Roadha Mihaaru
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން

ޔޫކްރޭނަށް އަރަންޖެހުނީ، ހުޅަނގުން ރަޝިޔާ އަށް ނުރައްކާކުރާތީ: ޕުޓިން

09 މެއި 2022

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރަންޖެހުނީ، ރަޝިޔާގެ ވަށައިގެންވާ ސަރަހައްދީ ރޮނގުގެ ކައިރި އަށް ނޭޓޯ ފުޅާ ކުރަން ފެށުމުން ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރަންޖެހުނީ، ރަޝިޔާގެ ވަށައިގެންވާ ސަރަހައްދީ ރޮނގުގެ ކައިރި އަށް ނޭޓޯ ފުޅާ ކުރަން ފެށުމުން ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަން ސިފައިންގެ މައްޗަށް ރަޝިޔާ ސިފައިން ހޯދި ކާމިޔާބީގެ ހަނދާން އާކުރުމަށް، ރަޝިޔާގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕުޓިން ވިދާޅުވި ގޮތުގައި ނޭޓޯގެ ނުރައްކާތައް ރަޝިޔާ ވަށައިނުލި ނަމަ، ޔޫކްރޭން ހަނގުރާމަ ފަށާކަން ނުޖެހުނީހެވެ.

ރަޝިޔާގެ ވިކްޓަރީ ދުވަސް ފާހަގަ ކުރުމަށް މޮސްކޯގައި ބޭއްވި ހަފުލާގައި އެ ގައުމުގެ ރައީސް ލަމީޑިއާ ޕުޓިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ރަޝިޔާގެ ވިކްޓަރީ ދުވަސް ފާހަގަ ކުރުމަށް މޮސްކޯގައި ބޭއްވި ހަފުލާގައި އެ ގައުމުގެ ރައީސް ލަމީޑިއާ ޕުޓިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ރަޝިޔާ ސިފައިންގެ އެތައް ހާސް ސިފައިންނެއް ބައިވެރިވެގެން، ވެރިރަށް މޮސްކޯގެ ރަތް މައިދާނުގައި މިއަދު ހެނދުނު ބޭއްވި އަސްކަރީ ރަސްމިއްޔާތުގައި ޕުޓިން ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭންގައި ފުރިހަމަކުރަމުން ދަނީ ނާޒީންނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައެކެވެ. އެހެން ނަމަވެސް، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ދެން ނުއުފެދޭނެކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރަޝިޔާގެ އާންމުންނާއި ސިފައިންގެ ތެރެއިން 27 މިލިއަން މީހުން މަރުވެ، އެތައް މިލިއަން ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ.

އެ ހަނދާތައް އާ ކުރައްވަމުން، ރައީސް ޕުޓިން މިއަދު ދެއްވި 11 މިނެޓްގެ ތަގުރީރުގައި، ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. މިހާތަނަށް ރަޝިޔާ ސިފައިންނަށް ލިބުނު ކުރިއެރުމެއް ވެސް، އަދި އެ ހަނގުރާމަ ހުއްޓައިލާނެ މުއްދަތަކާ ބެހޭ ގޮތުން ވެސް ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ.

ރަޝިޔާގެ ވިކްޓަރީ ދުވަސް ފާހަގަ ކުރުމަށް މޮސްކޯގައި ބޭއްވި ހަފުލާގައި އެ ގައުމުގެ ރައީސް ލަމީޑިއާ ޕުޓިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ރަޝިޔާގެ ވިކްޓަރީ ދުވަސް ފާހަގަ ކުރުމަށް މޮސްކޯގައި ބޭއްވި ހަފުލާގައި އެ ގައުމުގެ ރައީސް ލަމީޑިއާ ޕުޓިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ

ޕުޓިންގެ ވާހަކައިގައި، ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ، ތަކުރާރުކޮށް ގުޅުވީ ނޭޓޯއާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ހަނގުރާމަ ކުރަމުން ދަނީ، ޔޫކްރޭންގައި ތިބި ނާޒީންގެ ފަރާތުން ހިތްވަރު ލިބިފައިވާ ނުރައްކާތެރި ބަޔަކާ އެވެ. އެއީ 1941 ވަނަ އަހަރު ނާޒީ ޖަރުމަންގެ އެޑޮލްފް ހިޓްލަރު ރަޝިޔާ އަށް އަރައިގަތުމުން، ސޮވިއެޓް ޔޫނިއަނުން ވެސް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ކަމަށް ޕުޓިން ވިދާޅުވި އެވެ.

ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުގައި ހަނގުރާމަކުރަމުންދާ ރަޝިޔާ ސިފައިންނާއި، ހަނގުރާމައިގައި ރަޝިޔާއާ ބައިވެރިވާ ވޮލަންޓިއަރުން، ހަނގުރާމަ ކުރަމުން އެދަނީ އެ މީހުންގެ އުފަން ވަޒަނުގެ ދިފާއުގައި އެ ވަޒަނުގެ ކުރިމަގަށްޓަކަ އެވެ.

"ހަނގުރާމައިގައި މަރުވާ ކޮންމެ ސިފައިންގެ މީހެއް އަދި ކޮންމެ އޮފިސަރެއްގެ މަރަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ވޭނެއް. އެ މީހުންގެ އާއިލާތައް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން،" ޕުޓިން ވިދާޅުވި އެވެ.

ރައީސް ޕުޓިންގެ ވާހަކަފުޅުގައި، އިރުމަތީ ޔޫރަޕަށް ނޭޓޯ ފުޅާކުރުމަށް ހިންގާ ކަންތައް ސިފަކުރެއްވީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އަށް ތައްޔާރުވުން ކަމަށެވެ. އޭގެ ތެރޭގައި ކްރީމިއާ ވެސް ހިމެނޭ ކަމަށް ޕުޓިން ވިދާޅުވި އެވެ. ކްރީމިއާއަކީ، 2014 ވަނަ އަހަރު ރަޝިޔާ ސިފައިން ބާރުގެ ބޭނުންކޮށް، ޔޫކްރޭނާ ވަކިކޮށްލުމަށް ފަހު، ރަޝިޔާގެ ބިމެއްގެ ގޮތުގައި އަމިއްލަ އަށް ކަނޑައަޅާފައިވާ ސަރަހައްދެކެވެ.