Roadha Mihaaru
ހުޅަނގުގެ އުންމީދަކީ ރަޝިޔާ އިނދަޖެހުން: ޕުޓިން

ހުޅަނގުގެ އުންމީދަކީ ރަޝިޔާ އިނދަޖެހުން: ޕުޓިން

09 މެއި 2023

ހުޅަނގުގެ ގައުމުތަކުން އުންމީދުކޮށް އިންތިޒާރު ކުރަމުން ދަނީ ހުޅަނގުގެ ނުފޫޒުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައުގައި ރަޝިޔާ އިނދަޖެހޭ މަންޒަރު ދެކެން ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި މިއަދު ހެނދުނު ބޭއްވި، އެ ގައުމުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޕުޓިން ވިދާޅުވި ގޮތުގައި އިންސާނީ ހަޟާރަތު މިއަދު އޮތީ އެހެން ގޮތަކަށް ބަދަލުވުމުގެ ފިޔަވަޅުމަތީގައި ކަމަށެވެ. އަހަރެމެންގެ މާދަރީ ވަޒަނާ ދެކޮޅަށް ހަގީގީ ހަނގުރާމައެއް އަނެއްކާވެސް ބަޔަކު ފަށާފައިވާ ކަމަށާއި، އެހެން ނަމަވެސް ބައިނަލްއަގުވާމީ ޓެރަރިޒަމަށް ރަޝިޔާ އިން ފިސާރި ރަނގަޅަށް ރައްދު ދެމުން އަންނަ ކަމަށް ޕުޓިން ވިދާޅުވި އެވެ.

މެއި 9، 2023: ރަޝިޔާގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް، ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި ބޭއްވި ރަސްމިޔާތުގައި ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮައިގޫ، ސިފައިންގެ ލަޝްކަރުތައް އިންސްޕެކްޓްކޮށްދެއްވަނީ. --އޭއެފްޕީ

ޓެރަރިޒަމާ ދެކޮޅަށް ރަޗިޔާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޔޫކްރޭންގެ ދޮންބާސް ސަރަހައްދުގެ ރައްޔިތުން ހިމާޔަތްކޮށް އަމިއްލަ ގައުމު ވެސް ހިމާޔަތް ކުރާނެ ކަމަށް ޕުޓިން ވިދާޅުވި އެވެ. އަދި ރަޝިޔާ އިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޕުޓިން ވާހަކަ ދައްކަވަން ފެއްޓެވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރަޝިޔާގެ އަސްކަރިއްޔާ އަށް ތަހުނިޔާ އާއި ޝުކުރު ދަންނަވަމުންނެވެ. އޭނާ ވިދާޅުވީ ހުޅަނގުން މަސައްކަތް ކުރަމުން ދަނީ، ރަޝިޔާއާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ކަމަށާއި، ނަމަވެސް "ރަޝިޔާ ބޭނުންވަނީ ސުލްހަވެރި ކުރިމަގެއް" ކަމަށް ވެސް ރައީސް ޕުޓިން ވިދާޅުވި އެވެ.

މެއި 9، 2023: ރަޝިޔާގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް، ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި ބޭއްވި ރަސްމިޔާތުގައި ރަޝިޔާގެ ސިފައިން ބައިވެރިވަނީ. --އޭއެފްޕީ

މެއި 9، 2023: ރަޝިޔާގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް، ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި ބޭއްވި ރަސްމިޔާތުގައި ރަޝިޔާގެ ސިފައިން ބައިވެރިވަނީ. --އޭއެފްޕީ

މި ރަސްމިއްޔާތުގައި ކުރީގެ ސޮވިއެޓް ޔޫނިއަންގެ ބައެއް ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކުރައްވައި، ރައީސް ޕުޓިން ވިދާޅުވީ، މިނިވަންކަމުގެ ދިފާއުގައި ގުރުބާންވި، "އަހަރެމެންގެ ދަރިންނާއި ބައްޕައިންނާއި ކާފައިންގެ ހަނދާން އާކުރުމަކީ ވަރަށް މުގައްދަސް ކަމެއް" ކަމަށެވެ.

"އަހަރެމެންގެ މާދަރީ ވަޒަނުގެ ކުރިމަގު ކަނޑައަޅައިދޭ ހަނގުރާމަތަކަކީ، އަހަރެމެންގެ ކުރިމަތީގައި ވަރަށް މުގައްދަސް އަދި ގައުމީ ހަނގުރާމަތަކެއް. ރަޝިޔާގެ ސަލާމަތީ ރައްކާތެރިކަން ބިނާވެފައި އޮންނަނީ، ކުރީ ސަފުގައި ހަނގުރާމަކުރާ ސިފައިންގެ މަސައްކަތުގެ މައްޗަށް ކަމަށްވާތީ، އެމީހުން އެ ކުރާ މަސައްކަތަށް ވުރެ މުހިންމު މަސައްކަތެއް އަހަރެމެންނަކަށް ނެތް،" ރައީސް ޕުޓިން ވިދާޅުވި އެވެ.

މެއި 9، 2023: ރަޝިޔާގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް، ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި ބޭއްވި ރަސްމިޔާތުގައި ރަޝިޔާގެ ޔާޒް މަރުކާގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްއެއް ދައްކައިލަނީ. --އޭއެފްޕީ

މިއަދުގެ ވާހަކައިގައި ވެސް ރައީސް ޕުޓިން، ޔޫކްރޭންގައި އޮތް ސަރުކާރު ސިފަ ކުރެއްވީ ނާޒީންގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ބަލިކުރުމަށް ކުރި ވަރުގަދަ ޖިހާދުގެ މަތިން، އެހެން ގައުމުތައް މިހާރު ހަނދާން ނެތިފައިވާ ކަމަށާއި، ނާޒީން ބަލިކޮށްލީ ކޮން ގައުމަކުންކަން ވެސް މިހާރު ހުޅަނގުގެ ގައުމުތައް ހަނދާން ނެތިފައިވާ ކަމަށެވެ.

ނަމަވެސް ރަޝިޔާ އަބަދުވެސް އެ ދުވަސް ހަނދާން ކުރާ ކަމަށާއި، މިއަދު ޔޫކްރޭންގައި ހަނގުރާމަ ކުރަމުންދާ ސިފައިން ނާޒީންނާ ދެކޮޅަށް ކުރާ މަސައްކަތާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރާ ޚިލާފަށް މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގައި މެދުތެރޭ އޭޝިޔާގެ ހުރިހާ ގައުމުތަކުގެ ވެރިން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ކަޒަޚިސްތާނުގެ ރައީސް ގާސިމް ކޮމާޓް ޓޮކަޔޭވް އާއި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އާއި އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަން ހިމެނެ އެވެ.

މެއި 9، 2023: ރަޝިޔާގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިޔާތަށް ވަޑައިގަތުމުން، އުޒްބެކިސްތާނުގެ ރައީސް ޝައުކަތު މިރްޒިޔޮޔޭވް އަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ވ) މަރުހަބާ ވިދާޅުވަނީ. --އޭއެފްޕީ

މީގެ އިތުރުން ތަޖިކިސްތާނާއި ތުރުކުމެނިސްތާނާއި ކިރްގިޒްތާންގެ ރައީސް އަދި އެހެން ބައެއް ގައުމުތަކުގެ ބޮޑުވަޒީރުން ވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ރަޝިޔާގެ ނަސްރުގެ ދުވަހަކީ އެ ގައުމުގައި އެންމެ ކުލަގަދަކޮށް ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ބާއްވާ އެންމެ ޚާއްސަ ރަސްމިއްޔާތަކީ ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި އޮންނަ އަސްކަރީ ދައްކައިލުމެވެ. މި ހަރަކާތުގައި ރަޝިޔާގައި އެ ވަގުތަކު ހުންނަ އެންމެ ޒަމާނީ ހަތިޔާރުތައް އާންމުކޮށް ދައްކައިލި ނަމަވެސް، މިއަދުގެ ރަސްމިއްޔާތުގައި ދައްކައިލީ ވަރަށް މަދު އަދަދެއްގެ ހަތިޔާރެވެ.

މިއަދުގެ އަސްކަރީ ދައްކައިލުމުގައި އެ ގައުމުގައި އުފައްދާފައިވާ ޒަމާނީ ހަތިޔާރުތައް ބައިވެރި ކުރި އަދަދު މަދުވުމުގެ އިތުރުން، ޓޭންކެއްގެ ގޮތުގައި މިއަދުގެ ހިނގާލުމަށް ނެރުނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1940 ވަނަ އަހަރު އުފައްދާފައިވާ ޓީ-34 މަރުކާގެ ޓޭންކުތަކެކެވެ.