11 އޯގަސްޓް 2022
ޔޫކްރޭނާއި ރަޝިޔާއާ ދެމެދު މައްސަލަތައް ޖެހި، އެންމެ ފަހުން މިހާރު ކުރަމުންދާ ހަނގުރާމަ ފެށުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އެމެރިކާ ކަމަށް ޗައިނާ އިން ތުހުމަތުކޮށްފި އެވެ.
ޔޫކްރޭނާއި ރަޝިޔާއާ ދެމެދު މައްސަލަތައް ޖެހި، އެންމެ ފަހުން މިހާރު ކުރަމުންދާ ހަނގުރާމަ ފެށުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އެމެރިކާ ކަމަށް ޗައިނާ އިން ތުހުމަތުކޮށްފި އެވެ.
ރަޝިޔާގައި ހުންނަވާ ޗައިނާގެ ސަފީރު ޒާންގް ހަންހުއި އިއްޔެ ވިދާޅުވީ އެމެރިކާ ސަރުކާރުން މަސައްކަތް ކުރަނީ ރަޝިޔާ ފުނޑުފުނޑުކޮށްލުމަށް ކަމަށެވެ. އެމެރިކާ އިން ބާރު އަޅައިގެން އަދި އެމެރިކާގެ ނުފޫޒުގައި ނޭޓޯ ފުޅާކުރަމުން ގޮސް، ރަޝިޔާ މިހާރު އޮތީ ދުނިޔޭގެ އެއް ކަނަކަށް ލައި ފިއްތާލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯ އަށް ވުރެ ބޮޑަށް ޔޫކްރޭނާ ކައިރީގައި އޮތީ ރަޝިޔާ ކަމަށް ވިޔަސް، އެމެރިކާ އިން މަސައްކަތް ކުރަނީ ޔޫކްރޭން ނޭޓޯއާ ގުޅުވަން ކަމަށް ޗައިނާގެ ސަފީރު ވިދާޅުވި އެވެ. މައްސަލަ އުފެއްދުމުގައި އިސް ނެގި، އަދި މައްސަލައިގެ އަސްލު ސަބަބުވެރިޔާ ކަމަށްވާ އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު، ޔޫކްރޭނަށް އިތުރު ހަތިޔާރު ފޮނުވައިގެން މަސްރަހު އިތުރަށް ނުރައްކާ ކުރަނީ ވެސް އެމެރިކާ އިން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އެމީހުންގެ ހަގީގީ އަމާޒަކީ ދިގު ދެމިގެންދާ ހަނގުރާމައަކާއި ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ތެރެއިން ރަޝިޔާގެ ނޭވާ ހާސްކޮށްލައި ރަޝިޔާ ފުނޑުފުނޑު ކޮށްލުން."
ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިޔާގެ ޒަމާންވީ ގުޅުން މިހާރު މިވަނީ، ދެގައުމުގެ މުޅި ތާރީޚުގައި ވެސް ބަދަހިނުވާ މިންވަރަށް ހަރުދަނާވެ ބަދަހިވެފަ އެވެ. ދެ ގައުމުގެ ދެމެދުގައި ވަރަށް ފުރިހަމަ އިތުބާރެއް ގާއިމުކުރެވި، ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައިވާން މައްސަލައިގައި އެމެރިކާ އިން އަމަލުކުރަމުންދާ ގޮތަށް ވެސް ޗައިނާ ސަފީރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ޔޫކްރޭނާއި ރަޝިޔާ ޖައްސަން ބޭނުންކުރި އުކުޅު، ޗައިނާ އާއި ތައިވާން ޖައްސަން ވެސް އެމެރިކާ އިން ބޭނުންކުރަމުން އަންނަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އެއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އަލުން އަނބުރާ ގެނައުމަށް އެމެރިކާ އިން ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުން ދެމިއޮތުމުގެ މައިގަނޑު އަސާސަކީ، އެއް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަނެއް ގައުމު ނުވަނުން ކަމަށް ވިޔަސް، އެމެރިކާގެ ސިޔާސަތުތަކާއި އަމަލުތައް ހުރީ އެ މޭރުމުން ނޫން ކަމަށް ޗައިނާގެ ސަފީރު ވިދާޅުވި އެވެ.
ރަޝިޔާ އިން މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ޗައިނާގެ ވެރިރަށް ބޭޖިންގަށް ވަޑައިގެން، ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރުގައި ރައީސް ޕުޓިން ވިދާޅުވީ ވަކި ހައްދެއް ނެތް މިންވަރަށް ދެ ގައުމުގެ ގުޅުން މިހާރު ބަދަހިވެފައިވާ ކަމަށެވެ.
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
އިރުމަތީ ޔޫރަޕުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހަދަނީ
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ޗައިނާ އޮތީ ރަޝިޔާ އަށް އެހީވާން ތައްޔާރަށް
ކިޔޭވް އަށް އާ ހަމަލާތަކެއް ދޭން ރަޝިޔާ ތައްޔާރުވަނީ
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް