17 ޖުލައި 2022
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް، އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯންތައް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް، އެމެރިކާ ސަރުކާރުން ތުހުމަތުކޮށްފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް، އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯންތައް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް، އެމެރިކާ ސަރުކާރުން ތުހުމަތުކޮށްފި އެވެ.
މިދިޔަ ހަފުތާގައި ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ރަޝިޔާގެ އަސްކަރީ ތަޖުރިބާކާރުންތަކެއް ދާދި ފަހުން އީރާނަށް ޒިޔާރަތްކޮށް، އީރާނުގައި އުފައްދާފައިވާ އަސްކަރީ ޑްރޯންތައް ބަލައި، އެ ތަކެތީގެ ގާބިލުކަން ވަނީ ދެނެގަނެފަ އެވެ. އޭގެ ތެރޭގައި މިސައިލާއި ރޮކެޓާއި ބޮން އުފުލުމުގެ ގާބިލުކަން ލިބިގެންވާ އަސްކަރީ ޑްރޯންތަކާއި، ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ޒާތުގެ ޑްރޯންތައް ވެސް ހިމެނެ އެވެ.
އެ ތުހުމަތުތަކަށް އީރާނުން އިންކާރު ކޮށްފައި ވަނިކޮށް، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އިއްޔެ ވިދާޅުވީ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ އެތައް ސަތޭކަ ޑްރޯނެއް ރަޝިޔާ އަށް ވިއްކުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެވިޔަފާރިއާ ބެހޭ ގޮތުން އީރާނަށް ޒިޔާރަތްކުރި ރަޝިޔާގެ ވަފްދުގެ ބޭފުޅުން، އީރާންގެ ކަހްޝާން އަސްކަރީ މަރުކަޒަށް ވަޑައިގެން އުޅުއްވާ މަންޒަރު ދައްކައިދޭ ސެޓެލައިޓް ފޮޓޯތަކެއް ވެސް އޭނާ ވަނީ، ސީއެންއެންއާ ހިއްސާ ކުރައްވައިފަ އެވެ.
އީރާނުގައި އުފައްދާފައިވާ ޝާހިދު މަރުކާގެ އެންމެ ޒަމާނީ އަސްކަރީ ޑްރޯން
ރަޝިޔާ ވަފްދުގެ ބޭފުޅުން އީރާނަށް ވަޑައިގެން މައުލޫމާތު ހޯއްދަވައި ބެއްލެވި ކަމަށްވަނީ، އީރާންގައި އުފައްދާފައިވާ ޝާހިދު-191 އާއި ޝާހިދު-129 މަރުކާގެ އަސްކަރީ ޑްރޯންތަކެވެ. މިއީ ސެޓެލައިޓްގެ ޒަރީއާއިން، އޭގެ މިސްރާބާއި އަމާޒު ދެނެގަންނަ ޒާތުގެ މިސައިލް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯން އެވެ.
މިދިޔަ ހަފުތާގައި ސުލީވާން ވިދާޅުވެފައިވަނީ އީރާންގައި އުފައްދާފައިވާ އަސްކަރީ ޑްރޯންތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ވެސް، ރަޝިޔާ ސިފައިން އީރާންގައި ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ދެ ގައުމުގެ ދެމެދުގައި މިހާރު ކުރަމުންދާ މުއާމަލާތްތަކުގެ ތެރެއިން، މިހާތަނަށް އީރާންގެ އަސްކަރީ އެއްވެސް ޑްރޯނެއް ރަޝިޔާ އަށް ވިއްކާފައިވާކަން ޔަގީންނުވާ ކަމަށް ވެސް ސުލީވާން ވިދާޅުވި އެވެ.
އެމެރިކާ ސަރުކާރުން ކުރާ މި ތުހުމަތުތަކާ ގުޅިގެން، އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން، މިދިޔަ ހުކުރު ދުވަހު ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމިޓްރީ ކުލޭބާއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި އެވެ. މި މަޝްވަރާތަކުގައި އީރާންގެ ވަޒީރު ވިދާޅުވީ ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ އިތުރަށް ދެމިގެންދާނެ ފަދަ ކަމެއް އީރާނުން ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާންގެ ބޮލުގައި އެމެރިކާ އިން ދޮގު އިލްޒާމުތަކެއް އަޅުވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ދަތުރުފުޅުގައި، އީރާންގެ ނުރައްކާތެރިކަން ސައޫދީގެ ވެރިންނަށް ވިސްނައި ދިނުމަށް ކުރައްވާ މަސައްކަތްތަކަށް ބާރު ހޯދުމަށެވެ.
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
ޔޫކްރޭންގެ ދިފާއު ވަރުގަދަކޮށް ރަޝިޔާ ސިފައިން ފަހަތަށް
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ
އެމެރިކާ އެދެނީ ރަޝިޔާ ބަލިވާ ތަން ދެކެން