13 ޖުލައި 2023
ރަޝިޔާއާ ދެކޮޅަށް ހުޅަނގުން ފަށާފައިވާ އުދުވާނުގައި މިހާރު މަސައްކަތް ކުރަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ހުޅަނގުން ގެންގުޅުނު ރޭވުންތައް އަލުން ތަންފީޒު ކުރަން ކަމަށާއި، އެކަމާ ދެކޮޅަށް ހުރިހާ ވަސީލަތަކުން ރައްދު ދޭނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ރަޝިޔާއާ ދެކޮޅަށް ހުޅަނގުން ފަށާފައިވާ އުދުވާނުގައި މިހާރު މަސައްކަތް ކުރަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ހުޅަނގުން ގެންގުޅުނު ރޭވުންތައް އަލުން ތަންފީޒު ކުރަން ކަމަށާއި، އެކަމާ ދެކޮޅަށް ހުރިހާ ވަސީލަތަކުން ރައްދު ދޭނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ލިތުއޭނިޔާގައި ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި އިއްޔެ ނިމުނު، ނޭޓޯގެ 74 ވަނަ މަހާސިންތާއާ ގުޅޭ ގޮތުން ރަޝިޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޭޓޯގެ މަހާސިންތާއިން ނިންމާ ނިންމުންތައް ރަޝިޔާ އިން ރަނގަޅަށް ދިރާސާކުރާނެ ކަމަށެވެ.
"ނޭޓޯގެ ފަރާތުން ރަޝިޔާގެ ރައްކާތެރިކަމާއި މަސްލަހަތުތަކަށް ކުރިމަތިވެދާނެ ކަމަށް މިހާތަނަށް ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކާ މެދު އަހަރެމެން ފިޔަވަޅު އަޅާނަން. އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި އެންމެ މުނާސަބު ގޮތަކަށް އަހަރެމެން ރައްދު ވެސް ދޭނަން. އަދި އަހަރެމެންނަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ވެސް ހިފާނަން،" ރަޝިޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ހުޅަނގުގެ ބާރު ގަދަ ގައުމުތަކުން މަސައްކަތް ކުރަނީ ދުނިޔޭގެ ގައުމުތައް ދެ ބަޔަކަށް ބަހައިލުމަށެވެ. ޑިމޮކްރެޓިކް ގައުމުތަކަކާއި ޚުދުމުޚުތާރު ގައުމުތަކެއްގެ ގޮތުގައި ގައުމުތައް ބައިކޮށްލައި، އޭގެ ތެރެއިން ޚުދުމުޚުތާރު ގައުމުތަކަކީ ހުޅަނގުގެ އަދުއްވުން ކަމުގައި ދެކި، ރަޝިޔާއަކީ ހުޅަނގުގެ އަދުއްވެއް ކަމަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ނޭޓޯ ސަމިޓުގައި ނޭޓޯ ގައުމުތަކުގެ ލީޑަރުން ބައިވެރިވަނީ.-- ފޮޓޯ: އޭއެފްޕީ
އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުން ނޭޓޯ އިން ތަކުރާރުކޮށް މަސައްކަތް ކުރަމުން އަންނަނީ، އެ ޖަމާއަތުން ހަތިޔާރު ބޭނުންކުރުމުގެ ބުރަ އުފުލަން ނުޖެހޭނެ ގޮތް ހެދުމަށެވެ. ހަމައެއާ އެކު، ޔޫކްރޭނަށް ބާރު ގަދަ އިތުރު ހަތިޔާރުތައް ޔޫކްރޭނަށް ދީގެން، ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ހަމަނުޖެހުން އުފެއްދުމަށް ވެސް ނޭޓޯ އިން މަސައްކަތް ކުރާ ކަމަށް ރަޝިޔާ އިން ބުނެ އެވެ.
އެ ބަޔާނުގައި ރަޝިޔާ އިން އެ އިޝާރާތް ކުރީ، ދުރު ރާސްތާގެ ބާރުގަދަ މިސައިލްތަކާއި، 100 އަށް ވުރެ ގިނަ ގައުމުން މަނާކޮށްފައިވާ ކްލަސްޓާ ބޮން ޔޫކްރޭނަށް ދިނުމަށް އެމެރިކާ އިން ނިންމާފައިވާ ނިންމުމަށެވެ.
ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވެސް ބައިވެރިކުރައްވައިގެން، މި މަހުގެ 11، 12 ގައި، ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ނޭޓޯގެ 74 ވަނަ މަހާސިންތާ ބޭއްވި އިރު، އެންމެ ބޮޑަށް ބަހުސްކުރީ ޔޫކްރޭން ހަނގުރާމައާ ބެހޭ ގޮތުންނެވެ.
އެމެރިކާގައި އުފައްދާފައިވާ ކްލަސްޓާ ބޮމަކީ، އެ ބޮން ބޭނުންކުރުން ދުނިޔޭގެ ގިނަ ގައުމުތަކުން މަނާކޮށްފައިވާ ހަތިޔާރެކެވެ. އޭގެ ތެރޭގައި ނޭޓޯގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ. ކްލަސްޓާ ބޮމަކީ، ބާރު ގަދަ ގޮވާތަކެތި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ބައިވަރު ކުދިކުދި ބޮންތަކެއް ހިމެނޭ ހަތިޔާރެކެވެ.
މި ބާވަތުގެ ބޮމެއް މަތިންދާބޯޓަކުން ވައްޓައިލުމުން، ވަކި ހިސާބަކަށް ތިރިވުމަށް ފަހު، ދެ ފަޅިއަށް ފަޅިވެ، އޭގެ އެތެރޭގައި ހުންނަ ކުދި ބޮންތައް ބިމަށް ފައިބަން ފަށަ އެވެ. މިއިން ކޮންމެ ކުޑަ ބޮމެއްގައި ކުޑަ ވަރެއްގެ ވައިކުޑައެއް ހަރުކޮށްފައި ހުރެ އެވެ. އެއީ އެ ބޮން އެޅުމަށް ބޭނުންކުރި މަތިންދާބޯޓު އެ ސަރަހައްދުން ދުރަށް ދެވޭ ވަރަށް ވަގުތު ދިނުމަށްޓަކައި، އެ ކުދި ބޮންތައް ބިމަށް ފައިބާ ވަގުތު ލަސްކުރުމެވެ.
އެންމެ ކްލަސްޓާ ބޮމަކުން ދޫކޮށްލާ ކުދި ބޮންތައް، ބޮޑު ފުޓްބޯޅަ ދަނޑެއްގެ ސަރަހައްދަށް ފެތުރިގެން ދެ އެވެ. މައިގަނޑު ގޮތެއްގައި މި ބާވަތުގެ ބޮން ބޭނުންކުރަނީ، ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ދުޝްމަނުންގެ ލަޝްކަރުތައް ނައްތައިލުމަށާއި، ދުޝްމަނުންގެ ޓޭންކުތަކާއި އަސްކަރީ އުޅަނދުތައް ހަލާކުކޮށްލުމަށެވެ. ކްލަސްޓާ ބޮމުގެ ތެރޭގައި، މިއިން ކޮންމެ ކަމަށް ޚާއްސަކޮށް އުފައްދާފައި ހުންނަ ބޮން ހުރެ އެވެ.
އެމެރިކާ އިން ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި ކްލަސްޓާ ބޮން ބޭނުންކުރީ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓައިލުމަށް، 2003 ވަނަ އަހަރު އެމެރިކާ އިން އިރާގާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރޭގަ އެވެ.
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޓޭންކަށް ފަހު މިހާރު ބޭނުންވަނީ ޖެޓް ފައިޓަރުތައް
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން