14 މާޗް 2022
ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކްރޭންގެ ސަރަހައްދުތަކުގައި ރަޝިޔާ ސިފައިންގެ ބާރު ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ އިރު، ވެރިރަށް ކިޔޭވް އަށް ވަރުގަދަ ހަމަލާތަކެއް ދޭން ރަޝިޔާ ސިފައިން ތައްޔާރުވަމުން އަންނަ ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކްރޭންގެ ސަރަހައްދުތަކުގައި ރަޝިޔާ ސިފައިންގެ ބާރު ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ އިރު، ވެރިރަށް ކިޔޭވް އަށް ވަރުގަދަ ހަމަލާތަކެއް ދޭން ރަޝިޔާ ސިފައިން ތައްޔާރުވަމުން އަންނަ ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އެ ގޮތުން ރަޝިޔާގެ މުޅިން އާ ލަޝްކަރުތަކެއް، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރި އަށް ޖަމާކުރަމުން ދާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެ އެވެ. އެ ލަޝްކަރުތަކުން ހަމަލާ ދޭނެ ކަމަށް ބެލެވެނީ ވެރިރަށް ކިޔޭވްގެ އިތުރުން ޚަރްކީވް އާއި ސުމީ އާއި ބްރޮވާރީ އަށް ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް ވިދާޅުވި އެވެ.
ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، ޔޫކްރޭންގެ ވަރަށް ގިނަ އަސްކަރީ މަރުކަޒުތައް ވަނީ ހަލާކު ކޮށްލައިފަ އެވެ. މި ހަނގުރާމައިގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަތާ ދެ ހަފުތާ ވެގެން ދިޔައިރު ވެސް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަކަމުން، ރަޝިޔާ ސިފައިންނަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
ހަނގުރާމައިގެ ތިން ވަނަ ހަފުތާ ފެށިގެން ކުރިއަށް ދާއިރު، އަދި ހަނގުރާމައިގައި ޔޫކްރޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ޔޫކްރޭންގެ ރައީސް ވިދާޅުވާ ގޮތުގައި އޭނާ މިހާރު ވެސް ހުންނެވީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވައި، ހަނގުރާމަ ނިނުމަކަށް ގެންނަން ތައްޔާރަށެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވި ގޮތުގައި ޔޫކްރޭނާއި ރަޝިޔާގެ ވަފްދުގެ މެދުގައި ކޮންމެ ދުވަހަކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިހާރު ބާއްވަމުން އަންނަ ވާހަކަތަކުގައި، ޔޫކްރޭން ވަފުދުގެ މަގްސަދަކީ ރައީސް ޕުޓިންއާ އެކުގައި ބައްދަލުވުމެއް އިންތިޒާމު ކުރުމެވެ. އަދި އެއީ އުނދަގޫ މަސައްކަތެއް ކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެފަދަ ބައްދަލުވުމަކަށް އިންތިޒާރު ކުރައްވަނެ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ސަހަރު ކަމަށްވާ މަރިއުޕޯލް އަށް އިންސާނިއްޔަތުކަމުގެ އެހީ ހިފައިގެން ދަތުރުކުރި ގާފިލާ އަށް ވެސް ރަޝިޔާ ސިފައިން އިއްޔެ ވަނީ ހުރަސް އަޅައިފަ އެވެ. މަރިއުޕޯލް އިން ނުނިކުމެވި ތާށިވެފައި ތިބި މީހުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި ބަސްތަކާއި ލޮރީތައް، ރަޝިޔާ ސިފައިން ވަނީ ހުއްޓުވައިފަ އެވެ.
އެހެން ނަމަވެސް އެ ބަސްތަކާއި ލޮރީތައް މިއަދު އަނެއްކާވެސް އެ ސަހަރަށް ވަދެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
މަރުއިޕޯލްގެ ގަވަރުނަރު ވިދާޅުވާ ގޮތުގައި، ރަޝިޔާ ސިފައިންގެ ހަމަލާތައް ފެށުމާ އެކު އެ ސަހަރުން ވަނީ ކަރަންޓާއި ބޯފެނުގެ ހިދުމަތް މެދުކެނޑިފަ އެވެ. އަދި ރަޝިޔާ ސިފައިން އެ ސަހަރު ހިސޯރުކޮށްފައި އޮތުމުން، އެ ސަހަރަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ވެސް އެތެރެ ނުކުރެވި، ގިނަ އަދަދެއްގެ ކުޑަކުދިންނާއި މުސްކުޅިން ވަރަށް ނިކަމެތި ހާލުގައި އުޅޭތާ ދެ ހަފުތާ ވެއްޖެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
އިރުމަތީ ޔޫރަޕުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހަދަނީ
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ