސީ ކަމަކަށްވާތީ، އަދަދުތައް ހާމަ ނުކުރާނެ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
ފިންލޭންޑާއި ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެ ޖަމާއަތުން ނިންމުމާ ގުޅިގެން، ރައީސް ބައިޑެން ވިދާޅުވީ ނޭޓޯގެ އެ ނިންމުމަކީ އެއްގޮތަކަށް ވެސް ވިޔަ ނުދޭން ރަޝިޔާ ބޭނުންވި ކަންތައް ކަމަށެވެ. އަދި ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އަސްކަރީ ސްޓްރެޓެޖީގައި ވެސް ރަޝިޔާ އަށް ނާކާމިޔާބުވެފައިވާ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި